14 އޮކްޓޯބަރ 2017
އައްޑޫން މި ސަރުކާރަށް ވޯޓް ނުދެނީ ސަބަބުތަކެއް ހުރެގެން ކަމަށާއި ތަރައްގީ އަށް ކަންކަން ކޮށް ނުދޭ ނަމަ ރައްޔިތުން ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ވެސް ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫން މި ސަރުކާރަށް ވޯޓް ނުދެނީ ސަބަބުތަކެއް ހުރެގެން ކަމަށާއި ތަރައްގީ އަށް ކަންކަން ކޮށް ނުދޭ ނަމަ ރައްޔިތުން ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ވެސް ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫން ސަރުކާރަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ.
އަމީތު ވިދާޅުވީ އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށާއި އިންތިހާބަށް ވެސް އައްޑު އަށް ވަޑައިގެން ތަފާތު ހިސާބުތައް ސަރުކާރުން ޖެއްސެވި ކަމަށެވެ. އެކަމަކު އޭރު ރައްޔިތުން ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓް ނުދެނީ ކީއްވެގެންކަން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭރު ސަރުކާރުގެ ތެރޭގައި ތިބެގެން އެތަކެއް ހިސާބެއް ޖެހިން. އެތަކެއް ސައްލާތަކެއް ކުރިން. ރޭވުންތަކެއް ރޭވިން. އެކަމަކު ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނު،" އަމީތު ވިދާޅުވި އެވެ. "އޭރު ވެސް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ މިވެގެން އުޅޭ ގޮތެއް. ވޯޓް އަޅުގަނޑުމެންނަށް [ޕީޕީއެމަށް] ނުލިބިގެން އުޅެނީ ކީއްވެގެންތޯ އަޅުގަނޑުމެން ސުވާލު ކުރަމުން ދިޔައިން."
އިދިކޮޅު ޕާޓީތަކުން މިރޭ ހިތަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އެމްޑީޕީ
އޭނާ ވިދާޅުވީ އެ މީހުން ޕީޕީއެމުން ދުރަށްލީ އެ ސުވާލުތައް ވެސް ކުރަމުން ދަނިކޮށް ކަމަށެވެ. އަމީތު ފާހަގަ ކުރެއްވި ގޮތުގައި އައްޑުން ސަރުކާރަށް ވޯޓް ނުދިނުމުގެ މައިގަނޑިު ސަބަބަކީ ތަރައްގީ އަށް ވެފައި ހުރި ވައުދުތައް ފުއްދައި ނުދިނުން ކަމަށެވެ.
އެގޮތުން އައްޑޫގައި ހަދަން ބުނީ ހޮސްޕިޓަލް ފަދަ މަޝްރޫއުތައް ހަގީގަތަކަށް ނުވުމަކީ އޭގެ ހެކި ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު ހޮސްޕިޓަލް ހެދުމުގެ ނަމުގައި އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ވީރާނާކޮށް، ހަލާކުކޮށްލަމުންދާ ކަމަށް އަމީތު ވިދާޅުވި އެވެ.
"އައްޑޫގައި އަޅުއްވަން ވައުދުވި ޓާޝަރީ ހޮސްޕިޓަލް އަޅުއްވައެއް ނުދެއްވިއޭ. ހޮސްޕިޓަލް އަޅުއްވަނީއޭ ކިޔާފައި މިހާރު އެ ހަލާކުކޮށްލަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު ބިނާ [އީސީސީ]." އޭނާ ވިދާޅުވި އެވެ. "އެހެންވީމާ މިކަހަލަ ކަންކަމާ ހުރެ ވޯޓެއް ނުދެއްވާނެ ނޫންތޯ އައްޑޫ ރައްޔިތުން."
އަމީތު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި 2012 ގައި އައްޑޫގެ ފެނުގެ ނިޒާމްގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް، މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ވެސް އުޅެނީ މުޅިން ފުރިހަމަ ނުކޮށް ދެވިގެން ކަމަށެވެ.
"އެހެންވީމާ ވޯޓެއް ނުދޭނެ ނޫންތޯ ރައްޔިތުން،" އޭނާ ވިދާޅުވީ އެވެ.
އަމީތު ވިދާޅުވީ މައްސަލައަކީ ރައްޔިތުންނާ ދޭތެރޭ ސަރުކާރުން ބޭއިންސާފުން ކަންކަންކޮށް، ރައްޔިތުންނަށް އަނިޔާވެރިވުން ކަމަށެވެ.
"ތަރައްގީގެ ނަމުގައި ސަރުކާރުން ކިތަންމެ ބޮޑު ހޭދައެއް ކުރިޔަސް މިކަންކަން އިންސާފުވެރިކަމާ އެކު ރައްޔިތުންނާ ހަމައަށް ނާންނަ ކަމަށްވަންޏާ އެކަންކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ،" އޭނާ ވިދާޅުވި އެވެ. "ބޭއިންސާފާއި އަނިޔާ އާއި ކޮރަޕްޝަން ރައްޔިތުން ދުވަހަކު ވެސް ގަބޫލެއް ނުކުރާނެ."
ބޭނުންހާ ކަމެއް ނުކުރެވޭނެ، އެއީ ހީވާ ގޮތް: ފައިސަލް
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި
އަޅުގަނޑުމެން ވެރިކަމުގެ ލައްޒަތުގައި ނޫޅޭނަން: ނަޝީދު
ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަންޖެހޭ: ނަޝީދު
ނަޝީދުގެ އައްޑޫ އޮފީހުން ކުރާނީ ތިމާވެށީގެ މަސައްކަތް
އުއްމީދާއި ޔަގީންކަމާ އެކު އިބޫ ކެމްޕޭން ނިންމާލައިފި
ފައިސަލްގެ ފުރަތަމަ ދަތުރު ވެސް އައްޑު އަށް
އައްޑޫން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި
އައްޑޫ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި
ރައްޔިތުން އަބަދަކު ބިރަކުން ނުތިބޭނެ: އަލީ ހުސައިން