ލ. މާބައިދޫގެ ތެޔޮ ގުދަނުގައި މިއަދު ރޯވެ، އެ ތަނާ ޖެހިގެން ހުރި ތިން އިމާރާތެއް އަނދައި ހުލިވެ މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
08 އޮކްޓޯބަރ 2017
ލ. މާބައިދޫގެ ތެޔޮ ގުދަނުގައި މިއަދު ރޯވެ، އެ ތަނާ ޖެހިގެން ހުރި ތިން އިމާރާތެއް އަނދައި ހުލިވެ މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
މެންދުރު 12 ޖަހަން އުޅެނިކޮށް ރޯވި އެ އަލިފާންގަނޑު އެމްއެންޑީއެފާއި މާބައިދޫގެ ރައްޔިތުން ނުކުމެ ކޮންޓްރޯލް ކުރެވުނީ 45 ވަރަކަށް މިނިޓް ފަހުންނެވެ.
އޭރު މާބައިދޫ "ގެރެންޓީ ފިއުލް"ގައި ރޯވި އަލިފާގަނޑު ނިއްވުމަށް އެ ރަށުގެ ގިނަ ބަޔަކު ނުކުމެ ފެނާއި ވެލި ޖެހި ނަމަވެސް އަލިފާން ކޮންޓްރޯލް ނުވެ ތެޔޮ ގުދަނާއި އެތަނުގެ ފިހާރަ އާއި ކާޑުގެ ބާވަތްތައް ރައްކާކުރާ ގުދަނަކާއި އެތަނާ ޖެހިގެން ހުރި ރީޓެއިލް ފިހާރައެއްގައި ރޯވެ އެއްކޮށް ވަނީ އަނދައި ހުލިވެފަ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ފޯމުޖަހައިގެން ކަމަށެވެ.
ތެޔޮ ގުދަނުގައި ރޯވެ، އަނދަނީ
"ޕެޓްރޯލް ޝެޑުގައި ހުރި ތެލުގެ އަގު ވެސް މިލިއަނަކަށް ވުރެ ބޮޑު ވާނެ. ދެން އެހެން ތަންތަނުގައި ހުރި މުދާތަކާއި ފައިސާތަކާއެކު އަނދާ ހުލިވެގެން ދިޔައިރު ގެއްލުމުގެ އަގު އެތައް މިލިއަނަކަށް އަރާނެ،" ލިބުނު ގެއްލުމުގެ އަގު އަންދާޒާ ކުރައްވައި، މާބައިދޫ ކައުންސިލްގެ ރައީސް އަލީ ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުުގައި އަލިފާން ރޯވީ، ތެޔޮ ގުދަނުގެ ތެރޭގައި ހޮޅިއަކުން އެހެން އެއްޗަކަށް ޕެޓްރޯލް އަޅަނިކޮށް، ކަރަންޓު އެ ހޮޅިން ޝޯޓެއް ވެގެންނެވެ. އަލިފާންގަނޑު ރޯވުމާއެކު، ތެޔޮ އަޅަން ހުރި މީހެއްގެ އަތާއި ފަޔަށް، އަލިފާނުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް ވަނީ އަނިޔާވެފަ އެވެ. އެކަމަކު ފަރުވާ ދިނުމަށް އެ މީހާ އެ ރަށު ސިއްހީ މަރުކަޒުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ދޯންޏެއްގައި ރޯވެ މީހަކު ގެއްލިއްޖެ
ގަމުގައި ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ
މާބައިދޫގެ ތެޔޮގުދަނެއްގައި ރޯވެއްޖެ
ގެއްލުނީ ދީނަށް ލޯބިކުރާ ހެޔޮލަފާ ދަރިއެއް
ރޯވި ބޯޓު ފެތިއްޖެ، ގެއްލުނު މީހާ އަދިވެސް ނުފެނޭ
ބޯޓު އަނދައި ހުލިވެއްޖެ، އެކަކު ގެއްލިގެން ހޯދަނީ
މީދޫ އިކޯގާޑެންގައި ރޯވި އަލިފާން އަދިވެސް ނުނިވޭ!
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ