01 އޮކްޓޯބަރ 2017
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށް ބަޔާން ނަގައިފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށް ބަޔާން ނަގައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒް ފުލުހަށް ހާޒިރުކުރީ ފުލުހުންނާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމާއި ފިތުނަ ފަސާދަ އުފައްދަން އުޅުމުގެ ތުހުމަތުގަ އެވެ. މިއަދު މެންދުރު އެ މައްސަލާގައި ރިޔާޒް ފުލުހަށް ހާޒިރުކޮށް، ބަޔާން ނެގުމަށް ފަހު އޭނާ ފޮނުވާލީ އިރުއޮއްސުން ހާއިރެވެ.
ފުލުސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތެއް ކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ކުރަމުންދާ ތަހުގީގެއް ކަމަށެވެ.
ރިޔާޒް މިއަދު ފުލުހަށް ހާޒިރު ކުރިއިރު މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި ދައުލަތުން ދައުވާކުރާ 12 މެމްބަރުންގެ ތެރޭގައި ރިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހުޅުވައި ނުދިން މައްސަލައެއްގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ރިޔާޒަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު
ތުހުމަތެއް ނެތި ބަންދުކުރާތީ ފުލުހުންނަށް ފާޑުކިއުން
މެމްބަރު ރިޔާޒް މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި
ރިޔާޒަށް ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފި
ގާސިމް ހައްޔަރުކުރި ނަމަވެސް ހަރަކާތްތައް ނުހުއްޓާނެ
މޮޓޯކޭޑް މައްސަލަ:އިއްޔެ ހައްޔަރުކުރި މީހާ ބަންދަށް
ތަހުގީގަށް މީހުން ހައްޔަރުކޮށްގެން ނުވާނެ: ޔާމީން
އާރުޑީސީން ވައްކަންކުރަނީ އިދިކޮޅުންކަމަށް ތުހުމަތުކޮށްފި
އިންޒާރު ދިން ކަމަށް ބުނެ ހައްޔަރުކުރި މީހާ ދޫކޮށްފި
ފުލުހުންނަށް އިންޒާރުދިން، އިދިކޮޅު ސަޕޯޓަރަކު ހައްޔަރު