25 ސެޕްޓެމްބަރ 2017
ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކުރި ކޫއްޑޫ އެއާޕޯޓު ރައީސް އަބްދުﷲ ޔާމީން މިއަދު އަލުން ހުޅުއްވައި ދެއްވައިފި އެވެ.
ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކުރި ކޫއްޑޫ އެއާޕޯޓު ރައީސް އަބްދުﷲ ޔާމީން މިއަދު އަލުން ހުޅުއްވައި ދެއްވައިފި އެވެ.
އެއާޕޯޓް ހުޅުވުމުގެ ގޮތުން ރައީސް ޔާމީން ވަނީ ނަން ބޯޑުގެ ފަރުދާ ކަހާލައްވައިފަ އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެއާޕޯޓު ތަރައްގީކުރި ސިންގަޕޫރުގެ ކިއޮންހޮންގް ކޮންސްޓްރަކްޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެއާޕޯޓުގެ ރަސްމީ ވެބްސައިޓާއި މުވައްޒަފުންގެ ޔުނިފޯމް ވެސް މިއަދު ތައާރަފްކުރި އެވެ. ކޫއްޑޫ މުވައްޒަފުން ބޭނުން ކުރާނީ ފިޔާތޮށި ކުލައިގެ ޔުނިފޯމެކެވެ.
ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކުރި ކޫއްޑޫ އެއާޕޯޓު އަލުން ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ އެއާޕޯޓުގެ މުވައްޒަފުންނާ ރައީސް ޔާމީން ސަލާމް ކުރައްވަނީ.--ފޮޓޯ: ރައީސް އޮފީސް
ކޫއްޑޫ އެއާޕޯޓުގެ ސީއީއޯ އަދި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ދިގުކުރީ އެންމެ ދިގުމިނަށް އެކަން ކުރެވެން އޮތް މިންވަރަށެވެ. މިހާރު އެ އެއާޕޯޓަށް 42 ޓަނުގެ ބޯޓުފަހަރު ޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިއޮތީ ޑޮމެސްޓިކް އެއާޕޯޓު ބޮޑުކުރެވޭނެ އެންމެ ބޮޑަށް، ދެ ފަރާތުން، ދެކުނާއި އުތުރުން ގޮސް ކަނޑުއޮޅިން ޖައްސާފައި ދިގުކުރެވޭނެ އެންމެ ދިގުމިނަށް ދިގު ކުރެވިފައި،" ޖަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ އިތުރުން ބިޒްނަސް ކްލާސް، ވީއައިޕީ ލޯންޖަކާއި މުވައްޒަފުންގެ އެކޮމަޑޭޝަނަށް ދެ އިމާރާތެއް ވަނީ ހަދައިފަ އެވެ. އަދި މިއަދުން ފެށިގެން އެއާޕޯޓު ބޭނުން ކުރާ މީހުންނަށް ވަކި ހާއްސަ ބަނދަރެއް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކުރި ކޫއްޑޫ އެއާޕޯޓު އަލުން ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން، ޖަނާ ވިދާޅުވީ، ކޫއްޑޫ އެއާޕޯޓުގައި މުޅިން ވެސް މަސައްކަތް ކުރާނީ ދިވެހިން ކަމަށެވެ. އެގޮތުން އިތުރު 15 މުވައްޒަފުންނާ އެކު، 58 މުވައްޒަފުން އެއާޕޯޓުގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޑު ސީ ކެޓަގަރީގެ އެއާޕޯޓެއްގެ ގޮތުގައި ކޫއްޑޫ އަލުން ހުޅުވިއިރު، ރަންވޭގެ ދިގުމިނަކީ 1،800 މީޓަރެވެ. ކުރިން އެ އެއާޕޯޓްގައި އޮތީ 1،200 މީޓަރުގެ ދިގު ރަންވޭއެކެވެ.
ކޫއްޑޫ އެއާޕޯޓަށް އެއާބަސް އޭ 320 މަރުކާގެ 180 ޕެސެންޖަރުން އުފުލާ ބޯޓާއި ބޮއިން 737 މަރުކާގެ 190 ޕެސެންޖަރުން އުފުލާ ބޯޓުގެ އިތުރުން ހުރިހާ ޕްރައިވެޓް ޖެޓެއް ޖެއްސޭނެ އެވެ.
ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކުރި ކޫއްޑޫ އެއާޕޯޓު އަލުން ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުންނާ ރައީސް ޔާމީން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސިންގަޕޫރުގެ ބޮނަވިސްޓާއާ ހަވާލުކޮށްގެން ގާތްގަނޑަކަށް ހަތް މަސް ދުވަހުގެ ތެރޭގައި ތަރައްގީކުރި ޑޮމެސްޓިކް އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ސެޕްޓެމްބަރު 10، 2012ގައި ކުރީގެ ރައީސް މުހައްމަދު ވަހީދެވެ. ކޫއްޑޫ އެއާޕޯޓުގެ އިތުރުން އެ ރަށުގައި 68 ވިލާ ހިމެނޭ ގޮތަށް ހެދި ރިސޯޓު ވެސް މިރޭ ރަސްމީކޮށް ހުޅުވާނެ އެވެ.
ސަރުކާރާ އެކު ހެދި 25 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން އެ އެއާޕޯޓް ކުއްޔަށް ދިނީ އަހަރަކަށް 24،000 ޑޮލަރު (ގާތްގަނޑަކަށް 370،000ރ.) އަށެވެ.
ބޮޑެތި ބޯޓުފަހަރު ޖެއްސޭގޮތަށް ކޫއްޑޫ ތަރައްގީކޮށްފި
މި ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓު ނިމޭނެ: ރައީސް
ކޫއްޑޫ މަސްވެރިންގެ މެރީނާ ރައީސް ހުޅުއްވައި ދެއްވަައިފި
ނ. އަތޮޅުގެ ތަރައްގީގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި
"ފ. އަތޮޅު ވިއްކައެއް ނުލާނެ، އެއީ ސުވާލެއް ނޫން"
އިގްތިސާދީ ލަގަން ދިވެހިންގެ އަތްމައްޗަށް ގެންނަންޖެހޭ
10 މިލިއަނަށް ވުރެ މަތި ނަމަ ބިމުގެ އަގަށް ލުޔެއް!
ގާފަރު ފަޅުގައި ރިސޯޓް ހަދަން 16 ރަށް ހިއްކަނީ
ފޮއްތެޔޮ ވިއްކުން ދޮގެއްނުކުރި، "ނުއަގަކު ނުވިއްކާނެ"
އައްޑޫގެ ވިޔަފާރިތަކަށް ޓެކްސް ލުއިކޮށްދެނީ