14 ސެޕްޓެމްބަރ 2017
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ކަމުގެ މަގާމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް އައްޔަން ކުރައްވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމްޑީޕީ އަށް މިއަދު ޖަވާބު ދެއްވައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ކަމުގެ މަގާމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް އައްޔަން ކުރައްވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމްޑީޕީ އަށް މިއަދު ޖަވާބު ދެއްވައިފި އެވެ.
އެމްޑީޕީ އަށް ފޮނުއްވި ސިޓީއެއްގައި މައުމޫން މިގޮތަށް ވިދާޅުވީ، ޕީޕީއެމްގެ ނަމުގައި ޚަލީލް ބަޔާން ނެރުއްވުމުން އޭނާ އަކީ ޕާޓީގެ ކޮން ބޭފުޅެއް ކަން ސާފުކޮށްދެއްވަން މައުމޫން އަރިހުން އެމްޑީޕީން އެދުމުންނެވެ. މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް އައްޔަންކޮށްފައިވާ އެ ޕާޓީގެ ކައުންސިލުން، އަބްދުﷲ ޚަލީލް ކިޔާ ބޭފުޅަކު ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކޮށްފައި ނުވާނެ ކަމަށެވެ.
ޚަލީލަކީ ޕީޕީއެމްގެ ކޮން ބޭފުޅެއް ކަން ސާފުކޮށްދޭން އެމްޑީޕީން އެދުނީ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑްކުރި މައްސަލަ ކުށްވެރިކޮށް އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައި ޕީޕީއެމްގެ ނަން ހިމަނާފައިވާތީ، އެ ނަން ނަގައިދޭން އެދިވަޑައިގެން އެމްޑީޕީ އަށް ސިޓީ ފޮނުއްވުމުންނެވެ.
އެމްޑީޕީ އަށް ފޮނުއްވި ސިޓީގައި ޚަލީލް އެދިވަޑައިގަތީ އިދިކޮޅުން ހިންގާ ހަރަކާތްތަކުގައި ޕީޕީއެމްގެ ނަން ބޭނުން ނުކުރުމަށެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެބައިވެ، ދެ ފެކްޝަނުން ވެސް ސެކްރެޓަރީ ޖެނެރަލުން ވަނީ އައްޔަންކޮށްފަ އެވެ. ރައީސް ޔާމީން ފެކްޝަނުން ޚަލީލް ހަމަޖެއްސި އިރު މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަކީ އަބްދުލްއަލީމެވެ.
މި ކޯޅުން ހައްލު ނުވެ ސިވިލް ކޯޓަށް މައްްސަލަ ހުށަހެޅުމުން، ކޯޓުން ވަނީ، ޕީޕީއެމްގެ ރައީސް ކަމުގެ ބާރުތައް މައުމޫން އަތުން އަތުލައި، މުސްތަޝާރު، ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.
ޕީޕީއެމްގެ އިންތިހާބީ ރައީސަކީ އަދިވެސް މައުމޫން ކަމަށް އެ މަނިކުފާނުގެ އޮފީހުން ވިދާޅުވާ އިރު، ރައީސް ޔާމީން ރިޔާސަތު ބަލަހައްޓަވާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި މައުމޫން ވަނީ ޕާޓީގެ ރައީސް ކަމުން ވަކިކޮށްފަ އެވެ. އެހެންވެ މިހާރު އެ މަނިކުފާނަކީ ޕީޕީއެމާ އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށް ރައީސް ޔާމީން ފެކްޝަނުން ދަނީ ބުނަމުންނެވެ.
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
ރައީސްގެ ހޫނު ހަމަލާތަކެއް ނަޝީދާއި އިލްމުވެރިންނަށް
މައުމޫންގެ ތަރައްގީ ރައީސް ބޭނުމެއް ނުވޭ: ޝައިނީ
މައުމޫނަށް ރައްދު: ހިންގުމާ ގުޅޭ ވާހަކަ ނުދެއްކޭނެ
"މި ފެންނަނީ އަމަލުކުރާނެ ގޮތުގެ ކުޑަ މިންވަރެއް"
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
"އޮފީހުގައި ހުތުރު ބަހުން ލިޔުނީ ހަމްދަރުދީ ހޯދަން"
"ޕީޕީއެމް އޮތީ ނިދާފައި، ހަރަކާތް ފެށީ އަދިކިރިޔާ"
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟