Roadha Mihaaru
ކޯޓުތަކުގެ ފަނޑިޔާރުކަމަށް 31 ބޭފުޅަކު ކުރިމަތިލެއްވި

ކޯޓުތަކުގެ ފަނޑިޔާރު ކަމަށް 31 ބޭފުޅަކު ކުރިމަތިލައްވައިފި

12 ސެޕްޓެމްބަރ 2017

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް 31 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް 31 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ދެ ކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީ އިން މިދިޔަ މަހުގެ 17 ގައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފަ އެވެ .ޖޭއެސްސީން ނިންމާފައި ވަނީ ކްރިމިނަލް ކޯޓަށް ހަތަރު ގާޒީންނާއި ސިވިލް ކޯޓަށް ދެ ގާޒީން ހޯދުމަށެވެ.

އެ ދެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނުގެ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖްރިބާ ލިބިފައި ވުމެވެ. މީގެ އިތުރުން އުމުރުން 25 އަހަރު ފުރިފައިވުމާއި ވަކި ބާވަތުގެ ކުށްތަކެއް ސާބިތުވެފައި ނެތުމަކީ ވެސް ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު 46،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބޭއިރު ފޯނު އެލަވަންސް ވެސް ލިބެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަހުމަދު ރަޝީދު ޖޭއެސްސީން ދާދި ފަހުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.