11 ސެޕްޓެމްބަރ 2017
ބިދޭސީން ރާއްޖެ ގެނައުމަށް އިމިގްރޭޝަންގެ މުވައްޒަފުން އިތުރަށް ފައިސާ ނަގަމުންދާ ކަމަށް ބުނާ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.
ބިދޭސީން ރާއްޖެ ގެނައުމަށް އިމިގްރޭޝަންގެ މުވައްޒަފުން އިތުރަށް ފައިސާ ނަގަމުންދާ ކަމަށް ބުނާ ވާހަކަތައް އިމިގްރޭޝަނުން ދޮގުކޮށްފި އެވެ.
ބިދޭސީން ރާއްޖެ ގެނައުމަށް އިމިގްރޭޝަންގެ މުވައްޒަފުންނަށް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެ ފެތުރޭ ވާހަކައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަންވަރު މިއަދު ނެރުއްވި ބަޔާނެއްގައިވާ ގޮތުގައި އެފަދަ ވާހަކަތައް ފަތުރަމުންދަނީ ބިދޭސީންނާ މެދު ހިންގާ ހިއުމަން ޓްރެފިކިންގެ އަމަލުތަކާ ދެކޮޅަށް އިމިގްރޭޝަނުން ކުރާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ. އިމިގްރޭޝަނުން މިހާރު ތައާރަފް ކުރަން ނިންމާފައިވާ މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާޗާ ސްކްރީނިން ސިސްޓަމް(މިޕްސް) ވުޖޫދަށް އަޔަ ނުދިނުމަކީ އެފަދަ ވާހަކަތައް ފަތުރާ ސަބަބު ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އިމިގްރޭޝަން މުވައްޒަފުންނަށް އިތުރު ފައިސާ ދައްކަންޖެހޭ ކަމަށް ބުނެ ބިދޭސީން އަތުން ފައިސާ ހޯދަނީ ބިދޭސީން ރާއްޖެ އެތެރެ ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުންދާ ރޯޑް އޭޖެންޓުންނެވެ. އެކަމަކު މިޕްސްގެ ނިޒާމާ އެކު އެ މީހުންގެ ދައުރު ނެތިގެންދާނެތީ، އިމިގްރޭޝަނާ ބެހޭގޮތުން ދޮގު ވާހަކަތައް ދައްކަނީ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ވަޒީފާއަށް ގެނެވޭ ބިދޭސީންނަށް ވަޒީފާއާބެހޭ ގޮތުން ދޮގު މައުލޫމާތު ދީ، އެ ފަރާތްތަކުގެ އަތުން މޯލްޑިވްސް އިމިގްރޭޝަނަށް ދައްކަންޖެހޭ ފައިސާ ކަމަށް ބުނެ ކަމިޝަންގެ ނަމުގައި ނުހައްގުން އަތުލަމުން ދިޔަ ބޮޑެތި އަދަދުގެ ފައިިސާ ނުނެގޭނެ ގޮތް ވެގެންދާނެ އެވެ. މިކަމަކީ މިދެންނެވި ފަދައިން ނުހައްގުން ފައިސާ ހޯދާ ފަރާތްތަކުން ބޭނުންވާނެ ކަމެއް ނޫނެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އިމިގްރޭޝަންގެ އެއްވެސް މުވައްޒަފަކު ގާނޫނާ ޚިލާފް ކަމެއް ކޮށްފި ނަމަ އެކަމުގެ ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެފަދަ ކަމެއްގެ ހެކި ހުރެއްޖެ ނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅޭނެ ކަމަށެވެ. އެކަމަކު ހަގީގަތެއް ނެތި، އިމިގްރޭޝަންގެ މުވައްޒަފުންނާ ބެހޭގޮތުން ދޮގު ވާހަކަތައް ފަތުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ހިއުމަން ޓްރެފިކިންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ދޮގު ޚަބަރުތައް ފަތުރާކަމީ، އޭގެ ނުރަނގަޅު އަސަރު މުޅި މުޖްތަމައަށް ކުރާނެ ކަމެއްގެ ގޮތުގައި މި އިދާރާއިން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
ގަވާއިދާ ހިލާފްވި 30 ބިދޭސީއަކު ޑީޕޯޓްކޮށްފި
ޑީޕޯޓް ކުރާތީ ބިދޭސީން ދިވެހިންނާ ކައިވެނި ކުރަނީ!
ވޯކް ވިސާ ޖެހި ޕާސްޕޯޓް ނަގަން އޭންޓް ކިއު ނަންބަރެއް
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
އިމިގްރޭޝަންގެ އިސް ދެ އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި
އިއްޔެ ޑީޕޯޓްކޮށްލި 168 މީހުންނަކީ އިންޑިއާގެ ބައެއް
މުސާރަ ނުދޭ ހުރިހާ ބިދޭސީންނާ ދައުލަތުން ހަވާލުވަނީ؟!
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަނުޖެހުމެއް
ވިސާގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި
ވިސާ ފީ ނުދެއްކި ޖޫރިމަނާވާތީ ކަންބޮޑުވެއްޖެ