04 އޯގަސްޓް 2020
ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް މިހާރުގެ ހާލަތުން ވެސް ވަރަށް ސާފު މައްސަލައެކެވެ؛ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ފުލުހުން ކުރަނީ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެކެވެ. ކޯޓުން އަމުރުކޮށްފައި އޮތީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ހާލުގައި ޖެއްސި ބިދޭސީންނާ ރިޒް ކުންފުނިން ހަވާލުވެ، ވަގުތުން އެ މީހުން އެ ރަށުން ބާލާށެވެ. ލޭބަ ރިލޭޝަންސް އޮތޯރިޓީން އަންގާފައި އޮތީ، ބޮޑުފިނޮޅުގައި ރިޒް ކުންފުނިން މަސައްކަތް ކުރުވި 179 ބިދޭސީންނަށް މިދިޔަ މަސް ނިމުމުގެ ކުރިން (މިދިޔަ ޑިސެމްބަރުން ފެށިގެން ނުދީ ހުރި) މުސާރަ ދިނުމަށެވެ. ނޫން ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ.
ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް މިހާރުގެ ހާލަތުން ވެސް ވަރަށް ސާފު މައްސަލައެކެވެ؛ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ފުލުހުން ކުރަނީ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެކެވެ. ކޯޓުން އަމުރުކޮށްފައި އޮތީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ހާލުގައި ޖެއްސި ބިދޭސީންނާ ރިޒް ކުންފުނިން ހަވާލުވެ، ވަގުތުން އެ މީހުން އެ ރަށުން ބާލާށެވެ. ލޭބަ ރިލޭޝަންސް އޮތޯރިޓީން އަންގާފައި އޮތީ، ބޮޑުފިނޮޅުގައި ރިޒް ކުންފުނިން މަސައްކަތް ކުރުވި 179 ބިދޭސީންނަށް މިދިޔަ މަސް ނިމުމުގެ ކުރިން (މިދިޔަ ޑިސެމްބަރުން ފެށިގެން ނުދީ ހުރި) މުސާރަ ދިނުމަށެވެ. ނޫން ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ.
ކެއިންބުއިމުން މަހްރޫމްކޮށް ކަރަންޓާއި ފެނާއި ކަނޑާލައި ބޮޑުފިނޮޅުން އެ ބިދޭސީން ބާލަން މަޖުބޫރުކުރުވި ހާލަތަށް ގެންދިޔައިރު އެ މީހުންނާ ދޭތެރޭގައި ލާއިންސާނީ އަމަލުތައް ހިންގި ކަން އޭގެ ކުރިން ވެސް އޮތީ ފެންނާށެވެ. ފަހުން އަސާސީ ޚިދުމަތްތަކުން އެ މީހުން މަހްރޫމްވީ ރަށުގެ ޑިވެލޮޕަރު، ސީލް ކުންފުނިން ދެމުން އައި ކަރަންޓާއި ފެނުގެ ޚިދުމަތް އެއްފަހަރާ ކުއްލި ގޮތަކަށް މެދުކަނޑައިލުމުންނެވެ. މިކަން މިހެން މިވީ، އެ ބިދޭސީން ރަށުން ނުބާލައިގެން ސީލް އިން މައްސަލަ ޖައްސަމުން ދަނިކޮށެވެ.
ބިދޭސީންނާ ދޭތެރޭގައި ރިޒުން ވީ އިހުމާލާ ހެދި މުއައްސަސާތަކުން އެންގި އެންގުންތަކަށް ރައްދު ދީ، ރިޒް ކުންފުނިން ނެރުނު ބަޔާންތަކުގައި ވަނީ ގަދަ ދެއްކުންތަކެވެ. ރިޒާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލްގެ ޒިންމާ ބޮޑުކަމަށް ބުނެ ބިދޭސީންނާ ހަވާލުވާން އިންކާރުކުރީ އެވެ. އެކަމުގައި އަމަލުކުރަން ޖެހޭ ގޮތަކީ ދައުލަތުން ބިދޭސީންނާ ހަވާލުވުން ކަަމަށް ބުނެ ބޯދަމައިގަތީ އެވެ.
ކަމާ ބެހޭ އިދާރާތަކުގެ އެންގުންތަކަށް ރިޒުން ބޯނުލަނބައި ދިފާއުވަމުން އައިސް އެންމެ ފަހުން އެ ކުންފުނި ބޭނުންވި ގޮތަށް ދީލައިލާން ޖެހުނީ ސަރުކާރަށެވެ. އެ ރަށުގައި ތިބި 174 މީހުންގެ މުސާރައިގެ މައްސަލަތަކަށް ގޮތެއް ނިމެންދެން، ސަރުކާރުން މިވަނީ ހަވާލުވެފަ އެވެ. އެ ކުންފުނީގެ މުވައްޒަފުން ކަމަށް ރިޒުން އެއްބަސްވި 14 މީހުންނާ ވެސް އެކުގަ އެވެ.
ބިދޭސީން ރާއްޖެ އެތެރެކޮށް މަސައްކަތް ކުރުވައި މުސާރަ ނުދީ ހާލުގައި ޖެއްސުމަކީ އާ ކަމެއް ނޫނެވެ. މިފަދަ އެތައް މައްސަލަތަކެއް ލޭބަ ރިލޭޝަންސް އޮތޯރިޓީން އަންނަނީ ބަލަމުންނެވެ. އަހަރެއް ވަންދެން މުސާރަ ނުދީ ތިބި ބިދޭސީން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.
މި ހުރިހާ މައްސަލަތަކެއްގައި ނުވަތަ މުސާރަ ނުދީ ދެން ވެސް ބިދޭސީންތަކަކަށް މިފަދަ ހާލު ޖައްސައިފި ނަމަ، އެ އެންމެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާނީ ހެއްޔެވެ؟ ކެއިންބުއިމާއި ނިދުމާއި އަސާސީ އެހެން ޚިދުމަތްތައް ދައުލަތުން ފޯރުކޮށްދޭނީ ހެއްޔެވެ؟ ނުވަތަ އެހެން މައްސަލަތަކާ ތަފާތުކޮށް، މި އަމަލުކުރަން ފެށި ގޮތަކީ ސަރުކާރު ނިސްބަތްވާ ކޯލިޝަންގެ މައި ޕާޓީ، ހިމެނޭ އެމްޑީޕީގެ މަޖިލިސް މެމްބަރު، ރިޒާ ސަލާމަތް ކުރަން ކުރި ކަމެއް ހެއްޔެވެ؟
ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންނަށް މުސާރަ ނުދިނުމަކީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި ބަލައިގަންނަން ގާނޫނީ ހުރަސްތަކެއް ހުރި ކަމަށާއި އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ހޯމް މިނިސްޓްރީން ދެއްކި ވާހަކަތަކަށް ފަހު، އެ ބިދޭސީންނާ ދައުލަތުން ހަވާލުވުމުގެ ފަހަތުގައި ސަބަބެއް އޮންނާނެ އެވެ.
ބޮޑުފިނޮޅުގެ ބިދޭސީންގެ މައްސަލައިގައި ޒިންމާ ބޮލުގައި އެޅި ގޮތުން އާއްމުން އުފައްދާ ސުވާލުގެ ޖަވާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ ބިދޭސީންނާ ސަރުކާރުން ހަވާލުވީ، ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ. މުސާރަ މައްސަލަ ހައްލުވަންދެން އެ މީހުން އެތަނުގައި ތިބޭއިރު، ހުރިހާ ޚަރަދެއް ކުރާނީ ރިޒް ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި، ބިދޭސީންގެ އަސާސީ ޚިދުމަތްތަކުގެ އިތުރުން އެ ފެސިލިޓީގެ ކުލި ވެސް އެ ކުންފުނިން ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ބިދޭސީން ބައިތިއްބާފައި އެ ވަނީ ވިޔަފާރި އުސޫލުން އެޗްޑީސީ އާއި އާރުޑީސީން ހިންގާ ތަނެއްގަ އެވެ.
ހާލުގައި ޖެހިފައިވާ ބިދޭސީންތަކަކަށް، ގާނޫނީ ގޮތުން ކުރިން ވެސް ކަނޑައަޅައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ސަރުކާރުން ގޮތެއް ހޯދައިދިނުން މައްސަލައެއް ނެތެވެ. އެކަމަކު، މުސާރަ ދިނުމަށާއި ހަވާލުވާން ވެސް ދެކޮޅުހެދި ކުންފުނީގެ ބޮލުގައި އެޅޭ އިތުރު ޚަރަދުތަކެއް ދައްކަފާނެ ކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް ހަވާލުވުން ގޯސް ކަމަށް ބައެއް ވަކީލުން ދެކެވަޑައިގަންނަވަ އެވެ.
އެ ބިދޭސީންގެ ކެއިންބުއިމާއި ތަނުގެ ޚަރަދަށް ރިޒް ކުންފުނިން ދުވާލަކު ދައްކަނީ ކިހާ ފައިސާއެއްތޯ ސާފުވާން ޖެހެ އެވެ. އެ ފައިސާ އެ މީހުން ޖަމާކުރަނީ ކޮން އެކައުންޓަކަށްތޯ ސާފުވާން ޖެހެ އެވެ. ނޫން ނަމަ، ރިޒް ކުންފުނީގެ ދިފާއުގައި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު ކުރެވެން އެބަ އޮތެވެ.
ބޮޑުފިނޮޅުގެ ބިދޭސީންގެ މައްސަލައިގައި އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ވަކީލު، މަރިޔަމް ޝުނާނާ ވިދާޅުވި ގޮތުގައި، މިފަދަ މައްސަލައެއް ކުރިމަތިވުމުން ދައުލަތުން އެ ބަޔަކާ ހަވާލުވުމަކީ އެންމެ ރަނގަޅަށް ކުރި ކަމެއް ނޫނެވެ. އެ ބިދޭސީންނާ ހަވާލުވާން ޖެހޭނީ ރިޒް ކުންފުނިން ކަމަށް ކޯޓުގެ އަމުރެއް ވެސް އޮތުމާ އެކު އެ މީހުންނާ ހަވާލުވާން ޖެހޭނީ އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހުކުމް އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
"މީގައި އޮތް ގޮތަކީ ގާނޫނީ ގޮތުން މި ބިދޭސީންނާ ހަވާލުވާން ޖެހޭ މީހާ ހަވާލުވުން. އެއީ ރިޒް ކުންފުނި. މިފަދަ ކޮންމެ މައްސަލައެއްގައި ހިމެނޭ މީހުންނަށް ދައުލަތުން ޒިންމާވާން ވެއްޖެ ނަމަ، އެ ހުޅުވައިދެވެނީ ބޮޑުވެފައިވާ [ބިދޭސީންނަށް މުސާރަ ނުދިނުން ފަދަ]މި މައްސަލަތަކުގައި މުޅިން ނުބައި މަގެއް،" ޝުނާނާ ވިދާޅުވި އެވެ.
"މި ހާލަތު މެދުވެރިވަންދެން މުސާރަ ދީ، ކާންބޯންދީ ހެދީ ރިޒް ކުންފުނިން. އެހެންވެއްޖިއްޔާ [ކޯޓުތަކަށް ހުށަހަޅާފައިވާ މި] މައްސަލަ ހައްލުވަންދެން ވެސް ހާލަތު ބާއްވަން ޖެހޭނީ އެހެން."
ބޮޑުފިނޮޅުގެ ބިދޭސީންގެ މައްސަލަ ކުރިމަތިވުމުގެ ކުރިން ވެސް އާއްމުކޮށް އަމަލުކުރަމުން އައި އުސޫލަކީ އެއީ ކަން އޭނާ ފާހަގަކުރެއްވި އެވެ. ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވެސް ވިދާޅުވެފައި ވަނީ މުސާރަ ނުދިނުމުގެ މައްސަލަތަކުގެ ތެރެއަށް އެ މިނިސްޓްރީ ވަދެ، ހައްލު ހޯދައި ދިނުމަކީ މީގައި ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.
ޝުނާނާ ވިދާޅުވި ގޮތުގައި ޓްރައިބިއުނަލް އަށް ޕީއައިއެލްސީން ހުށަހެޅި މައްސަލައިގައި ވެސް ވަގުތީ އަމުރަކަށް އެދިފައި ވާނީ މުސާރައިގެ މައްސަލަ ހައްލުވަންދެން ބިދޭސީންގެ ކެއިންބުއިމާއި ބޭސްފަރުވާގެ ކަންކަން ރިޒް ކުންފުނިން ކުރިއަށް ގެންދާ ގޮތަށް ބޭއްވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރިޒާ ވާހަކަ ދައްކަވަނީ.
ރިޒް ކުންފުނިން ގަދަ ދެއްކުންތަކަށް ފުލުހުން ވެސް ބޯލަނބައި އެ މީހުން ރަށުން ބާލައި ހުޅުމާލެ ފެސިލިޓީ އަށް ގެންދިޔައިރު، ރިޒް ކުންފުންޏާ ދެކޮޅަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއްކޮށް މައްސަލަތަކެއް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު ބޮޑުފިނޮޅުގައި ތިބީ ހިއުމަން ޓްރެފިކިންގެ ކިތައް ވިކްޓިމްސްތޯ ތަހުގީގުން މިހާތަނަށް ކަނޑައެއް ނޭޅެ އެވެ.
ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ގޮތަށް އޮންނާނީ، ހިއުމަން ޓްރެފިކިންގެ ވިކްޓިމްސް އަށް އެކަންޏެވެ.
ރިޒް ކުންފުނީގެ މައްޗަށް ކުރި ތުހުމަތުތަކުގައި ރިޒާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވެސް ނެގި އެވެ. އެކަމަކު މައްސަލައިގެ ތަހުގީގު ބާރު މިނުގައި ކުރިއަށް ދާ ތަނެއް ނުފެނެ އެވެ. އަދި ނުފޫޒު ގަދަ ޕާޓީގެ މެމްބަރަކަށް ވުމުން އޭނާގެ ގައިގައި އެއްވެސް މުއައްސަސާއަކަށް އަތްނުލެވޭނެ ކަން ސަރުކާރުން މި މައްސަލައިގައި އަމަލުކުރަމުން އަންނަ ގޮތުން ފެންނަމުންދާ ކަމަށް ފާޑުކިޔުމުގެ ޖާގަ އެބަ އޮތެވެ. މިހާ ބޮޑު ކުށެއްގެ ތުހުމަތުކުރެވުމުން ވެސް ވަކީލުން މެދުވެރިކޮށް ނެރުއްވި "ބަހަނާ"ގެ ބަޔާންތަކުން ދޭހަވަނީ އޭނާއާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ޔަގީން ކުރައްވައިގެން ހުންނެވި ކަމެވެ. ނޫން ނަމަ، މުސާރަ ދެމުން އައި ބިދޭސީންނާ ހަވާލުވާން ވެސް ދެކޮޅެއް ނުހެދީހެވެ.
ބޮޑުފިނޮޅު މައްސަލައިގައި ސަރުކާރުން މި އަމަލުކުރީ ސުވާލު އުފެދޭ ގޮތަށެވެ. އެއީ މެމްބަރެއްގެ މަސްލަހަތު ހިމާޔަތް ކުރަންތޯ ސުވާލު އުފައްދާނެ ޖާގަ އޮތީ އެ ބިދޭސީންނަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތުމުންނެވެ. އަދި މިހާ ސާފުކޮށް ފެންނަން އޮތް މައްސަލައެއްގައި ވެސް ސަރުކާރުން އަމަލުކުރަމުން މި އަންނަ ގޮތުންނެވެ. ރިޒާ ކުރައްވަން ޖެހިވަޑައިގަންނަވާ ޚަރަދަކާ މި ހަވާލުވީ ދައުލަތުންނެވެ!
މި ހިސާބުން މިއޮތީ ބިދޭސީންނަށް އިންސާފު ހޯދައިދީ، އެ މީހުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގި މީހުންނާ މެދު ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީންކަން ގެއްލިފަ އެވެ.
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް
ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެެ
19 ބިިދޭސީން ދޫކުރުމުގެ އަމުރެއް ކޯޓުން ނުދިން
ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި
ހާލުގައި ޖެހިފައި ތިބި ބިދޭސީން ބޮޑުފިނޮޅުން ބާލައިފި
ބޮޑުފިނޮޅުން ބިދޭސީން ބާލުވާ ކަމަށްބުނެ ކަންބޮޑުވުން
އާއިލާ ހާލުގައި ޖެހިއްޖެ، ދެން ގައުމަށް ފޮނުވައިދީ!
ރިޒްގެ މައްސަލަ ޓްރައިބިއުނަލުން ބަލައިގެންފި
ބިދޭސީންގެ ނަމުގައި ބައެއް ވަކީލުން ދަނީ އޮޅުވާލަމުން
ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީން ފޮނުވާލައިފި