10 ސެޕްޓެމްބަރ 2017
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.8 ބިލިއަން ރުފިޔާ ލިބުނު އިރު ކުރި ހަރަދު 10.7 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.8 ބިލިއަން ރުފިޔާ ލިބުނު އިރު ކުރި ހަރަދު 10.7 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ލިބުނު އާމްދަނީން ކުރި ހަރަދު ކެނޑުމުން 2.1 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެގޮތުން ޖުމްލަ 7.9 ބިލިއަން ހަރަދު ކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު އެކަނި ވެސް މުސާރަ އާއި އިނާޔަތާއި ޕެންޝަނުގެ ގޮތުގައި 725 މިލިއަން ރުފިޔާ ހޭދަ ކުރި އިރު ހިންގުމާއި އެހެނިހެން ހަރަދުތަކަށް 525.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެގޮތުން ޖުމްލަ 1.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ 635.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ފިނޭންސް އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު ދައުލަތަށް 2.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު ހަރަދުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓްގައި ވަނީ އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
ދައުލަތުގެ ހަރަދަށް ވުރެ އާމްދަނީ ކުޑަކޮށް އިތުރުވެއްޖެ
އަންނަ އަހަރުގެ ބަޖެޓާ މެދު ފައްޔާޒުގެ ކަންބޮޑުވުން
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
އެއާޕޯޓު ޓެކްސްތަކަށް ބޮޑު ބަދަލެއް ގެންނަނީ
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ