Roadha Mihaaru
ހިންމަފުށީ ޕްލާންޓުގެ މެނޭޖަރު ދޫކޮށްލަން ޖެހިއްޖެ

މަރުގެ މައްސަލާގައި ހައްޔަރުކުރި ހިންމަފުށީ ޕްލާންޓުގެ މެނޭޖަރު ދޫކޮށްލަން ޖެހިއްޖެ

07 ސެޕްޓެމްބަރ 2017

ކ. ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލާގައި، އެ ރަށުގައި ހުންނަ ލައިފް ފެން ޕްލާންޓުގެ މެނޭޖަރު ހައްޔަރު ކުރީ، ފުލުހުންގެ ޔުނިފޯމް ނުލައި ތިބި ފުލުހުން ކަމަށް ވާތީ އޭނާ ދޫކޮށްލަން އެ ރަށު ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. ހިންމަފުށީގައި ބިދޭސީއަކު މަރުވި މައްސަލާގައި، އެ ރަށުގައި ހުންނަ ލައިފް ފެން ޕްލާންޓުގެ މެނޭޖަރު ހައްޔަރު ކުރީ، ފުލުހުންގެ ޔުނިފޯމް ނުލައި ތިބި ފުލުހުން ކަމަށް ވާތީ އޭނާ ދޫކޮށްލަން އެ ރަށު ކޯޓުން އަމުރުކޮށްފި އެވެ.

ހިންމަފުށީގައި ހުންނަ، ލައިފް ފެން އުފައްދާ ޕްލާންޓްގައި މަސައްކަތް ކުރާ ބިދޭސީއަކު މަރުވި މައްސަލައެއް ފެންމަތިވީ މިދިޔަ މަހު އެވެ. މި މައްސަލާގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު މެނޭޖަރު ހައްޔަރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން ކޯޓުން އެންގީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އޮންނަ ގޮތާ ޚިލާފަށް، ޔުނިފޯމް ނާޅައި ތިބެ އޭނާ ހައްޔަރު ކޮށްފައިވާތީ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާ ބުނާގޮތުން ޖިނާއީ މައްސަލަަތަކުގައި މީހުން ހައްޔަރު ކުރަންޖެހޭނީ ޔުނިފޯމް އެޅި ފުލުހުންނެވެ.

ބިދޭސީ މީހާގެ މަރާ ގުޅިގެން އިތުރު ދެ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެރަށު ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.

މީގެކުރިން މަސްތުވާތަކެތީގެ މައްސަލައެއްްގައި މީހަކު ހައްޔަރު ކުރުމުގައި ވެސް، ޔުނިފޯމް ނުލައި ތިބި ފުލުހުންތަކެއް ހަރަކާތްތެރި ވެފައިވާތީ އެ މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.