29 ޖޫން 2016
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޖަލު ހުކުމާ ގުޅިގެން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހި ސަރުކާރުން އޮގަސްޓް 20ގެ ކުރިން ޖަވާބުދާރީވާން އަންގާފައިވާ ކަމަށް ނާޒިމްގެ އާއިލާ އިން ބުނެފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޖަލު ހުކުމާ ގުޅިގެން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހި ސަރުކާރުން އޮގަސްޓް 20ގެ ކުރިން ޖަވާބުދާރީވާން އަންގާފައިވާ ކަމަށް ނާޒިމްގެ އާއިލާ އިން ބުނެފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ނާޒިމަށް 11 އަހަރުގެ ޖަލު ހުކުމް އިއްވީ "ފްރޭމްކޮށްގެން" ކަމަށް ބުނެ އާއިލާގެ އެދުމުގެ މަތިން އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅީ އެމްނެސްޓީ އިންޓަނޭޝަނަލް އިންނެވެ.
"އެމްނެސްޓީން އާއިލާ އަށް އެބައޮތް އަންގާފައި ސަރުކާރުން ޖަވާބުދާރީ ވުމުގެ ފަހު މުއްދަތަކީ އޮގަސްޓް 20 ކަމަށް،" ނާޒިމްގެ ކޮއްކޮ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވި އެވެ.
ނާޒިމްގެ ވަކީލް ސުއޫދު (މ) އަދި ކޮއްކޮ އާދަމް އާޒިމް (ވ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްނެސްޓީ މެދުވެރިކޮށް ނާޒިމްގެ މައްސަލަ އދ.ގެ ވޯކިން ގްރޫޕަށް އާއިލާ އިން ހުށަހެޅީ ރާއްޖޭގެ ޝަރުއީ ނިޒާމްގެ ތެރެއިން ނާޒިމަށް އިންސާފުު ނުލިބޭނެ ކަމަށް ބުނެ އެވެ.
ނާޒިމަށް ހުކުމް އިއްވީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. އެކަމަކު ކޯޓުން މިގޮތަށް ނިންމާފައިވާއިރު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނާޒިމަށް އިއްވި ހުކުމާ ގުޅޭ އެތައް ޝައްކުތަކެއް ހުއްޓައި އިންސާފު ހޯދަން ހުރި ހުރިހާ ދޮރުތަކެއް ބަންދުވުމުން އޭނާގެ ވަކީލުން އަންނަނީ ކަންބޮޑުވުންފާޅުކުރައްވަމުންނެވެ. ނާޒިމްގެ މައްސަލަ ދެން ކުރިއަށް ގެންދެވޭނީ ފުލުހުންނާއި ޕްރޮސިކިއުޓަ ޖެނެރަލަށް ކަން ފާހަގަކުރައްވައި އެ މުއައްސަސާ އިން ޒިންމާ ނަގަން ޖެހޭ ކަމަށް ގާނޫނީ ބައެއް ވަކީލުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
ނާޒިމްގެ މައްސަލަ އދ.ގެ ވޯކިން ގްރޫޕަށް ހުށަހަޅާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލަ ވެސް އެތަނުން ބެލި އެވެ. އެ މައްސަލާގައި ވޯކިން ގްރޫޕުން ނިންމީ ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ގާނޫނުތަކާ ހިލާފަށް އަވަސް އަރުވާލައިގެން ކަމަށެވެ. އެހެންވެ ނަޝީދު ވަގުތުން ދޫކޮށްލަން ވެސް އެ ގްރޫޕުން ސަރުކާރަށް އެންގި އެވެ. އެކަމަކު އެއީ ވަކިކޮޅަށް ބުރަވެ ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ސަރުކާރުން އެއަށް އަމަލެއް ނުކުރި އެވެ.
އިސްތިގުލާލަށް ގެއްލުން ދޭން ނާޒިމް ނޫޅޭ: ރިޔާޒް
"ބޭރުގެނުފޫޒާއެކު ވެރިކަން ގާއިމްކުރަން ނާޒިމް އުޅުނު"
އާޒިމަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
އދ. ގެ ނިންމުމަށް ސަރުކާރުން ދެކޮޅު ހަދައިފި
ނާޒިމް ދޫކޮށްލަން ގޮވާލުމަކީ އިހުތިރާމްު ކުޑަކޮށްލުން
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ރޭވުމަކީ ނާޒިމްގެ ސިޔާސީ ހަޔާތް ނެތިކޮށްލުން: ވަކީލް
އެކުލަވައިލާނީ ޚަރަދު ކުޑަ ސަރުކާރެއް: ގާސިމް
ނާޒިމްގެ ވާހަކަތައް މުއާޒު ދޮގުކުރައްވައިފި
ނާޒިމްގެ ތުހުމަތު ރައީސް ޔާމީނާއި ހުސެއިން ވަހީދަށް!