04 ސެޕްޓެމްބަރ 2017
އަންނަ ބުދަ ދުވަހު ފިލްމް "ހައްދު" ޕްރިމިއާ ކުރާ އިރު، އެ ފިލްމުގެ ހުރިހާ ޕްރިމިއާ ޝޯތަކެއް ފުލްވެފައިވާ ކަމަށް ޑައިރެކްޓަރު/ޕްރޮޑިއުސަރު އަބްދުލް ފައްތާހް ބުނެފި އެވެ.
އަންނަ ބުދަ ދުވަހު ފިލްމް "ހައްދު" ޕްރިމިއާ ކުރާ އިރު، އެ ފިލްމުގެ ހުރިހާ ޕްރިމިއާ ޝޯތަކެއް ފުލްވެފައިވާ ކަމަށް ޑައިރެކްޓަރު/ޕްރޮޑިއުސަރު އަބްދުލް ފައްތާހް ބުނެފި އެވެ.
ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ފިލްމް ޕްރިމިއާ ކުރާ އިރު، މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް ފިލްމް ދައްކަން ފަށާނެ އެވެ. މީގެ އިތުރުން ހަތް ވަނަ ދުވަހުގެ ރޭ އައްޑޫގައި ދައްކާ ޝޯތައް ވެސް ފުލްވެފައިވާ ކަމަށް ފައްތާހް ބުންޏެވެ.
އައްޑޫ ހިތަދު އާއި މަރަދޫގައި ފިލްމް އަޅުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަދި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި "ހައްދު" ޕްރިމިއާ ކުރާ އިރު، އިއްޔެ އެ ރަށުގައި ޓިކެޓް ވިއްކަން ފެށުމާ އެކު ޕްރިމިއާ ޝޯ ވަނީ ފުލްވެފަ އެވެ.
"މިހާރު ދެވަނަ ޝޯ އަށް ހުޅުވާލާފައި އޮތީ،" ފައްތާހް ބުންޏެވެ. "ތަރުހީބު ލިބޭ ވަރަކުން ޝޯތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި އޮތީ."
އޭނާ ބުނީ އޮލިމްޕަސް ލިބުނީ މި މަހުގެ 22 އަށް ކަމަށާއި މިހާރު ޓިކެޓް ވިއްކަމުން އަންނަނީ ފުރަތަމަ 18 ޝޯ އަށް ކަމަށެވެ.
"މިހާރު ދޭއް ތިނެއް އަދި ހަތަރު ވަނަ ޝޯގެ ޓިކެޓަށް ވެސް ހުޅުވާލާފައި އޮތީ،" ފިލްމަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަން ފާހަގަކޮށް ފައްތާހް ބުންޏެވެ.
"ހައްދު" އަކީ ރިކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ ފައްތާހްގެ 12 ވަނަ ފީޗާ ފިލްމެވެ.
"ހައްދު" ގެ ފަހު ޓްރެއިލާ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކު، މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ. އަދި މި ފިލްމްގެ މުހިއްމު ރޯލަކުން ނޫސްވެރިޔާ އަހުމަދު ފައިރޫޒް ވެސް ފެނިގެން ދާނެ އެވެ.
ފައްތާހް ބުނީ އަމާޒަކީ މި ފަހަރު އޭނާގެ ފިލްމް މުޅި ރާއްޖޭގައި ދެއްކުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ފަސް މަސް ތެރޭގައި "ހައްދު" ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކާއި ގިނަ އަދަދެއްގެ ރިސޯޓްތަކުގައި ވެސް ދައްކާނެ ކަމަށް ބުންޏެވެ.
"ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާ ކުރަނީ
"ތިޔަ ލޯތްބާ ދުރަށް" ގެ ޓިކެޓް ވިއްކަން ފަށައިފި
ކުރިއަށް އޮތީ "ހައްދު"ގެ ވަދާއީ ފަސް ޝޯ
"ހައްދު"ގެ މި ލަވައާ އެކު "އުދުހިލަމާ"
"ހައްދު" އަކީ އާ ބެންޗްމާކަކަށް ވާނެ: ފައްތާހް
"ހައްދު" ޝްވެކް ސިނަމާގައި ވެސް ދައްކާނެ
"ހައްދު"ގެ ޕްރިމިއާ އައްޑު އާއި ކުޅުދުއްފުށީގައި
"ފަރީ" ގެ ވާހަކަ ކިޔައިދޭނީ އެޕްރީލްގައި
"ލީނާ" 29 ގައި ހުޅުމާލޭ ޝްވެކަށް
"ކާކު؟" ގެ ޓީޒާއެއް ދައްކާލައިފި