30 އޯގަސްޓް 2017
އަންމަ މަހު ހައެއްގައި އަޅުވާ، ޑައިރެކްޓަރު އަބްދުލް ފައްތާހްގެ 12 ވަނަ ފީޗާ ފިލްމް "ހައްދު" ހަމައެކަނި ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓްކޮށްފައި ނިންމައިލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ފިލްމާ ބެހޭ ގޮތުން ފައްތާހް ހައްތަހާ ވެސް ދައްކަން ހުރީ "ސަޅި" ވާހަކަ އެވެ.
އަންމަ މަހު ހައެއްގައި އަޅުވާ، ޑައިރެކްޓަރު އަބްދުލް ފައްތާހްގެ 12 ވަނަ ފީޗާ ފިލްމް "ހައްދު" ހަމައެކަނި ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓްކޮށްފައި ނިންމައިލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ފިލްމާ ބެހޭ ގޮތުން ފައްތާހް ހައްތަހާ ވެސް ދައްކަން ހުރީ "ސަޅި" ވާހަކަ އެވެ.
އޭނާ ބުނަނީ "ހައްދު" އަކީ އޭނާގެ 21 އަހަރުވީ ފިލްމީ ކެރިއަރުގައި ހެދި "އެންމެ ބެސްޓް ފިލްމް" ކަމަށެވެ. ފިލްމުގެ ކޮންމެ ޑިޕާޓްމަންޓަކަށް ބެލިޔަސް، ބޮޑު ސްކްރީނުން ބެލުންތެރިން މި ފަހަރު ތަޖުރިބާކުރާ ދިވެހި ފިލްމްތަކުގެ އަސްލު ކޮލިޓީ ކަމަށް އޭނާ ބުންޏެވެ.
"މި ފިލްމް ވާނެ ދިވެހި ފިލްމްތަކުގެ ބެންޗްމާކަކަށް. މިހެން މި ބުނަނީ ވަރަށް ކެރިގެން. އެ ވަރަށް މަސައްކަތް ކުރެވިފައި ހުރީމަ،" ހިމޭން ދުނިޔެއިން ފިލްމީ ދާއިރާ އަށް ނިކުތް ޑައިރެކްޓަރު ބުންޏެވެ.
"ހައްދު" ގެ ޓްރެއިލާއެއް.
ފައްތާހް ބުނީ "ހައްދު" އަކީ 1994 ގައި ރިލީޒް ކުރި، މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ "ދެރިޔާ" އާއި 1997 ގައި ރިލީޒް ކުރި އީސާ ޝަރީފްގެ "ފަތިސްހަނދުވަރު" އަށް ފަހު، ދިވެހި ސިނަމާ އަށް އަންނާނެ އެންމެ ފުރިހަމަ އަދި އެންމެ މޮޅު ފިލްމަށް ވާނެ ކަމަށެވެ.
"ހައްދު ބެލުމަށް ފަހު ހަމަ ޔަގީނުން ވެސް ދިވެހި ފިލްމްތަކަށް ލޯބި ކުރާ މީހުންގެ އެކްސްޕެކްޓޭޝަން މާ ބޮޑަށް ވެސް ހައިވެގެން ދާނެ. މާނައަކީ އެންމެ ދަށްވެގެން މި ފެންވަރުގައި މިހާރު ފިލްމް ހެދެންވާނެއޭ. މިއީ ދެހާސް ސަތާރަ. ފިލްމީ ދާއިރާ މިހާރު އޮތް ހިސާބަށް ބަލާ އިރު ކޮލިޓީ މަސައްކަތްތަކެއް ފެންނަން ޖެހޭނެ،" މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "މިއީ އެއްގޮތަކަށް ވެސް ފޮނިކަނޑަން ބުނާ ވާހަކައެއް ނޫން. ބައެއް މީހުން ބުނާނެ އަހަންނަކީ އަބަދު ވެސް ވަރަށް ފޮނިކަނޑާ މީހެކޭ. އެކަމަކު ހައްދުއާ ބެހޭ ގޮތުން މި ވަރަށް މި ވާހަކަ ދައްކަނީ ކަނޑާ ފޮނީގައި މި ފަހަރު ހަމަ މާ ބޮޑަށް ވެސް ބުރަދަނެއް ހުންނާނެތީ. އެ ޔަގީންކަން ދެން."
ފައްތާހް ބުނީ "ހައްދު" އަކީ ދިވެހިންގެ ސަގާފަތާއި އާދަކާތަކާއި ދީނާއި އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ވެސް ވަރަށް ފުރިހަމަ އަށް ދައްކުވައި ދޭނެ ފިލްމެއް ކަމަށެވެ.
"ހައްދު" ގެ ޓްރެއިލާއެއް.
"އެއީ މީގެ ކުރިން ދިވެހި ފިލްމްތަކުގައި އުނިވެފައި އޮންނަ ބައެއް. އެކަމަކު މި ފިލްމް ބަލާ މީހުންނަށް ދިވެހިންގެ ދިވެހިވަންތަކަން ވެސް އެކްސްޕީރިއަންސްކޮށްލެވޭނެ،" އޭނާ ބުންޏެވެ. "މުޅި ފިލްމަށް ބަލާ ކަމަށް ވަންޏާ މިއީ ވަރަށް ބެސްޓް، ވަރަށް ޕާކެޓް މަސައްކަތެއް ކޮންމެ ދިމާއަކަށް ބެލިޔަސް. ހައްދުގައި އޮތީ ވަރަށް ވަރުގަދަ ޓީމެއް. އެ ޓީމްގެ މަސައްކަތް ވަރަށް ފުރިހަމަ ވާނެ. މީގައި ދެރަ އެއްވެސް ބައެއް ނޯންނާނެ."
ބެލުންތެރިން "ހައްދު" ބަލަން ދާން ޖެހޭ ސަބަބުތަކީ ކޮބައިތޯ އެހުމުން ފައްތާހު ބުނަނީ މިހެންނެވެ؛ އެންޓަޓައިންމަންޓް، އެންޓަޓައިމަންޓް އަދި އެންޓަޓައިމަންޓްއޭ އެވެ. މާނައަކީ މި ފިލްމަކީ ސިނަމާގައި ބެލުންތެރިން ހޭދަ ކުރާ ކޮންމެ ސިކުންތުކޮޅެއް ވެސް އެންޖޯއި ކުރާނެ ފިލްމެކެވެ.
"މީތި ބަލަން އިންނަ އިރު ނޭވާ ކުރުވާ ގޮތް ވާނެ. ނޭވާ ހުއްޓޭ ގޮތް ވާނެ. ހިންދިރުވާ ނުލެވޭ ކަހަލަ ހިނދުކޮޅުތަކެއް މި ފިލްމުން އަންނާނެ،" 2014 ގައި ރިލީޒް ކުރި "އާދޭސް" އަށް ފަހު، ޑައިރެކްޓް ކުރި ފުރަތަމަ ފިލްމާ ބެހޭ ގޮތުން ފައްތާހް ބުންޏެވެ. "ޔަގީނުން ވެސް ހައްދުއަކީ ބަލާފައި އަވަހަކަށް ހަނދާނުން ފޮހެވިގެން ދާނެ ފިލްމަކަށް ނުވާނެ. ދިވެހި ފިލްމްތަކުގެ ވާހަކަ ކުރިއަށް އޮތް ތަނުގައި ދައްކާ ކަމަށް ވަންޏާ ހައްދު ބެލިންތޯ އެ ސުވާލު ކުރެވޭނެ."
އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަ "ހައްދު" ގެ ލީޑް ރޯލުން ފެނިގެން ދާނީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާއާ އެކު އަލަށް ތައާރަފުވާ އަހުމަދު ޝިބާން އެވެ.
އެއް ފަހަރާ ތިން ސިނަމާގައި ހަ ވަނަ ދުވަހު "ހައްދު" ޕްރިމިއާ ކުރާ އިރު، މި ފިލްމަކީ އިންޓަވަލްއެއް ނެތި ބެލުންތެރިން ބަލާލަން ލިބޭނެ ފިލްމެކެވެ. ފިލްމުގެ ދިގު މިނަކީ ދެ ގަޑި އިރާއި ހަތް މިނެޓެވެ.
"ހައްދު" ގެ ޓީޒާއެއް.
"އަހަރެންގެ ނެތް އެއްވެސް ހާސް ކަމެއް. ވަރަށް ހަމަޖެހިލައިގެން އެއްވެސް ފިކުރަކާ ނުލައި ހުރެ މި ފަހަރު މި ފިލްމް ޕްރިމިއާ ކުރަން ތައްޔާރު މި ވަނީ. އެއް ކަމަކީ ދުރާލައި ފިލްމުގެ ހުރިހާ މަސައްކަތެއް ވެސް ނިންމާލެވިފައި އޮތީމަ،" ފައްތާހް ބުންޏެވެ. "އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."
ފިލްމް ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ އިރު، "ހައްދު" ގެ ފޭސްބުކް ޕޭޖްގައި މިހާރު ވަނީ ކައުންޓްޑައުންއެއް ވެސް ފަށައިފަ އެވެ. އަދި އީދު ވިލޭރާ ފިލްމުގެ އެންމެ ހާއްސަ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލަން އޮތީ ތައްޔާރަށެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ. މިއީ ފިލްމް އެޅުވުމުގެ ކުރިން ފެންނާނެ އެންމެ ފަހު ޓްރެއިލާ ވެސް މެ އެވެ.
ކުރިއަށް އޮތީ "ހައްދު"ގެ ވަދާއީ ފަސް ޝޯ
"ހައްދު" ގެ ހުރިހާ ޕްރިމިއާތަކެއް ފުލްވެއްޖެ
"ހައްދު"ގެ މި ލަވައާ އެކު "އުދުހިލަމާ"
"ހައްދު" ޝްވެކް ސިނަމާގައި ވެސް ދައްކާނެ
"ފަރީ" ގެ ވާހަކަ ކިޔައިދޭނީ އެޕްރީލްގައި
އަންނަ އަހަރު ދިވެހި ސިނަމާ ތިޔާގިވާނެތަ؟
މި އަހަރަށް ދެން ދިވެހި ފިލްމެއް ނެތް
އަޅުވާނެ ފިލްމެއް ނެތް، ސިނަމާ ފަޅަށް
ދެން އަޅުވަން އޮތީ ދިވެހި ކޮން ފިލްމެއް؟
"ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާ ކުރަނީ