18 ސެޕްޓެމްބަރ 2017
މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އޮލިމްޕަހާއި މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ދައްކަމުން އަންނަ ފިލްމް "ހައްދު" ގެ ކުރިއަށް އޮތީ ވަދާއީ ފަސް ޝޯ ކަމަށް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބްދުލް ފައްތާހް ބުނެފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އޮލިމްޕަހާއި މާލެ އާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައި ދައްކަމުން އަންނަ ފިލްމް "ހައްދު" ގެ ކުރިއަށް އޮތީ ވަދާއީ ފަސް ޝޯ ކަމަށް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަބްދުލް ފައްތާހް ބުނެފި އެވެ.
އޭނާ ބުނީ މާލެ ސަރަހައްދުން ފިލްމަށް ލިބޭ ތަރުހީބު ވަރަށް ބޮޑު ކަމަށާއި ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.
"މި ރެއިން ފެށިގެން ކުރިއަށް މިއޮތީ ހައްދުގެ ވަދާއީ ފަސް ޝޯ. އެހެންވީމާ ގްރޭޓާ މާލެ ސަރަހައްދުން ފިލްމް ނުބަލައި ތިބި މީހުންނަށާއި އަދި އިތުރަށް ބަލާލަން ބޭނުންވާ މީހުންނަށް ވެސް އޮތް ފަހުގެ ފުރުސަތަކަށް ވަނީ މި ފަސް ޝޯ،" ފައްތާހް ބުންޏެވެ. "އަހަރެން މިހީރި ފިލްމަށް ލިބޭ ތަރުހީބާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހި، ވަރަށް އުފަލުން."
ފައްތާހްގެ 12 ވަނަ ފީޗާ ފިލްމް ރަށްރަށާއި ރިސޯޓްތަކުގައި ވެސް ދައްކަން ފަށާފައިވާ އިރު، "ހައްދު" އަކީ އޭނާ މިހާތަނަށް ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރެއިން ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު ފިލްމެވެ.
ފައްތާހް: "ހައްދު" އަކީ ވިޔަފާރީގެ ގޮތުން އޭނާގެ އެންމެ ކާމިޔާބު ފިލްމް.
ފައްތާހް ބުނީ ވިޔަފާރީގެ ގޮތުން ކުރިން އެންމެ ކާމިޔާބު ފިލްމަކީ "ޖިންނި" ކަމަށެވެ.
"އެހެން ނަމަވެސް އެ ފިލްމުގެ ރެކޯޑް ވެސް ހައްދުން މުގުރާލެވިއްޖެ. މިހާތަނަށް ދެއްކި ރަށްރަށުން ވެސް ފިލްމަށް ލިބެމުން އަންނަނީ އުންމީދު ކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް،" ފައްތާހް ބުންޏެވެ.
އޭނާ ބުނީ ދެން އެންމެ އަވަހަށް ފިލްމް އަޅުވާ އަތޮޅުތަކުގެ ތެރޭގައި ލ. ވ. އަދި މ. އަތޮޅު ހިމެނޭ ކަމަށެވެ.
"މި ފަހަރު އަހަރެމެން ފިލްމް އަޅުވަމުން އަންނަ އިރު، ވަރަށް ޒަމާން ވަންދެން އެއްގޮތަކަށް ވެސް ފިލްމްތައް ނާޅުވައި ހުރި ބައެއް ރަށްރަށުގައި ވެސް މިހާރު ފިލްމް ދެއްކިއްޖެ. އެ ވެސް އަސްލު ވަރަށް ބޮޑު ކާމީޔާބީއެއް ކަންނޭނގޭ." ފައްތާހް ބުންޏެވެ. "އެހެންވެ ޓާގެޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހަމަ ހުރިހާ ރަށެއްގައި މި ފަހަރު ފިލްމް އަޅުވައި، ވީހާ ވެސް ގިނަ ބަޔަކަށް ހައްދު ދައްކާލުން. މިއީ ކޮންމެހެން ވެސް ބަލަލާން ޖެހޭ ކަހަލަ ފިލްމެއް."
"ހައްދު" މިހާތަނަށް ތިން ރިސޯޓެއްގައި އަޅުވާފައިވާ އިރު، މިރޭ ވަރަށް ކުލަގަދަކޮށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ފިލްމް އަޅުވާނެ އެވެ. އެގޮތުން "ހައްދު" ގެ ޓީމް އެ އިވެންޓްގައި ބައިވެރި ވާނެ އެވެ.
"ރަށްރަށުގެ އިތުރުން ވީހާ ވެސް ގިނަ ރިސޯޓްތަކެއްގައި ފިލްމް ދައްކާނަން." ފައްތާހް ބުންޏެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ހައްދު" ގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވި އަހުމަދު ޝިބާންއާ އެކު މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އެވެ.
"ހައްދު" ގެ ހުރިހާ ޕްރިމިއާތަކެއް ފުލްވެއްޖެ
"ހައްދު"ގެ މި ލަވައާ އެކު "އުދުހިލަމާ"
"ހައްދު" އަކީ އާ ބެންޗްމާކަކަށް ވާނެ: ފައްތާހް
"ހައްދު" ޝްވެކް ސިނަމާގައި ވެސް ދައްކާނެ
"ފަރީ" ގެ ވާހަކަ ކިޔައިދޭނީ އެޕްރީލްގައި
އަންނަ އަހަރު ދިވެހި ސިނަމާ ތިޔާގިވާނެތަ؟
މި އަހަރަށް ދެން ދިވެހި ފިލްމެއް ނެތް
އަޅުވާނެ ފިލްމެއް ނެތް، ސިނަމާ ފަޅަށް
ދެން އަޅުވަން އޮތީ ދިވެހި ކޮން ފިލްމެއް؟
"ތިޔަ ލޯތްބާ ދުރަށް" މިރޭ ޕްރިމިއާ ކުރަނީ