30 އޯގަސްޓް 2017
ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، މިދިޔަ ހަފުތާގައި ހުޅުވި ރަސްރަނި ބަގީޗާއަށް ބިދޭސީން ވަންނަން 75ރ. އަދި ހަފުތާ ބަންދުގައި ނަމަ 100ރ. ނަގަން ފަށައިފި އެވެ.
ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް، މިދިޔަ ހަފުތާގައި ހުޅުވި ރަސްރަނި ބަގީޗާއަށް ބިދޭސީން ވަންނަން 75ރ. އަދި ހަފުތާ ބަންދުގައި ނަމަ 100ރ. ނަގަން ފަށައިފި އެވެ.
މި ޕާކަށް ވަންނަން ބިދޭސީން އަތުން ފީ ނެގިޔަސް ދިވެހިންނަށް ހިލޭ ވަދެވޭނެ އެވެ.
ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ރޭގަނޑު 12:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ރޭގަނޑު 11:00 އަށް ބަގީޗާ ހުޅުވާފައި ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖޭގައި ރަސްކަމުގެ ގަނޑުވަރު ހުރި އެ ބިމުގައި ގާއިމުކުރި މި ޕާކުގައި ފުލުހުން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާނެ އެވެ.
ރަސްކަލުންނާއި ރާނީންނާ ގުޅުވައިގެން ޕާކުގެ ނަން ބަދަލުކޮށްފައި ވަނީ ކުރީގެ ނަން ބޭނުންކުރާތާ 50 އަހަރު ފަހުންނެވެ. ސަލްޓަން ޕާކަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ބިއްލޫރި ޓްރީ ހައުސް އާއި ދެ ބުރިއަށް ހަދާފައި ހުރި ފެންއަރުވާ ވަޑާމެވެ. "ރަސްރަނި ވިއު"ގެ ނަމުން ނަން ދީފައިވާ ޓްރީ ހައުސްގެ ތިރި ހާއްސަކޮށްފައި ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ހިންގާ ކުރެހުމުގެ ހަރަކާތްތަކަށެވެ. އަދި ވަށައިގެން ބިއްލޫރި ޖަހާފައިވާ މިތަނުގެ މަތީގައި ވެސް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކްލާސްރޫމުތަކެއް ހުންނައިރު، އެތަނުން މުޅި ބަގީޗާ ތެރެ ފެނެ އެވެ.
ސަލްޓަން ޕާކަށް ނަން ބަދަލުކުރުމުން މުއިއްޒުގެ ނުރުހުން
ސަލްޓަން ޕާކު "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވައިފި
ޕާކުތަކަށް ވަންނަ ބިދޭސީންނަށް15-500ރ. ގެ ފީއެއް
މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް
ސަލްޓަން ޕާކު ފަޅުވެ، އަޅާނުލެވޭ ކަމުގެ ޝަކުވާ!
ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކުގެ ނަމަށް
ވިންޓަ ތީމް ޕާކް އާންމުކޮށް ހުޅުވާލައިފި
"ފިނި މޫސުން" ގެންނަ ވިންޓަ ކޯނާ އީދުދުވަހު ހުޅުވަނީ
މިނިވަން 50ގެ ލެޑް ގަސްތައް ހަލާކުވާން ދޫކޮށްލާފައި
ބައި ގަރުނުގެ "ލޭންޑް މާކް"ގެ ނިމުން!