Roadha Mihaaru
އަލޯރާއިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

އަލޯރާ އިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ބެޑްރޫމް ޕްރޮމޯޝަނެއް ފަށައިފި

22 އޯގަސްޓް 2017

އެންމެ މަޝްހޫރު އެއް ފަރުނީޗަރު ފިހާރަ އަލޯރާ ޕޭން ހޯމް އިން ކުރިއަށް އޮތް އަޟްހާ އީދަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެންމެ މަޝްހޫރު އެއް ފަރުނީޗަރު ފިހާރަ އަލޯރާ ޕޭން ހޯމް އިން ކުރިއަށް އޮތް އަޟްހާ އީދަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަލޯރާ އިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ބޭނުމަކީ އީދާ ދިމާކޮށް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު އުފެއްދުންތަކެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ޕްރޮމޯޝަނުގައި ބެޑްރޫމް ފަރުނީޗަރުންގެ އިތުރުން އެކްސެސަރީޒް އަދި ބެޑިން ޕްރޮޑަކްޓްތަކުން 12-15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ދޭން ހަމަޖެހިފައިވާ ކަމަށް ވެސް އަލޯރާ އިން ބުންޏެވެ.

ޕްރޮމޯޝަނުގައި 12 ޕަސެންޓާ 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ-- ފޮޓޯ: އަލޯރާ

ޕްރޮމޯޝަނުގައި 12 ޕަސެންޓާ 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ-- ފޮޓޯ: އަލޯރާ

އަލޯރާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ އާ ބާވަތްތަކުގެ ބެޑިން އައިޓަމްތައް ވިއްކާ ފިހާރައެކެވެ. ޕްރޮމޯޝަނުގައި މިފަދަ ފެންވަރު ރަނގަޅު ގޮދަޑި އާއި ބާލީސް ފަދަ ސާމާނުން ވެސް ޑިސްކައުޓު ލިބޭނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

މާލޭގެ ފަރުނީޗަރު ސަޕްލަޔަރުންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ފަރުނީޗަރު އެތެރެކުރަމުން އަންނަ އެއް ފަރާތަކީ އަލޯރާ އެވެ. އެ ފިހާރަ އިން ބުނީ މާލޭގައި އެންމެ ގިނަ ވައްތަރުތަކުގެ ބެޑްރޫމް ފަރުނީޗަރު ވިއްކަނީ ވެސް އަލޯރާ އިން ކަމަށެވެ.

ގޮދަޑި އާއި ބާލީސް ފަދަ ސާމާނުން ވެސް ޑިސްކައުޓް ލިބޭނެ-- ފޮޓޯ: އަލޯރާ

ގޮދަޑި އާއި ބާލީސް ފަދަ ސާމާނުން ވެސް ޑިސްކައުޓް ލިބޭނެ-- ފޮޓޯ: އަލޯރާ

އަލޯރާ އިން އެތެރެކުރަނީ އީ-ވަން ސްޓޭންޑާޑް ފަރުނީޗަރެވެ. މާނަ އަކީ، އެއީ ތިމާވެއްޓާއި ސިއްހަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ފެންވަރުގެ ފަރުނީޗަރެވެ. ފެންވަރު ދަށް ފަރުނީޗަރުގައި ފޯމަލްޑިހައިޑްގެ މާއްދާ ހިމެނެ އެވެ. އޭގެން ސިއްހަތައް ގެއްލުންތަކެއް ލިބުން އެކަށީގެންވެ އެވެ. އަލޯރާ އިން ގެންނަ ފަރުނީޗަރުން ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ފިހާރަ އިން ދެ އެވެ.