28 ޖޫން 2016
ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާންކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ވޯޓު ނުދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ އެދިވަޑައިގެންފި އެވެ.
ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާންކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ވޯޓު ނުދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ އެދިވަޑައިގެންފި އެވެ.
މައުމޫން މިގޮތަށް އެދިވަޑައިގަތީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގަ އެވެ.
އެ މެސެޖުގައި މައުމޫން ވިދާޅުވެފައިވާ ގޮތުން، އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރުމަކީ، އެ ޕާޓީގެ އަސާސީ ގަވާއިދުގެ ވެސް ރޫހާ ހިލާފު ކަމެކެވެ. އެހެންވެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެ ބިލަށް ވޯޓު ނުދޭން އެދިވަޑައިގަތުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާ ގުޅިފައިވާ އެންމެހާ ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ މުއްސަނދިކަން އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާ އެކު ތިޔާގިކަން ގެނެސްދިނުމަކީ ޕާޓީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ މ. ގައި އެގޮތަށް ލިއެފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މައުމޫން: ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް ރާއްޖެ އިން ބިން ކުއްޔަށް ދޫކުރުމާ ގުޅޭ އިސްލާހަށް ވެސް މައުމޫން ދެކޮޅު ހެއްދެވި. .-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
"އަސާސީ ގަވާއިދުގެ 52 ވަނަ މާއްދާގެ ހ. ގެ (ރ.) ގައި ބުނާ ގޮތުން ޕާޓީގެ މަގްސަދުތައް ހާސިލް ކުރުމަށާއި ޕާޓީ ހިންގުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރުމަކީ ޕާޓީގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރާއްޖޭގެ ރަށްރަށާއި ބިމާއި ފަޅުތައް އާއްމުކޮށް އިއުލާންނުކޮށް ޓޫރިޒަމްއާ ބެހޭ މަސައްކަތްތަކަށް ދޫކުރުމާ ބެހޭ ބިލް ފާސްކުރަން އެއްވެސް މެމްބަރަކު ވޯޓު ނުދެއްވަން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ދަންނަވަން،" މައުމޫންގެ މެސެޖްގައިވެ އެވެ.
މި އިސްލާހަށް މައުމޫން ދެކޮޅު ހެއްދެވިއިރު، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް މިލްކުކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހާ ވެސް އެމަނިކުފާނު ވަނީ ކުރިން ދެކޮޅުހައްދަވައިފަ އެވެ. އެ އިސްލާހު ފާސްކުރުމުގެ ކުރިން، އެއީ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ އިސްލާހެއް ކަމަށް ވިދާޅުވެ، ވޯޓު ނުދެއްވަން އޭރު ވެސް މައުމޫން މެމްބަރުންގެ ކިބައިން އެދިވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއްގައި ފުރަތަމަ ކިޔުން އިއްވާފައިވާ އިސްލާހުގައިވާ ގޮތުން އާންމުކޮށް އިއުލާން ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ކުއްޔަށް ދޫކުރެވިދާނެ އެވެ. އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގަން ބޭނުންވާ މަޝްރޫއުގެ ތަފްސީލާ އެކު ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުންނެވެ.
ފޯސީޒަން އިން ބ. އަތޮޅުގައި ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ވޯވަށް: އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފައި.
އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭނީ އެ މަޝްރޫއެއް ހިންގަން ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނެއްގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ، އާންމުކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށް ވުމުންނެވެ.
ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިސްޓު ރިސޯޓު ހަދަން ރަށްރަށާއި ބިން ކުއްޔަށް ދޫކުރަންވާނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ. މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެފައި ވަނީ ޓޫރިޒަމާ ބެހޭ ކަންކަމަށް ކުއްޔަށް ދީފައިވާ ރަށްރަށާއި ބިންބިން ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ހުޅުވާލައި، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފީ ދައްކަން އާ މުއްދަތެއް ކަނޑައެޅުމެވެ. ހަމައެއާ އެކު ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނެގޭނެ އިންތިޒާމު ހަމަޖެއްސުމާއި ޓޫރިޒަމާ ބެހޭ ކަންކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހިދުމަތުގެ ފީއެއް ނެގުމަކީ ވެސް އިސްލާހުގެ ބޭނުމެއް ކަމަށް ނިހާން ވިދާޅުވި އެވެ.
ބިޑްނުކޮށް ރަށްތައް ދޫނުކުރެވޭ ގޮތަށް އިސްލާހު ގެންނަނީ
ޕީޕީއެމްގެ ވައިބާ ގުރޫޕުން ސައުދު ބޭރުކޮށްލައިފި
މައުމޫންގެ އިސްލާހީ މަސައްކަތާ ސައުދު ގުޅިއްޖެ
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
މައުމޫން ކިބައިން މުސްތަފާ މާފަށް އެދިވަޑައިގެންފި
ބިޑްކުރާ ރަށްތައް ތަރައްގީއެއް ނުކުރެވޭ: ޒަމީރު
މައުމޫންގެ ސިޓީތައް މެމްބަރުންނަށް ކިޔައިދެން: ނިހާން
މައުމޫނަށް އަމާޒުކޮށް ޕާޓީތަކުގެ ގާނޫނު ބަދަލުކުރަނީ!
ޕީޕީއެމްގެ ޕީޖީ ގުރޫޕާއެކު މަސައްކަތް ކުރުމުގެ ދައުވަތު
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި