01 ޖުލައި 2016
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ފޮނުއްވާ ކޮންމެ ސިޓީއެއް އަދި ކޮންމެ އެސްއެމްއެސްއެއް، އެ ގުރޫޕުގެ މެމްބަރުންނަށް އަކުރުން އަކުރަށް ކިޔައި ދެއްވާ ކަމަށާއި އެކަމަކު މައުމޫން އެދިވަޑައިގަންނަވާ ކަންކަމުގައި ވެސް މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރައްވަންޖެހޭ ކަމަށް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ފޮނުއްވާ ކޮންމެ ސިޓީއެއް އަދި ކޮންމެ އެސްއެމްއެސްއެއް، އެ ގުރޫޕުގެ މެމްބަރުންނަށް އަކުރުން އަކުރަށް ކިޔައި ދެއްވާ ކަމަށާއި އެކަމަކު މައުމޫން އެދިވަޑައިގަންނަވާ ކަންކަމުގައި ވެސް މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރައްވަންޖެހޭ ކަމަށް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ނިހާނަށް ލިޔުމުން ދަންނަވާފައިވާ ގޮތާ ހިލާފަށް އޭނާ އަމަލުކުރައްވާ ކަމަށް މައުމޫން ރޭ ވިދާޅުވެފައިވާތީ، މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ޕާލަމެންޓްރީ ގުރޫޕުން އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ޕާލަމެންޓްރީ ގުރޫޕުގެ އަޣުލަބިއްޔަތަށް އަބަދުވެސް ތަބާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީނާ ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ޕާޓީ ދެބަޔަކަށް ބެހިފައިވާ މި ދަނޑިވަޅުގައި މައުމޫން ރޭ އިއްވެވި ބަޔާނެއްގައި ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ 38 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތަށް ޕާލަމެންޓްރީ ގުރޫޕުގެ ނިންމުންތައް ވާންޖެހޭނީ، ޕާޓީގެ މައިގަނޑު އުސޫލުތަކާއި ސިޔާސަތުތަކާ އެއްގޮތް ނިންމުންތަކަށް ކަމަށެވެ. އެކަމަކު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން، ޕާޓީގެ އަސާސްތަކާއި މަގުސަދުތަކާ ފުށުއަރާ ގޮތަށް އަމަލުކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ހަވީރު ބޭއްވި ނިއުސް ބްރީފިންގައި ނިހާން ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
"މިފަދަ ނިންމުންތަކަކީ ސައްހަ ނިންމުންތަކަކަށް ނުވާނެ. އަދި އެފަދަ ނިންމުންތަކުން ގައުމަށް ގެއްލުންވަމުންދާކަން އަޅުގަނޑު ހިތާމަޔާއެކު ފާހަގަކުރަން،" މައުމޫން ވިދާޅުވި އެވެ.
ނަމަވެސް ނިހާން ވިދާޅުވީ ޕާޓީގެ މެނިފެސްޓޯއާ އެކު އައިސްފައިވާ ސަރުކާރަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން ނޫން އެއްވެސް ކަމެއް ޕާލަމެންޓްރީ ގުރޫޕުން ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެން އަމިއްލައަށް ހަދަހަދައިގެންނެއް، މަޖިލިހުގައި މިހާތަނަކަށް ކުރިއަށް ގެންގޮސްފައެއް ނެތް، ސަރުކާރުން ރައީސް ވިދާޅުވި ވިދާޅުވުމަކާ ހިލާފަކަށް،" ނިހާން ވިދާޅުވި އެވެ.
ޕާލަމެންޓްރީ ގުރޫޕުން މިއަދުގެ ނިއުސް ކޮންފަރެންސްގައި އިއްވި ނޫސްބަޔާނުގައި ބުނީ މައުމޫން ވާހަކަ ދައްކަވާފައި ވަނީ އެއްވެސް ހަގީގަތަކަށް ބުރަވުމެއް ނެތި ކަމަށެވެ.
ނިހާން ވިދާޅުވީ ޕާލަމެންޓްރީ ގުރޫޕުން އަބަދުވެސް ކުރާ ކަމަކީ ސަރުކާރުން ބޭނުންވާ ލެޖިސްލޭޓިވް އެޖެންޑާ ފުރިހަމަކޮށްދީ، ދައުލަތުގެ ބަޖެޓް ފާސްކޮށްދިނުން ކަމަށެވެ. އަދި އެއީ ޕާޓީގެ އަސާސީ ގަވައިދާއި ޕާލަމެންޓްރީ ގުރޫޕްގެ ގަވައިދުން މެމްބަރުންނަށް މަތިކޮށްފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ޕާލަމެންޓްރީ ގުރޫޕުން "ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް" ކުރަމުން ގެންދަނިކޮށް، މައުމޫންގެ އަމިއްލަފުޅު ވިސްނުމެއްގައި ނިންމަވާ ނިންމެވުމަކަށް "އަޅުގަނޑުމެން ސޭންޑްވިޗް ކުރައްވައިގެން" ކުރައްވާ ކަންކަމާ މެދު ހިތާމަކުރައްވާ ކަމަށެވެ.
މިއަދުގެ ނިއުސް ބްރީފިންގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުޅި ޕާޓީގެ މަސްލަހަތު ހިމާޔަތްކުރަން ޖެހެނީ މައުމޫން ކަމަށް ވާއިރު، ޕީޕީއެމްގެ ކޮމިޓީތައް ނުކުޅެދިފައިވާ ވާހަކަ އާއި ސުލޫކު ގެއްލިފައިވާ ވާހަކަތައް މީޑިއާއާ ހިއްސާކުރި ނަމަވެސް، ކައުންސިލަށް އެކަންކަން ނޭނގޭ ކަމަށެވެ.
"ޕާޓީގެ ކައުންސިލަށް އެނގިފައެއް ނެތް ޕާޓީގައި މައްސަލައެއް އުޅޭ ކަމަކަށް. ޕާޓީގެ ކައުންސިލަކާ ރައީސް ހިއްސާ ކުރައްވާފައެއް ނެތް އެެ ވާހަކަތަކެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މައުމޫނަށް ލަފާ ދެއްވުމަށް، މަޝްވަރާ މަޖިލިހެއް އުފެއްދެވި މައްސަލާގައި އަބްދުއްރަހީމް ވިދާޅުވީ އެ ކައުންސިލް އުފައްދަން ޖެހޭނީ އަސާސީ ގަވައިދުގެ 39 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލްގެ ރުހުން ލިބިގެން ކަމަށެވެ. އެކަމަކު ކައުންސިލަށް އެ މައްސަލަ ހުށަހަޅައި މަޝްވަރާ މަޖިލިހަށް ރުހުން ނުލިބޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން
ޕީޕީއެމުން ފަޒާދު ވަކިކޮށްދިނުމަށް އެދި ސުލޫކީކޮމެޓީއަށް
"މެމްބަރުން ބިލާ ދެކޮޅެއް ނޫން، ވޯޓާ ހަމައަށް ދާނެ"
ރައީސްގެ މަގާމުން އިސްތިއުފާއެއް ނުދެން: މަސީހު
މަޖިލީހަށް ވަންނަންއުޅުނީ މެމްބަރުންތޯ ސުވާލުއުފައްދައިފި
ޕީޕީއެމްގެ މެމްބަރުންނަށް ހަމަލަދިން މައްސަލަ މަޖިލިހަށް
ޕީޕީއެމް ބައެއް މެމްބަރުންގެ ސޮއި ހޯދީ ވަގަށް: ނިހާން
100 ފަހަރު ހުށަހެޅިއަސް ވޯޓު ފެއިލްކުރާނަން: ނިހާން
ޕީޕީއެމްގެ ވައިބާ ގުރޫޕުން ސައުދު ބޭރުކޮށްލައިފި