19 އޯގަސްޓް 2017
ބ. ކަމަދޫ ކައުންސިލުން ހުސްވި ގޮނޑި، އިދިކޮޅު އެމްޑީޕީގެ އަހުމަދު ސާޖިދު ކާމިޔާބުކޮށްފި އެވެ.
ބ. ކަމަދޫ ކައުންސިލުން ހުސްވި ގޮނޑި، އިދިކޮޅު އެމްޑީޕީގެ އަހުމަދު ސާޖިދު ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވި ކަމަދޫ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރީ 169 ވޯޓު ހޯދައިގެންނެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާޒިމްއަށް ލިބުނީ 142 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.
ކަމަދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވި އަހުމަދު ސާޖިދުގެ ކެމްޕޭން ޕޯސްޓަރެއް
އެ ނަތީޖާއިން ދައްކާ ގޮތުން ޕީޕީއެމް ކެންޑިޑޭޓް ނާޒިމްއަށް މާލެއިން ލިބުނީ 58 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ސާޖިދަށް ލިބުނީ 51 ވޯޓެވެ. ނަމަވެސް. އެ ރަށުގައި ބެހެއްޓި ވޯޓު ފޮށިން 116 ވޯޓު އޭނާއަށް ލިބުނެވެ. އަދި ޕީޕީއެމް ކެންޑިޑޭޓަށް ލިބުނީ 84 ވޯޓެވެ.
ކަމަދޫ ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ އިންތިހާބުން ރަމްޒުކޮށްދެނީ ހަމައެކަނި ކަމަދޫގެ ރަށްވެހިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދޭތެރޭ ދެކޭ ގޮތެއް ނޫން ކަމަށެވެ. އެއީ މުޅި ރާއްޖޭގެ ބަސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ކައުންސިލަރުން ވަކިކޮށްގެން ބަޖެޓަށް ލުޔެއް ނެތް:ނިޔާޒު
ކަމަދޫގައި މޫދު ކުޅިވަރަށް ހާއްސަ ޕާކެއް ހަދަނީ
އެމްޑީޕީގެ ވިސްނުމުގައިއުޅެނީ ކައުންސިލްތައް ސައިޒުކުރަން
ކަމަދޫ ކައުންސިލުން ރައީސަށް ދިނީ "އޭ ރިޕޯޓު"
ޔާމީން ވެރިކަމުގައި ފައިސާ ހަރަދުކުރީ ޕެޕަ ސްޕްރޭއަށް
އެމްޑީޕީގެ ބާރު އޮތް ކުރެންދޫގެ ގޮނޑި ޕީޕީއެމަށް
މި ނުކުތީ ތިން ބަލިކުރަން: ނަޝީދު
އެމްޑީޕީގެ 400 ޓިކެޓަށް ވާދަކުރާކަށް ނުޖެހުނު
އެމްޑީޕީ ޕްރައިމަރީ: ވާދަވެރިކަން ބޮޑީ އަންހެނުންގެ
އެމްޑީއެންއަށް ފިޔަވަޅުއަޅަން 100 ކައުންސިލުން އެދެފި