18 އޯގަސްޓް 2017
ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުގެ ޚަރަދު ހަމަނުޖެއްސިގެން ހަމައެކަނި އެ ބޭނުމަށްޓަކައި މާލެ އިން ބިން ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި މާލޭގެ ބިމާ ބެހޭ ވަޒީރުންގެ ކޮމެޓީގެ ކުރީގެ މުގައްރިރު އަބްދުﷲ އަމީން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުގެ ޚަރަދު ހަމަނުޖެއްސިގެން ހަމައެކަނި އެ ބޭނުމަށްޓަކައި މާލެ އިން ބިން ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި މާލޭގެ ބިމާ ބެހޭ ވަޒީރުންގެ ކޮމެޓީގެ ކުރީގެ މުގައްރިރު އަބްދުﷲ އަމީން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
މާލޭގެ މައި ތިން ސަރަހައްދުން 19 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން އިއުލާން ކުރުމާ ގުޅިގެން، އެ ސިޔާސަތުގެ ދޯހަޅިކަން ފާހަގަކުރައްމުން އަމީން ވިދާޅުވީ ހަމައެކަނި އެކަމުން ލިބޭ ފައިސާގެ ބޭނުމަށްޓަކައި އެއީ ކުރުން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ ބިން ބޭނުން ކުރާނެ ދުރުރާސްތާ ސިޔާސަތެއް ނެތި އެކަން ކުރުމަކީ ރައްޔިތުންނަށް ފައިދާ ލިބުމުން މަހްރޫމްވާނެ ކަމެއް ކަމަށެވެ.
"މާލެ ސަރަހައްދަށް މިދަނީ ބަދަލުތަކެއް އަންނަމުން. ބްރިޖް އަދި ހުޅުމާލޭގައި މީހުން ވަޒަންވެރި ކުރުވުމުގެ ސިޔާސަތުގެ ސަބަބުން މި ސަރަހައްދަށް އަންނާނެ ބަދަލުތަކަށް ރިއާޔަތްކޮށް މާލެ، ހުޅުމާލެ އަދި މި ސަރަހައްދުގެ ތަރައްގީ އާއި އިގުތިސޯދު އަދި މީހުން ވަޒަންވެރި ކުރުވުމުގެ ދުރުރާސްތާ ސިޔާސަތެއް އޮތުން މުހިންމު،" ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި ނަމަވެސް ސަރުކާރުގެ އެކިއެކި ސިޔާސަތާ މެދު ހިތްހަމަޖެހިވަޑައިނުގެން ޖުލައި 2015 ގައި އިސްތިއުފާ ދެއްވާފައިވާ އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް ލިބިފައިވާ އެންމެ އަގުބޮޑު މުދަލަކީ ބިން ކަމަށާއި ބިމުގެ ބޭނުން ކުރަން ޖެހޭނީ އޭގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ކުރާނެ ގޮތަކަށް ޒިންމާދާރުކަމާއެކު ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ޖެނުއަރީ 22، 2015 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު އަމީން (ކ): މި ސަރުކާރުން ކުއްލި ގޮތަކަށް ބޮޑު 19 ބިމެއް ވިއްކަން ނިންމި މައްސަލަ އަށް ފާޑުވިދާޅުވި.---ރައީސް އޮފީސް ފޮޓޯ
އަމީން ވިދާޅުވި ގޮތުގައި ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ރާއްޖެ އޮތްއިރު، ރައީސް ޔާމީންގެ ވެރިކަމުގެ ކުރިމަގާއި މެދު ސުވާލު އުފެދިފައިވާ ދުވަސްވަރެއްގައި ކުއްލި ގޮތަކަށް މާލޭގެ މުހިންމު ހިސާބުތަކުން ބިން ވިއްކުމަކީ އޭގެ ހަގީގީ ބޭނުމާ މެދު ސުވާލު އުފެދޭ ކަމެކެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއާ ގުޅިގެން އެއްތަނުން އަނެއް ތަނަށް މުދާ އުފުލުމަށް އަންނާނެ ބަދަލުތަކާއި ގުދަން ކުރުމަށް ކުރިމަތިވާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ބިން ބޭނުން ކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ވިޔަފާރިވެރިންނާއި ފަންނީ ބޭފުޅުންނާއި ކަމާ ބެހޭ ފަރާތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި މިހާރު ހުރި ހުސް ބިމުގެ ތެރެއިން މީހުން ދިރިއުމަށާއި ވިޔަފާރި ބޭނުމަށާއި ގުދަން ކުރުމަށާއި ގަރާޖުގެ ގޮތުގައި، ޕާކްގެ ގޮތުގައި ނުވަތަ ހުސް ބިމުގެ ގޮތުގައި ބިން ހާއްސަ ކުރާ ގޮތުގެ ހާމަކަން ބޮޑު ސިޔާސަތެއް އޮންނަން ޖެހޭ،" އަމީން ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މާލެ އިން 19 ބިމެއް ވިއްކަނީ އަކަފޫޓެއް 15،000ރ. އަށެވެ. އެ ބިންތަކަށް މި މަހުގެ 27 އިން ފެށިގެން ސެޕްޓެމްބަރު 14 އާ ދެމެދުގެ މުއްދަތަށް ބިޑް ހުށަހެޅޭނެ އެވެ.
ބިން ވިއްކާތީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔަމުންދާއިރު، ކޮރަޕްޝަން ހިމެނޭ ގޮތަށް ސަރުކާރުން ވިއްކާފައިވާ ބިންތައް ގުޅިފައިވާ ޕާޓީގެ ސަރުކާރެއްގައި އަނބުރާ ދައުލަތަށް ނަގާނެ ކަމަށް އެ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާލެ އިން ބިން ވިއްކަން ހުޅުވާލީ ރައްޔިތުންގެ މަންފާއަށް އަދި ރައްޔިތުންގެ ޚަޒާނާ މުއްސަނދި ކުރުމަށް ކަމަށެވެ. އަދި އެކަން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ބިން ވިއްކަނީ ސަރުކާރުގައި ފައިސާ ނެތިގެން: އިންތި
"ފްލެޓް މައްސަލާގައި ހައްގުތައް ވަނީ ނިގުޅައިގެންފައި"
ކޮރަޕްޝަން ހިމެނޭ ބިންތައް ނަގާނެ: އޮޕޮޒިޝަން
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރު ނަގައިފި
އުފާވެރިކަމުގެ ކަރުނަ: މާލޭގެ ބިންވެރިކަމުގެ ޔަގީންކަން
ގޯތި ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރަނީ
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް
މާލެއިން ގޯތި ދޭ އުސޫލުގެ މައްސަލަ ސުޕްރީމް ކޯޓަށް