16 އޯގަސްޓް 2017
އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާއާ ބެހޭ މިނިވަން ތަހުގީގަށް ގަވަރުނަރު ޑރ. އަޒީމާ އާދަމް އެއްބާރުލުން ދެއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާއާ ބެހޭ މިނިވަން ތަހުގީގަށް ގަވަރުނަރު ޑރ. އަޒީމާ އާދަމް އެއްބާރުލުން ދެއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގަވަރުނަރު އަޒީމާ އިސްތިއުފާ ދެއްވީ މަނީ ލޯންޑްރިންގެ ތެރެއިން ފައިސާ ލިބިވަޑައިގެންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން އިއުތިރާފްވެޑައިގެންނެވިތާ އެއް ދުވަސްފަހުން ކަމަށެވެ. އަދި އެ ފައިސާއާ ގުޅޭ ގޮތުން ހިންގާ މިނިވަން ތަހުގީގަށް އަޒީމާ އަމިއްލަފުޅަށް އިސްނަންގަވައިގެން ބަޔާނެއް ދެއްވަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ބުނީ ޔޫއެސް ޑޮލަރު ބޭނުންކޮށްގެން މަނީ ލޯންޑްރިންގެ ހަރަކާތެއް ހިންގުމަކީ އެމެރިކާގައި ވަރަށް ބޮޑު ކުށެއް ކަމަށެވެ. އަދި ރާއްޖޭގައި ހިންގި މަނީ ލޯންޑްރިންގެ ހަރަކާތްތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކަށް އެނގިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ގަވަރުނަރުކަމުގެ މުއްދަތު ހަމަވުމުގެ ތިން އަހަރު ކުރިން އަޒީމާ އިސްތިއުފާ ދެއްވީ ފިރިކަލުން އަލީ ނަސީރު (އަލިނީ) އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބަކަށް ހަމަޖެއްސުމުން ނިއު ޔޯކަށް ދިރިއުޅުން ބަދަލުކުރެއްވުމުންނެވެ.
(1/2) MMA Governor Azeema resigns days following President Yameen's confession to accepting laundered ill gotten funds. #StealingParadise
— Mohamed Nasheed (@MohamedNasheed) August 16, 2017
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއް
ތިން އަހަރެއްހާ ދުވަހު ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އަޒީމާ އިސްތިއުފާ ދެއްވިއިރު، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރެއްވި ބޮޑު ވައްކަމުގައި އެމްއެމްއޭ "ނިދާފައި" އޮތުމުގެ ތުހުމަތު އަޒީމާގެ މައްޗަށް އެތައް ބަޔަކު ކުރެ އެވެ.
(2/2) Call upon the former Governor to volunteer a statement to an independent investigation. @USTreasury
— Mohamed Nasheed (@MohamedNasheed) August 16, 2017
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއް
އެގޮތުން ސަރުކާރުގެ އޮފީހަކުން އެތައް މިލިއަން ރުފިޔާއެއްގެ މައާމަލާތްތައް ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާކަން އެމްއެމްއޭ އަށް އެނގޭ އިރު ވެސް ފިޔަވަޅެއް އެޅުން ލަސްވުމުގެ ޒިންމާ އަޒީމާ ނަންގަވަން ޖެހޭނެ ކަމަށް، ބައެއް މީހުން ބުނެ އެވެ.
މިއަދު ހެނދުނު އެމްއެމްއޭގައި އަޒީމާ ދެއްވި ވަދާއީ ބަޔާނުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ އެއްވެސް ވާހަކައެއް ދައްކަވާފައެއްނުވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ހިނާޔާތުގައި އެމްއެމްއޭ ފެއިލްވެފައި އޮތް ކަމަކަށް އެއްވެސް އިރަކު ވިދާޅުވެފައެއް ނުވެ އެވެ.
އޭސީސީގެ ތަހުގީގުން އަޒީމާގެ މައްސަލައެއް ނުފެނުނު
ޝައްކު އުފެދޭ މުއާމަލާތްތައް ބަލަން އެންގިން: އަޒީމާ
އެމްއެމްއޭގެ އިހުމާލު ބޮޑު! އަޅާނުލާ ހަމަ ތިބީ!
އަޒީމާ އޭސީސީއަށް ހާޒިރުވާން އަންގައިފި
ރާއްޖެ ދޫކޮށް ފިލުމުގެ ވިސްނުމެއް ނެތް: ގަވަރުނަރު
ބޮޑުހިޔާނާތުގެ ތަހުގީގު ބޭރުގެބަޔަކާ ހަވާލުކުރަން އެދުނު
އާތިފްގެ ދިފާއީ ހެއްކަކަށް ނިޔާޒްގެ ނަން ހުށަހަޅައިފި
ފައިސާ ހޯދަން ބޭރުކުންފުނިން މަސައްކަތްކޮށްދިން: ނަޝީދު
ބޮޑު ހިޔާނާތުގެ ތަހުގީގުގެ ތެރެއަށް އެމްޑީޕީ ވަންނަނީ
ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ: ނަޝީދު