Roadha Mihaaru
އެމްއެންޔޫގެ ދަރިވަރުންނަށް ދިރާގުގެ ޔުނިފްލެކްސް ޕެކޭޖު

އެމްއެންޔޫގެ ދަރިވަރުންނަށް ދިރާގުގެ ޔުނިފްލެކްސް ޕެކޭޖު

15 އޯގަސްޓް 2017

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންނަށް ދިރާގުގެ ޔުނިފްލެކްސް ޕެކޭޖު ތައާރަފްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންނަށް ދިރާގުގެ ޔުނިފްލެކްސް ޕެކޭޖު ތައާރަފްކޮށްފި އެވެ.

މަހަކު 149ރ. ދައްކާގޮތަށް ނެގޭ އެ ޕެކޭޖުގައި 3ޖީބީ ޑާޓާ ހިމެނޭނެ އެވެ. މީގެ އިތުރުން ކޮންމެ މަހަކު 4000 ފްރީ މިނިޓްސް އަދި 1000 އެސްއެމްއެސް ވެސް ލިބޭނެ ކަމަށް އެމްއެންޔޫން ބުންޏެވެ.

މި ޕެކޭޖު ނެގުުމަށް ޕޯސްޓްޕެއިޑް ޕެކޭޖަކަށް ބަދަލުކުރަންޖެހޭނެ އެވެ. އަދި ހިލޭ އިތުރު ދެ ސިމް ވެސް ލިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

ޔުނިފްލެކްސް ތައާރަފްކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ދިރާގުގެ ޗީފް މާކެޓިން އޮފިސަރު، އިޒަބެލް ހަޖްރީ ވިދާޅުވީ އެއީ ދަރިވަރުންގެ ޔުނިވާސިޓީ ހަޔާތް ފަސޭހަކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޕެކޭޖެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ޕެކޭޖުގެ ދަށުން އެމްއެންޔޫގެ ދަރިވަރުންނަށް ފަސޭހަވާނެ ގޮތްތައް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޔޫގެ ފަރާތުން ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފު ވަނީ ދިރާގުން ވެދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވައިފަ އެވެ.

ޑާޓާ ނެތް ކަމުގައި ވިއަސް ޔުނިފްލެކްސް ޕެކޭޖު ބޭނުންކުރާ ދަރިވަރުންނަށް ވިކިޕީޑިއާ އާއި އެމްއެންޔޫގެ ވެބްސައިޓު އަދި މޫޑުލް އަށް ވަދެވޭނެ އެވެ.