Roadha Mihaaru
ހިލޭ އަވި އައިނު ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ހިލޭ އަވި އައިނު ލިބޭ ޕްރޮމޯޝަނެއް ހުޅުމާލޭ ސެންޓްރޯ މޯލްގެ ސަން އެންޑް ސްޓައިލް އިން ފަށައިފި

15 އޯގަސްޓް 2017

ހުޅުމާލޭ ސެންޓްރޯ މޯލްގައި ހިންގަމުން އަންނަ ސަން އެންޑް ސްޓައިލް ފިހާރައިން، ހިލޭ އަވި އައިނު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ހުޅުމާލޭ ސެންޓްރޯ މޯލްގައި ހިންގަމުން އަންނަ ސަން އެންޑް ސްޓައިލް ފިހާރައިން، ހިލޭ އަވި އައިނު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސަން އެންޑް ސްޓައިލްގެ ފައިނޭންޝަލް ކޮންޓްރޯލާ މުހައްމަދު ހިފާޒް ވިދާޅުވީ ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކަމަށެވެ. ޕްރޮމޯޝަނުގައި ބައިވެރި ވެވޭނީ ކޮންމެ ދުވަހަކު ހަވީރު 16:00 ން 22:00 އަށް، 13 އަހަރުން މަތީގެ ދިވެހިންނަށް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ.

ސަން އެންޑް ސްޓައިލުން ވިއްކާ އައިނު.

ސަން އެންޑް ސްޓައިލުން ވިއްކާ އައިނު.

"ޕްރޮމޯޝަން އޮންނަ ވަގުތު ފިހާރަ އަށް ގޮސް ބޭނުންވާ އައިނެއް އަޅާފަ ފޮޓޯއެއް ނަގަން ޖެހޭނީ. ދެން އެ ފޮޓޯ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް sunandstyle# ޖަހާފައި އަޕްލޯޑް ކުރުމުން އަނެއް ދުވަހު ގުރުއަތުން ހޮވޭ ފަރާތް އިއުލާނު ކުރާނަން،" ހިފާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްރޮމޯ ވެބްސައިޓަށް ވެސް އެ ފޮޓޯތައް އަޕްލޯޑް ކުރާނެ. ފޮޓޯ ނަގާނީ ފިހާރާފައި ހުންނަ ހާއްސަ ބެކްގްރައުންޑެއްގައި. ގުރުއަތުން ހޮވޭ ބޭފުޅަކު ފޮޓޯގަ އަޅާފަ އިންނަ އައިނު ހިލޭ ލިބޭނީ."

ހިފާޒް ވިދާޅުވީ ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ވެސް ހަތަރު ނަސީބުވެރިން ހޮވާނެ ކަމަށެވެ.

ސަން އެންޑް ސްޓައިލް ފިހާރަ.

ސަން އެންޑް ސްޓައިލް ފިހާރަ.

ސަން އެންޑް ސްޓައިލް އަކީ ބްރޭންޑެޑް، އޮރިޖިނަލް އަވި އައިނު ވިއްކަން ހާއްސަ ކޮށްގެން ހުޅުވި ފިހާރައެކެވެ. މި ފިހާރަ ހުންނާނީ ސެންޓްރޯ މޯލްގެ ދެ ވަނަ ބުރީގަ އެވެ.

އެ ފިހާރައިން ވިއްކާ ބްރޭންޑް ތަކުގެ ތެރޭގައި ރޭބަން، އާނެޓް، އޯކްލޭ، މައިކަލް ކޯސް، އަރުމާނީ، ވޯގް، ޓިފަނީ، މިއު މިއު، އެސްބީކޭގެ އިތުރުން ޕާސަލް ފަދަ ގިނަ ބްރޭންޑްތަކެއް ހިމެނެ އެވެ.

Home

Sun & Style

ސަން އެންޑް ސްޓައިލް ޕްރޮމޯ ވެބްސައިޓް.