14 އޯގަސްޓް 2017
ވޮޝިންޓަން (އޮގަސްޓް 14) - ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ވައިޓް ހައުސްގެ އިސް ބައެއް ސްޓާފުން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ދުރުކުރި އެންތަނީ ސްކަރަމުޗީ ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (އޮގަސްޓް 14) - ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ވައިޓް ހައުސްގެ އިސް ބައެއް ސްޓާފުން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ދުރުކުރި އެންތަނީ ސްކަރަމުޗީ ވިދާޅުވެއްޖެ އެވެ.
އޭބީސީ ނިއުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޓްރަމްޕާ ދެކޮޅަށް ވޮޝިންޓަނުގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ވައިޓް ހައުސްގެ ސްޓާފުން ހިމެނޭ ކަމަށެވެ. އެފަދަ ފަރާތްތަކުގެ މަސައްކަތަކީ ރައީސް ޓްރަމްޕުގެ އެޖެންޑާ އަށް ހުރަސް އެޅުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސިތާ 10 ދުވަސްތެރޭ ސްކަރަމުޗީ މަގާމުން ވަކިކުރުމުގައި ވައިޓް ހައުސްގެ ސީނިއާ ސްޓާފުންނަށް ފާޑު ކިޔުން ހިމެނެ އެވެ. އޭގެ ތެރޭގައި ވައިޓް ހައުސްގެ ކުރީގެ ޗީފް ސްޓާފް ރެއިންސް ޕްރީބަސް އާއި ޗީފް ސްޓްރެޓެޖިސްޓް ސްޓީވް ބެނަން ހިމެނެ އެވެ. ސްކަރަމުޗީ ވިދާޅުވީ އެ ބޭފުޅުންނާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވީ އޯފް ދަ ރެކޯޑުގައި ކަމަށެވެ. ސްކަރަމުޗީ މަގާމުން ދުރުކުރީ ވައިޓް ހައުސްގެ ސީނިއާ ދެ ބޭފުޅުންނަށް ފާޑު ވިދާޅުވި އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.
އޭނާ ވިދާޅުވީ ރައީސް ޓްރަމްޕުގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް ވަފާތެރި ސްޓާފުން ބޭނުންވާ ކަމަށެވެ.
ސްކަރަމުޗީ ވައިޓް ހައުސް އަށް ގެނައުމުން ސީނިއާ ބައެއް ސްޓާފުން ހިތްހަމަޖެހިވަޑައިނުގެން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ތެރޭގައި ޗީފް އޮފް ސްޓާފް ޕްރީބަސް އާއި ތަރުޖަމާން ޝޯން ސްޕައިސާ ހިމެނެ އެވެ.
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް
ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
ބައިޑެންގެ ކުއްތާތައް ވައިޓް ހައުސް އިން ބޭރުކޮށްފި
އިހުތިރާމު ނުކުރާ މުވައްޒަފުން ވަކިކުރާނަން: ބައިޑެން
ސްނެޕްޗެޓުން ވެސް ޓްރަމްޕް ދާއިމަށް ބޭރުކޮށްފި
ވައިޓްހައުސްގެ ސްޓާފުންނަށް ކުރިން ވެކްސިން ދޭން ދެކޮޅު
ބަލި ގަބޫލް ނުކުރެއްވިޔަސް ވައިޓް ހައުސް އިން ނެރޭނަން