06 އޯގަސްޓް 2017
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) އިން ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން "އިންފިނިޓީ"ގެ ނަމުގައި ހަދާފައިވާ ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 17 މިލިއަން ރުފިޔާގެ ހިއްސާ ގަނެފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) އިން ހިއްސާގެ ބާޒާރުގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން "އިންފިނިޓީ"ގެ ނަމުގައި ހަދާފައިވާ ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 17 މިލިއަން ރުފިޔާގެ ހިއްސާ ގަނެފައިވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
ސްޓޮކް އެކްސްޗޭންޖާއި އެމްއެސްޑީގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ މިދިޔަ މޭ މަހު އިންފިނިޓީ ތައާރަފް ކުރި ފަހުން މިހާތަނަށް ރެޖިސްޓްރީ ވެފައި ވަނީ 2،100 މީހުން ކަމަށެވެ. އަދި އެ މީހުން 500،000 ހިއްސާ ގަނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕޯޓަލް ނެރުން ފަހުން އަދި އައިޕީއޯ އަށް މި ހުޅުވާލީ އުރީދޫ އެކަނި. ދެން އަޅުގަނޑުމެން މި ތައްޔާރުވަނީ އެޗްޑީއެފްސީގެ ސްކޫކް ވިއްކުމަށް. ސްކޫކް ވިއްކަން ފަށާނީ އަންނަ އޯގަސްޓް މަހުގެ 24 ވަނަ ދުވަހު،" ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މަނިކު ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހު ބަޔަކު އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްސްޓިވިސްޓް ޔާމީން ރަޝީދު އިސްވެ ތައްޔާރުކުރި އިންފިނިޓީ ޕޯޓަލް އަކީ އައިޕީއޯ ތަކުގައި ކުންފުނިތަަކުގެ ހިއްސާ ބިއްކަން ބޭނުން ކުރާ ޕޯޓަލް އެކެވެ.
"ސެކަންޑަރީ މާކެޓަށް އަޅުގަނޑުމެން މިއަކުން މުއާމަލާތެއް ނުކުރެވޭނެ. ހަމައެކަނި އައިޕީއޯތައް އޯޕަން ކޮށްފަ އޮންނަ އިރު ގަނެވޭނީ. ދެން އަޅުގަނޑުމެން ޑެއިލީ ޔޫސް އަކަށް ބޭނުން ކުރެވޭ ގޮތަށް ފީޗާސް ތަކެއް ޑިވެލޮޕް ކުރާނަން. އެންމެ ބޮޑަށް އަންނަ ރިކުއެސްޓަކީ ބެލެންސް ބަލަން އެކަން ކުރެވޭނެ މީގެން،" މަނިކު ވިދާޅުވި އެވެ.
"އަހަރީ ބައްދަލުވުންތަކަށް ދާއިރު ޕްރޮކްސީ ރެޖިސްޓްރީ ކުރުން ކަހަލަ ފަންކްޝަންތައް އަޅުގަނޑުމެން ގެންނާނަން މިއަށް."
މަނިކު ވިދާޅުވީ އައިޕީއޯ އަށް ފަހު ކުންފުނިތަކުގެ ޝެއާ ވިއްކަން (ސެކަންޑަރީ މާކެޓް ގައި ޝެއާ ވިއްކަން) ވަކިން ހާއްސަ ޕޯޓަލް އެއް ހަދަން ބަލާއިރު، އަދި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ.
ނޫސްވރިންގެ ބައްދަލުުމުގައި ލަމްހާ ވާހަކަ ދައްކަނީ-- މިހާރު ފޮޓޯ ހުސައިން ވަހީދު
ހެޑް އޮފް ސްޓޮކް އެކްސްޗޭންޖް އޮޕަރޭޝަންސް ފާތިމަތު ލަމްހާ ވިދާޅުވީ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ހިއްސާ އެހެން ފަރާތަކަށް ވިއްކާ ނުލެވޭނެ ކަމަށެވެ. ނަމަވެސް ހިއްސާ އެހެން ބޭފުޅެއްގެ ނަން ބަދަލު ކުރެވޭ ގޮތް ކުރިއަށް އޮތް ތަނުގައި ހަމަޖައްސާނެ ކަމަށެވެ.
"އަޅުގަނޑުމެން އަދި ހަމަ މި އިތުރު ފީޗާސްތައް އިތުރު ކުރަމުން މިދަނީ. ހުރިހާ ފީޗާސް އެއް ޑިވެލޮޕްކޮށް ނިމުމުން ފޯން އެޕްލިކޭޝަން ވެސް އަންނާނެ،" ލަމްހާ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގެ މިސްރާބު
ފެށީ 10,000ރ. އިން، މިހާރު މިލިއަނުން ފައިދާ
ސްޓޮކް އެކްސްޗޭންޖުން 2.3 ބިލިއަން ކުންފުނިތަކަށް!
ސީއެމްޑީއޭ އިން މޮބައިލް އެޕްލިކޭޝަނެއް ލޯންޗްކޮށްފި
އެމްޓީސީސީން އެމްއެސްޑީއާ އެކު އެއްބަސްވުމެއް
ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ އިސްތިއުފާ ދެއްވަނީ
ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް އުރީދޫ ލިސްޓްކޮށްފި
އުރީދޫގެ ހިއްސާ ވިއްކަން ފަށައިފި
އުރީދޫގެ ބޮޑު ރެއެއް، ހިއްސާ ވިއްކުން އިފްތިތާހުކުރަނީ
ހިއްސާގެ ބާޒާރު ތަރައްގީ ކުރަން ބޫޓާނާ މަޝްވަރާކޮށްފި