18 އެޕްރީލް 2017
ރާއްޖޭގެ ހިއްސާ ބާޒާރުގައި އުރީދޫ މޯލްޑިވްސް އިން ހިއްސާ ވިއްކަން ފެށުން މިރޭ އިފްތިތާހުކުރާ ގޮތަށް ހަމަޖައްސައިފި އެވެ. މި ރަސްމިއްޔާތު އޮންނާނީ ދަރުބާރުގޭގަ އެވެ.
ރާއްޖޭގެ ހިއްސާ ބާޒާރުގައި އުރީދޫ މޯލްޑިވްސް އިން ހިއްސާ ވިއްކަން ފެށުން މިރޭ އިފްތިތާހުކުރާ ގޮތަށް ހަމަޖައްސައިފި އެވެ. މި ރަސްމިއްޔާތު އޮންނާނީ ދަރުބާރުގޭގަ އެވެ.
މައި އޮފީސް ގަތަރުގައި ހުންނަ އަދި ދުނިޔޭގެ އެކި ގައުމުތަކުގައި މުވާސަލާތީ ޚިިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އުރީދޫން ރާއްޖޭގައި އެ ކުންފުނީގެ ހިއްސާ ވިއްކަން ފަށާއިރު، އުރީދޫ މޯލްޑިވްސްގެ 40 ޕަސެންޓް ހިއްސާއާ ހަމައަށް ހިއްސާ ދޫކުރަން ވަނީ ހަމަޖައްސައިފަ އެވެ.
އުރީދޫން ބުނި ގޮތުގައި ހިއްސާގެ އަގު 30 ރުފިޔާގެ މަގުން ވިއްކަން ފުރަތަމަ ހުޅުވާލަނީ 22 މިލިއަން ހިއްސާ އެވެ. އެކަމަކު ގަންނަން ހުށަހަޅާ މިންވަރު އެއަށް ވުރެ މަތިވެއްޖެ ނަމަ، އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން މި މަހު 10 ގައި ނިންމާފައިވާ ގޮތަށް، 59 މިލިއަން ހިއްސާއާ ހަމައަށް ހިއްސާ ވިއްކާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫން ކަނޑައަޅާފައިވާ 59 މިލިއަން ހިއްސާ ވިކިއްޖެ ނަމަ 1.7 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މިއީ ރާއްޖޭގެ ނިސްބަތުން ހިއްސާގެ ބާޒާރުގައި ބޮޑު މިންވަރެކެވެ.
އުރީދޫގެ ހިއްސާ ވިއްކަން ރަސްމީކޮށް ފަށާނީ މި މަހު 30 ގަ އެވެ. އަދި މޭ 28 އާ ހަަމައަށް ހިއްސާ ވިއްކަމުން ގެންދާނެ އެވެ. މީހަކަށް މަދުވެގެން ގަނެވޭނީ 50 ހިއްސާ އެވެ.
އުރީދޫން ބުނި ގޮތުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި ކޯޕަރޭޓް ސޮސައިޓީތަކަށް ވެސް ހިއްސާ ގަނެވޭނެ އެވެ. އެކަމަކު ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭން ސަރުކާރުން ހުއްދަ ދީފައިވާ އެއްވެސް ކުންފުންޏެއްގެ 10 ޕަސެންޓަށް ވުރެ މަތިން ހިއްސާ ގަނެފައިވާ ބަޔަކަށް، އުރީދޫ މޯލްޑިވްސްގެ ހިއްސާއެއް ނުގަނެވޭނެ އެވެ.
ހިއްސާ ބާޒާރު ދިރާސާކުރާ ބައެއް ފަަރާތްތަކުން ބުނާ ގޮތުގައި އުރީދޫ ކަހަލަ ބޭރުގެ ކުންފުންޏަކުން ރާއްޖޭގައި އާންމު ބާޒާރުގައި ހިއްސާ ވިއްކުމަކީ، ރާއްޖޭގެ ހިއްސާ ބާޒާރަށް ލިބޭނެ ކުރިއެރުމެކެވެ.
ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގެ މިސްރާބު
ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް އުރީދޫ ލިސްޓްކޮށްފި
ޕޯޓަލް މެދުވެރިކޮށް 17 މިލިއަންގެ މުއާމަލާތް ކޮށްފި
ރާއްޖޭގައި 250 މިލިއަން ޑޮލަރު ހޭދަކޮށްފިން: އުރީދޫ
އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކުރަނީ
ގޯލްޑަން ފުޓްސަލްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުުރީދޫ
އެމްފައިސާ ކަސްޓަމަރުންނަށް މެޓަ ކުއެސްޓް 3 ދެނީ
އާ އަހަރަށް އުރީދޫގެ އޮފާތައް އިތުރުކޮށްފި
ގޭމިން ފެސްޓިވަލް ފެބްރުއަރީ މަހު ބާއްވަނީ
އުރީދޫން އާ އަހަރަށް ބޮޑެތި އޮފާތަކެއް!