ރައްކާތެރި، ލުއި ގޭސް ފުޅި ވިލާ ގޭހުން ތައާރަފްކޮށްފި އެވެ.
ރައްކާތެރި، ލުއި ގޭސް ފުޅި ވިލާ ގޭހުން ތައާރަފްކޮށްފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ ވިލާ ގޭހުގެ އިސް ބޭފުޅަކު ވިދާޅުވީ އަލަށް ތައާރަފްކުރި ޕްލާސްޓިކް އަދި ފައިބަރުން ހަދާފައިވާ ފުޅިއެއް ކަމަށެވެ.
"އަލަށް ތައާރަފްކުރި ގޭސްފުޅި ވަރަށް ލުއިވާނެ. އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ފުޅި ގޮވުން ފަދަ ހާދިސާއެއް ނުހިނގާނެ ގޮތަށް ތައްޔާރުކޮށްފައިވާ ރައްކާތެރި ފުޅިއެއް މިއީ. މި ފުޅީގެ އެތެރޭގައި ހުންނާނީ ފައިބާމެޓް އޮޅާފައި. ބޭރުގައި ޕްލާސްޓިކް ޖެކެޓެއް ހުންނާނީ،" އޭނާ ވިދާޅުވި އެވެ.
ވިލާއިން އަލަށް ތައާރަފްކުރި ގޭސްފުޅި: މި ފުޅީގެ ބަރުދަނުގައި ހުންނަނީ 6.6 ކިލޯ.
ވިލާ ގޭހުން އަލަށް ތައާރަފްކުރި ކޮމްޕޮސިޓް ފުޅީގެ ބަރުދަނުގައި ހުންނަނީ 6.6 ކިލޯ އެވެ. އަދި ގޭހާއެކު ފުޅީގެ ބަރުދަން ހުންނާނީ 16 ވަރަކަށް ކިލޯ އެވެ.
ވިލާ ގޭހުން ވެސް ކުރިން ވިއްކީ ދަގަނޑުން ހަދާފައި ހުންނަ ގޭސްފުޅި އެވެ. ނަމަވެސް ފުޅިއަކީ ގެންގުޅެން އުނދަގޫ ބަރު ފުޅިއެކެވެ.
"ދަގަނޑު ސިލިންޑަރު އާއްމުކޮށް ދެ އަހަރުގެ ތެރޭގައި ހަލާކުވެގެންދާނެ. އެ ފުޅީގެ ބަރުދަނުގައި ގާތްގަނޑަކަށް 16 ވަރަކަށް ކިލޯ ހުރޭ. އެހެންވެ އުފުލާ ގެންގުޅެން އެހާ ފަސޭހައެއް ނޫން،" ވިލާ ގޭހުގެ އޮފިޝަލް ވިދާޅުވި އެވެ.
އަލަށް ތައާރަފްކުރި ގޭސް ފުޅީގެ އެތެރެ ފެންނަ ގޮތަށް ހުރުމުން ފުޅީގައި ގޭސް ހުންނަ މިންވަރު ފެންނާނެ އެވެ. އަދި އޭގެ އިތުރުން އެ ކުންފުނިން ވިއްކާ ޗައިލްޑް ލޮކް އިންޑިކޭޓަރުން ވެސް ފުޅީގައި ގޭސް ހުންނަވަރު ބެލެ އެވެ.
ވިލާއިން ކޮމްޕޮސިޓް ދިހަ ކިލޯގެ ފުޅީގެ އިތުރުން ރެސްޓޯރަންޓް، ހޮޓާ އަދި ކެފޭތަކަށް ހާއްސަ 20 ކިލޯގެ ފުޅި ވެސް ވިއްކަ އެވެ. ދިހަ ކިލޯގެ ފުޅިއެއް 927.5ރ. އަށް ވިއްކާއިރު 20 ކިލޯގެ ފުޅިއެއް ވިއްކަނީ 1،510.50ރ. އަށެވެ.
އެ ކުންފުނިން ވަނީ ކުރިން ދަގަނޑު ގޭސްފުޅި ބޭނުންކުރަމުން އައި ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން 600ރ. އަށް ކޮމްޕޮސިޓް ފުޅިއަށް ބަދަލުކޮށްދޭން ފަށައިފަ އެވެ.
ވިލާ ގޭސްގެ ކޮމްޕޮސިޓް ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް
ގޭސް ލިބުން ދަތިވެ ބައެއް ރަށްރަށް ގޭހަށް ޖެހިއްޖެ
ވިލާ އިން ވެސް ރޯދަ މަހަށް ގޭސް އަގު ހެޔޮކޮށްފި
ވިލާއިން ވިއްކާ ދިހަ ކިލޯގެ ގޭސް ފުޅީގެ އަގުހެޔޮކޮށްފި
ވިލާ އިން 10 ކިލޯގެ ގޭސްފުޅީގެ އަގު ހެޔޮކޮށްފި
ގޭސް ލީކުވެފައި ހުއްޓާ ރޯކުރުމުން މީހަކު ފިހިއްޖެ
ވިލާ ގޭހުގެ ހަތަރު ފުޅިން ވިޔަފާރިވެރިއަކަށް!
"ފާސްޓޭ ދޯ" އިން ދަގަނޑު ފުޅިން "ލުއި ފުޅި" އަށް
ރަޝިޔާ އިން ޔޫރަޕަށް ފޮނުވާ ގޭސް މަދުކޮށްލަނީ
ހިޔާ ފްލެޓަށް ހާއްސަކުރި ޕްރޮމޯޝަންގެ ލަކީޑްރޯ މިރޭ