02 އޯގަސްޓް 2017
ކާބުލް (އޮގަސްޓް 2) - އަފްޣާނިސްތާނުގެ ހުޅަނގުގެ ހިރާތު ޕްރޮވިންސްގައި ގިނަ އަދަދަކަށް ޝިއައީން ޖަމާވެފައިވާ މިސްކިތަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 30 މީހުން މަރުވެއްޖެ އެވެ.
ކާބުލް (އޮގަސްޓް 2) - އަފްޣާނިސްތާނުގެ ހުޅަނގުގެ ހިރާތު ޕްރޮވިންސްގައި ގިނަ އަދަދަކަށް ޝިއައީން ޖަމާވެފައިވާ މިސްކިތަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 30 މީހުން މަރުވެއްޖެ އެވެ.
ޖަވާދިއާ މިސްކިތުގައި ދިން ހަމަލާގައި ވަނީ 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ޕްރޮވިންސްގެ ގަވަރުނަރު ކުރިން ވިދާޅުވެފައި ވަނީ މަރުވި މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.
ބޮމުގެ ހަމަލާ ދިނުމާ އެކު މިސްކިތް ހިމެނޭ ސަރަހައްދަށް ދިޔަ ހިރާތުގެ ގާނޫނީ ވަކީލެއް ކަމަށްވާ މަހުދީ ހާދިދު ބުނީ މުޅި ހިސާބުގައި އޮތީ ޒަޚަމްވެފައިވާ މީހުން ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު 100 އަށް އަރާނެ ކަމަށް އޭނާ ލަފާކުރެ އެވެ.
ހިރާތު ފުލުހުންގެ ތަރުޖަމާން އަބްދުލް އަހަދު ވަލިޒާދާ ވިދާޅުވީ މިސްކިތަށް ދިން ހަމަލާގައި ދެ ޓެރަރިސްޓުން ބައިވެރިވި ކަމަށް އެނގިފައިވާ ކަމަށެވެ. މީގެ ތެރޭން އެކެއްގެ އަތުގައި ރައިފަލެއް ވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްޣާނިސްތާން މިސްކިތަށް ހަމަލާ ދިނީ ކާބުލްގައި ހުންނަ އިރާގު އެމްބަސީ އަށް ހަމަލާދިންތާ އެއް ދުވަސް ފަހުން. --ފޮޓޯ:އޭއެފްޕީ
ޖާނުންފިދާވުމުގެ ހަމަލާ ދީފައި ވަނީ އިޝާ ނަމާދަށް ގިނަ ބަޔަކު މިސްކިތަށް އަރާ ތިއްބަ އެވެ. އެ ވަގުތު މިސްކިތުގައި 300 މީހުން ތިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިސްކިތުގައި ބޮން ގޮއްވުމުން ފުލުހުން ހަރަކާތްތެރިވިލެއް ލަސްވުމުގެ ސަބަބުން ހިރާތު ޕްރޮވިންސްގެ ގިނަ ބަޔަކު ވަނީ ޕޮލިސް ސްޓޭޝަނަށް ގޮސް ނުރުހުން ފާޅުކޮށްފަ އެވެ.
ހިރާތުގެ މިސްކިތަށް ހަމަލާދީފައި މިވަނީ ކާބުލްގައި ހުންނަ އިރާގު އެމްބަސީ އަށް ހަމަލާދިންތާ އެއް ދުވަސް ފަހުންނެވެ. އިރާގު އެމްބަސީ އަށް ހަމަލާ ދިން ކަމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ބުނެފަ އެވެ. ހިރާތުގެ މިސްކިތަށް ހަމަލާ ދިނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.
ރައީސް އަޝްރަފް ޣަނީ ވިދާޅުވީ އަފްޣާނިސްތާނުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމުގެ ފުރުސަތު ޓެރަރިސްޓުންނަށް ނުދޭނެ ކަމަށެވެ.
ހުކުރު ވަގުތު މިސްކިތުގައި ދިން ހަމަލާގައި 62 މަރު
އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ހަމަލާދީ 60 މަރު
ކްރައިސްޓްޗާޗް: ތިންވަނަ މިސްކިތަކަށް ހަމަލާދޭން އުޅުނު
އަންހެނުންގެ ވޯޑަކަށް ދިން ހަމަލާގައި ކުޑަކުދިން މަރު
ލަންޑަނުގެ ބޮޑު މިސްކިތުގައި އިމާމަށް ހަމަލާދީފި
ނޯވޭގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން
މިސްކިތަށް ހަމަލާ ދިން މީހާ އަށް ޓެރަރިޒަމްގެ ދައުވާ
ލަންކާގެ މިސްކިތްތަކަށް ހަމަލާދޭތީ ކާފިއު ހިންގައިފި
ތަހުގީގު ޓީމުގެ ވެރިއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
މިސްކިތަށް ހަމަލާ ދިން މީހާގެ ނަފްސާނީ ޓެސްޓެއް ހަދަނީ