26 ޖުލައި 2017
ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ޑެޑްލޮކަކަށް ދާ ގޮތަށް ކަމަށާއި މި އޮނިގަނޑުގެ ދަށުން ދިވެހި ގައުމުގެ ރައީސަކަށް ހުންނަ މީހާ، "އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވިދާނެ" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ޑެޑްލޮކަކަށް ދާ ގޮތަށް ކަމަށާއި މި އޮނިގަނޑުގެ ދަށުން ދިވެހި ގައުމުގެ ރައީސަކަށް ހުންނަ މީހާ، "އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވިދާނެ" ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭ ފަދަ ފުރުސަތުތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ގޮތަށް މި ނިޒާމު ހަމަޖެހިފައި އޮތް ކަމަށެވެ.
"އަދި [މި ނިޒާމު އޮތީ] ރާއްޖެ ފަދަ ކުޑަ، މީސްކޮޅު މަދު، ތަނަވަސްކަން ކުޑަ ޤައުމަކަށް ހިންގޭ ވަރަށްވުރެ، މާ އޮޅުންބޮޅުން ބޮޑުކޮށް. ޅަފަތުގައިވާ އަދި، ޑިމޮކްރަސީގެ އާދަތައް އެ ބައެއްގެ ތާރީޚުގައިނުވާ ދައުލަތަކަށް، އެއްދުވަހުން އެންމެ ފުރިހަމައަށް ތަންފީޛުކުރެވޭ ވަރަށްވުރެ، ބުރަ ބޮޑުކޮށް،" އެމަނިކުފާނު ވިދާޅުވި އެވެ. "ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ، ރައްޔިތުން އިޚްތިޔާރުކުރާ މީހުން، ރައްޔިތުންގެ ކަންކަން ކުރަން ތިބުންކަމުގައި ވާއިރު، ރާއްޖޭގެ އިންތިޚާބީ އޮނިގަނޑަށް އެކަނި ބަލައިލި ނަމަވެސް، މިކަން އޮތީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން."
ދިވެހި ދައުލަތުގެ ދުސްތޫރީ އޮނިގަނޑަކީ، ރިޔާސީ ނިޒާމެއްގެ މައްޗަށް އެކުލެވިގެންވާ އަދި އެކުލެވެންޖެހޭ އޮނިގަނޑެއް ކަމަށާއި އެއީ "ތިޔަ ލޮބުވެތި ރައްޔިތުން 2007 ވަނަ އަހަރު ނިންމަވާފައިވާ ނިންމެވުމެއް" ކަމަށް ރައީސް ވިދާޅުވި އެވެ.
"ރިޔާސީ ނިޒާމެއްގެ އެންމެ މައިގަނޑު ސިފައަކީ، ރައްޔިތުން ވަކި މެނިފެސްޓޯއެއްގައި، ވަކި މުއްދަތަކަށް ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސްވެރިއަކަށް ވަކި މީހަކު ހޮވުން. ދައުލަތުގެ އަދި ސަރުކާރުގެ އެންމެ މަތީވެރިއަކަށް އެންމެ މީހަކު ހުރުން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ ނިޒާމުގައި ވެސް ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބޭ މީހުން، ޖަވާބުދާރީ ކުރުވުމަށް އުސޫލުތަކެއް ކަނޑައަޅާފައި ހުންނަ ކަމަށާއި މިކަންކަން ކަނޑައަޅާފައި ހުންނަނީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ދައުލަތް އެންމެ ފުރިހަމަ ގޮތުގައި ހިންގުން ކަށަވަރުކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ ނިޒާމުގެ އެންމެ ހާއްސަ އަނެއް ސިފައަކީ، ރައީސް ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނެތަސް، ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ ހުރެގެން ދައުލަތް އަދި ސަރުކާރު ކުރިޔަށް ގެންދިޔުން ކަމަށެވެ.
"ދުސްތޫރީ އޮނިގަނޑުތަކުގައި މިކަންކަން މިގޮތަށް ހަމަޖެހިފައި އޮންނަނީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް އެކަމުގައި އޮތީތީ ކަމަށާއި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކާއި، އަދި ރައްޔިތުންގެ ސަލާމަތުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ހަމަކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައި ވެސް ކުރިޔަށް ދާންޖެހޭތީ. މިއިން ކޮންމެ ކަމަކަށް ބުރޫއަރާ ކޮންމެ ފަހަރަކީ، ގައުމަށް އެތައް ގެއްލުންތަކެއް ލިބޭ ފަހަރުތަކެއް ކަމުގައިވާތީ. އަގުހުރި އެތައް ފުރުޞަތެއް ގެއްލޭ، ދައްކަންޖެހޭ އަގު، ބޮޑު ކަންކަން ކަމުގައިވާތީ،" ރައީސް ވިދާޅުވި އެވެ.
އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް
މިއީ ރައްޔިތުންނަށް ޓަކައި ކުރާ ހަނގުރާމައެއް: ރައީސް
މިނިވަން ދުވަހުގެ ހަރަކާތްތައް މައުމޫން ބޮއިކޮޓްކޮށްފި
ރައީސް ޔާމީން މިރޭ ގައުމާ މުހާތަބްކުރައްވާނެ
ހިޔާލު ފާޅުކުރުމަށް ސަރުކާރުން ހުރަހެއް ނާޅާނެ: ރައީސް
ފަނޑިޔާރުންނަށް ނުފޫޒެއް ނުފޯރުވަން: އަލީ ޒާހިރު
28 އާއި 29 ވެސް ބަންދު؛ 16 ދުވަހުގެ ޗުއްޓީއެއް
ފަރުދީ މިނިވަންކަމާއި ބިން ހިމާޔަތްކޮށްދޭނަން: ރައީސް
މިއީ ރިޔާސީތޯ ނުވަތަ ބަރުލަމާނީތޯ ސާފެއް ނޫން: ރައީސް
ރައީސް ޔާމީނަށް: ހަގީގަތާ ކުރިމަތިލައްވާ!