26 ޖުލައި 2017
އެތެރެ އާއި ބޭރުން ކެނޑިނޭޅި ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުންތަކާ ކުރިމަތިލައްވައި މިހާރު މި ކުރައްވާ ހަނގުރާމަ އަކީ ރައްޔިތުންނަށް ޓަކައި ކުރައްވާ ހަނގުރާމައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެތެރެ އާއި ބޭރުން ކެނޑިނޭޅި ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުންތަކާ ކުރިމަތިލައްވައި މިހާރު މި ކުރައްވާ ހަނގުރާމަ އަކީ ރައްޔިތުންނަށް ޓަކައި ކުރައްވާ ހަނގުރާމައެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި ވެރިކަމަށް ވަޑައިގަތީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ހަނގުރާމަ ކުރައްވާށެވެ. ސިޔާސީ މައިދާނުގައި ތިބޭ މީހުން 24 ގަޑިއިރު ކުރާ، އަމިއްލަ އެދުމުން ފޮރުވިފައިވާ ސުވާލުތަކަށް ވުރެ މުހިއްމީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަަމަށް ވެސް ވިދާޅުވި އެވެ.
"އެތައް އަހަރުތަކެއް ވަންދެން ހައްލު ނުވެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުން. ތިޔަބޭފުޅުންގެ ދަރިންނަށް އަދި އެ ދަރިންގެ ދަރިންނަށް މާދަމާ އަކީ ހިތްފަސޭހަ ދުވަސްތަކެއް ކަމުގައި ހަދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ހޯދައިދޭން ކުރާ މަސައްކަތާއި ދިވެހި ޒުވާނުން އިސްލާމް ދީން ދޫކޮށް ދިއުމުގެ މައްސަލަ އަށް ހައްލު ހޯދަން އެމަނިކުފާނު ގެންދަވަނީ ހަނގުރާމަ ކުރައްވަމުންނެވެ. މިއާއެކު، ރައްޔިތުންގެ ފުރާނަ އާއި މުދަލުގެ ރައްކާތެރިކަން ޔަގީންކުރުމާއި ޓެރަރިޒަމާއި ހައްދުފަހަނާޅައި ދިއުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމުގެ ނިޒާމްތައް ފުރިހަމަކުރުމުގެ ހަނގުރާމަ ވެސް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކޮށް، ޒަމާނުއްސުރެ ވަޅުޖެހިފައިވާ ދިވެހި އިގްތިސާދު ކޮޅަށް ޖެހުމާއި ދިވެހިންގެ އަތުން ބީވުމުގެ ބިރުހީވެފައިވާ ވަޒީފާގެ ބާޒާރު ފަހިކޮށް، ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ ހަނގުރާމަ ވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މިއީ ހަމަގައިމުވެސް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މި ގައުމަށް އުފަންވީ މައްސަލަތަކެއް ނޫން. އެއާ ޚިލާފަށް މިއީ، އަޅުގަނޑުގެ ސަރުކާރަށް ވާރުތަވީ މައްސަލަތަކެއް،" ރައީސް ވިދާޅުވި އެވެ.
"މި މަސައްކަތުގައި އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުގެ މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތްކުރާއިރު، މިކަންކަން ނާކާމިޔާބު ކުރުވުމަށް ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވުމަކީ ގައުމުގެ މަސްލަހަތެއް ނޫން. ރައްޔިތުންގެ މަސްލަހަތެއް ވެސް ނޫން. އެއްވެސް ބީދައަކުން ގައުމަށްޓަކައި ކުރެވޭ މަސައްކަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިމަތިވެވަޑައިގަންނަވާ ހުރަސްތަކާ އެކު ވެސް މަސައްކަތުގައި ދެމިހުންނެވީ ގައުމާ މެދު އުއްމީދުތަކެއް ވާތީ އެވެ. މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފުއްދައިދޭން އެމަނިކުފާނު އަމާޒުތަކެއް ގެންގުޅުއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަމާޒަކީ، ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އާމްދަނީ އާއި ފުދުންތެރިކަން އިތުރުކޮށް، މުޖުތަމައުގެ ހަމަޖެހުމާއި ތަރައްގީ ހޯދައި ދެއްވުމެވެ.
"މި ކަންކަން ކުރުމަށް އަޅުގަނޑާ ހަވާލު ކުރައްވާފައި ވަނީ ތިޔަ ލޮބުވެތި ރައްޔިތުން. މި މަސައްކަތުގައި އަޅުގަނޑާއެކު ބައިވެރިވެވަޑައިގަތުމަށް ތިޔަ އެންމެ ބޭފުޅުންނަށް ދައުވަތު އަރުވަން. ދިވެހި ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނީ ތިމަންނާ ވެސް ބައިވެރިވެގެންނޭ ބުނުމުގެ އުފާ ހާސިލްކުރެއްވުމަށް އިލްތިމާސްކުރަން. މި ގައުމުގެ ތުއްތު ކުދިންގެ ލޮލުގެ ވިދުވަރުގައިވާ އުންމީދުތައް ހާސިލްކޮށްދިނުމުގެ ޝަރަފު ހޯއްދެވުމުގެ ފުރުސަތު އޮތީ ހުޅުވިފައި. ފަޚުރުވެރި ދިވެހިންގެ ގައުމީ ރޫހާއެކު މިކަމުގައި ބައިވެރިވެވަޑައިގަންނަވާ. އެއީ، މުޅި ގައުމަށް ލިބޭނެ ކުރިއެރުމެއް. ދިވެހި ދިދައިގެ ކުލަތަކަށް ލިބޭނެ އުޖާލާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް
ދުސްތޫރީ އޮނިގަނޑު އޮތީ ޑެޑްލޮކަކަށް ދާގޮތަށް
މިނިވަން ދުވަހުގެ ހަރަކާތްތައް މައުމޫން ބޮއިކޮޓްކޮށްފި
ރައީސް ޔާމީން މިރޭ ގައުމާ މުހާތަބްކުރައްވާނެ
ފަނޑިޔާރުންނަށް ނުފޫޒެއް ނުފޯރުވަން: އަލީ ޒާހިރު
28 އާއި 29 ވެސް ބަންދު؛ 16 ދުވަހުގެ ޗުއްޓީއެއް
ފަރުދީ މިނިވަންކަމާއި ބިން ހިމާޔަތްކޮށްދޭނަން: ރައީސް
ސިޔާސީ އިދިކޮޅު ބޭފުޅުން މިނިވަންކުރުން: މަހްލޫފް ވެސް ދޫކޮށްލައިފި
ވައުދުތަކުގެ ދުވަސްވަރު، ވިސްނާލުން ރަނގަޅު!
ވެރިކަން ބަދަލުކުރުމަށް ދައުލަތަށް ބޮޑު ގެއްލުމެއްދިން