Roadha Mihaaru
ސިފައިންގެ ރޫޓްމާޗް މި އަހަރު ވެސް ހުޅުމާލޭގައި

ސިފައިންގެ ޝަރަފުގެ ހިނގާލުން މި އަހަރު ވެސް ހުޅުމާލޭގައި

25 ޖުލައި 2017

މާދަމާ ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބާތުގައި އެމްއެންޑީއެފުން ބާއްވާ ޝަރަފުގެ ހިނގާލުން މި އަހަރު ވެސް ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

މާދަމާ ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބާތުގައި އެމްއެންޑީއެފުން ބާއްވާ ޝަރަފުގެ ހިނގާލުން މި އަހަރު ވެސް ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ޝަރަފުގެ ހިނގާލުން އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގަ އެވެ. މިދިޔަ އަހަރުގެ ރޫޓްމާޗް ވެސް އޮތީ ހުޅުމާލޭގަ އެވެ.

ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދާނީ ހުޅުމާލޭގެ ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދުން، އަސުރުމާ ހިނގުމުން، ނިރޮޅުމަގުން، ފިނިފެންމާ ހިނގުމުން، ފިތުރޯނުމަގު އެމްޕީއެލް ސަރަހައްދަށް ކަމަށް އެމްއެންޑިއެފުން ބުންޏެވެ.

އެހެން ފަހަރު ތަކެކޭ އެއްފަދައިން މި ފަހަރުގެ ހިނގާލުމުގައި ވެސް ލަޝްކަރު ތިން ސަރަހައްދަކަށް ހުއްޓި، އެމްއެންޑީއެފްގެ ބޭންޑުން އެކި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝަރަފުގެ ހިިނގާލުމުގައި އެމްއެންޑިއެފްގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާ ތަންތަން ރަތް ކުލައިން ފާހަގަ ކޮށްފައި.-- ފޮޓޯ/އެމްއެންޑީއެފް ވެބްސައިޓް

ޝަރަފުގެ ހިިނގާލުމުގައި އެމްއެންޑިއެފްގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާ ތަންތަން ރަތް ކުލައިން ފާހަގަ ކޮށްފައި.-- ފޮޓޯ/އެމްއެންޑީއެފް ވެބްސައިޓް

މި ހިނގާލުމުގައި ފުރަތަމަ ހުއްޓޭނީ އަސުރުމާހިނގުމާއި ބޯގަންވިލާ މަގު ގުޅޭ ކަންމައްޗަށެވެ. ދެވަނަ އަށް ހުއްޓުމަށް ހަމަޖެހިފައިވަނީ ނިރޮޅުމަގާއި އަސުރުމާ ހިނގުން ގުޅޭ ކަންމަޗަށެވެ. އެއަށް ފަަހު، އެންމެ ފަހުން ލަޝްކަރު ހުއްޓޭނީ ފިނިފެންމާހިނގުން، ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.