23 ޖުލައި 2017
ތަފާތު އެކި މައްސަލަތަަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާ ގުޅޭ ގޮތުން ހަދާފައިވާ ގަވައިދުތަކުގެ ބޭރުން ހޯދާ މައުލޫމާތު މީޑިއާ އިން އާންމު ނުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އެދިއްޖެ އެވެ.
ތަފާތު އެކި މައްސަލަތަަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާ ގުޅޭ ގޮތުން ހަދާފައިވާ ގަވައިދުތަކުގެ ބޭރުން ހޯދާ މައުލޫމާތު މީޑިއާ އިން އާންމު ނުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު އެދިއްޖެ އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ބޭފުޅުންގެ ފަރާތުން، އެކި ކަންކަމާ ގުޅޭ ގޮތުން ބަޔާންތައް އާންމު ކުރަމުންދާ މި ދަނޑިވަޅުގައި ކަރެކްޝަނަލް ސާވިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުކުމް ތަންފީޒު ކުރާ މީހުންނާ ބައްދަލު ކުރުމުގެ ކަންކަމުގައި އަމަލު ކުރުމަށް ދެ ގަވައިދެއް ގެޒެޓް ކޮށްފައިވާނެ ކަމަށެވެ. އެ ދެ ގަވައިދު ފިޔަވައި އެހެން ގަވައިދެއްގެ ދަށުން ގައިދީންނާ ބައްދަލު ނުކުރެވޭނެ ކަމަށް ވެސް ކަރެކްޝަނަލް ސާވިސްގެ ބަޔާނުގައިވެ އެވެ.
ގައިދީން ބަލަހައްޓާ އިދާރާގެ ބަޔާނުގައި ބަޔާންކުރާ ދެ ގަވައިދަކީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވައިދާއި އެ މީހުންނަށް ފޯނުކުރުމާއި ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވައިދެވެ.
"ހުކުމް ތަންފީޒު ކުރާ މީހުންގެ ފަރާތުން އިސްވެ ދެންނެވުމުން ދެ ގަވައިދުގެ ބޭރުން އެހެން ގޮތަކަށް ހޯދާ ނުވަތަ ލިބިގަންނަ މައުލޫމާތަކީ ގަވައިދުން ބޭރުން ހޯދާފައިވާ ތަކެއްޗެވެ. އަދި އެފަދަ ތަކެތި މީޑިއާ މެދުވެރިކޮށް ނުފެތުރުމަކީ މި ސާވިސްގެ އެދުމެކެވެ. ޝަރުއީ ހުކުމެއް އައިސްފައިވާ ފަރާތްތަކާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމު ކުރަން ވާނީ އެކަމާ ގުޅޭ ގޮތުން ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ،" ބަޔާނުގައިވެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ވަނީ، ހުކުމް ތަންފީޒު ކުރަންޖެހޭ މީހުންގެ ތެރެއިން އެ އިދާރާއާ ހަވާލުނުވެ ތިބި މީހުން އެކަން ކުރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.
ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ފަހަކަށް އައިސް ސިޔާސީ ބޭފުޅުންގެ ފަރާތުން އަދި ބައެއް ފަހަރު އެ ބޭފުޅުން ސޮއިކުރައްވައި ބަޔާންތައް ނެރުއްވާފައި އެބަހުއްޓެވެ. މީގެ އިތުރުން އެފަދަ ބައެއް ބޭފުޅުން ސޮއިކުރައްވައި ކޯޓުތަކަށް ވެސް ތަފާތު ކަންކަމާ ގުޅިގެން ސިޓީތައް ފޮނުވާފައިވެ އެވެ.
އަދީބަށް ނުރައްކަލެއް ވެދާނެތީ ނަޝީދު ކަންބޮޑުވެއްޖެ
ގައިދީންގެ ޝަކުވާތަކެއް ނަޝީދަށް، މައްސަލަ ކޮމިޓީ އަށް
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި
އަދީބު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި
އަދީބަށް ބޭނުންވާ ފަރުވާ ލިބޭނެ: އިމްރާން
އަދީބު އަނބުރާ ޖަލަށް ގެންގޮސްފި
އަދީބުގެ ހުކުމް ތަންފީޒުކުރާނަން: އިމްރާން