25 ޖޫން 2016
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އިނގިރޭސި ރައްޔިތުން ވޯޓު ދިނުމަކީ އެ ގައުމުގެ ކުރިމަގު ބައްޓަންކޮށް، ގައުމުގެ އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ މިންވަރު ހާމަކޮށްދިން ކަމެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އިނގިރޭސި ރައްޔިތުން ވޯޓު ދިނުމަކީ އެ ގައުމުގެ ކުރިމަގު ބައްޓަންކޮށް، ގައުމުގެ އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ މިންވަރު ހާމަކޮށްދިން ކަމެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އީޔޫ އިން ވަކިވުމަށް އިނގިރޭސި ވިލާތުން ނިންމި ނިންމުމަކީ ހަރުދަނާ ޑިމޮކްރަސީއެއްގެ މުހިންމުކަން ރައްޔިތުން ފާހަގަކުރި ނިންމުމެއް ކަމަށެވެ. އަދި އިނގިރޭސި ރައްޔިތުން ނިންމީ ތާރީހީ ނިންމުމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.
އިނގިރޭސިންގެ ނިންމުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންގެ މުސްތަގުބަލާއި ގައުމުގެ އިސްތިގުލާލު ދަމަހައްޓަން ރައްޔިތުން ބޭނުންވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ: ޚިޔާލު ހޯދުމުގެ ވޯޓުގައި ގިނަ މީހުން ބޭނުންވީ އީޔޫ އިން އިނގިރޭސިން ވަކިވުމަށް. --ފޮޓޯ:ބީބީސީ
"ހިޔާލު ހޯދުމުގެ ވޯޓުން އެނގިގެން ގޮސްފައި ވަނީ އިނގިރޭސި ވިލާތުގެ ރައްޔިތުން ވެސް ގައުމު މުސްތަގުބަލާއި އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ މިންވަރު." ދުންޔާ ވިދާޅުވި އެވެ.
ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު ގާތް ގުޅުމެއް އޮންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖޭގެ ޓޫރިޒަމްގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ. އަދި އިނގިރޭސި ވިލާތާ ގުޅިގެން ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެއްޓަށް ކުރާ ނޭދެވޭ ގެއްލުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީޔޫ އިން ވަކިވުމަށް އިނގިރޭސި ވިލާތުގެ 51.8 ޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. އެއީ 17 މިލިއަން ވޯޓެވެ. އަދި އީޔޫގައި ދެމި އޮތުމަށް ބޭނުންވާ މީހުންލީ ވޯޓުގެ ނިސްބަތަކީ 48.2 ޕަސެންޓެވެ. އެއީ 15.8 މިލިއަން ވޯޓެވެ.
މި ވޯޓުގެ ނަތީޖާއާ އެކު އިނގިރޭސި ވިލާތް ހިމެނިގެން ދާނީ 28 ގައުމު ހިމެނޭ ޔޫރަޕުގެ އިއްތިހާދުން ވަކިވާ ފުރަތަމަ ގައުމަށެވެ. އިނގިރޭސިން އީޔޫ އިން ވަކިވުމަށް ވޯޓު ދިން ނަމަވެސް މި ޕްރޮސެސް ފުރިހަމަ ކުރުމަށް މަދުވެގެން ދެ އަހަރެއްހާ ދުވަސް ނަގާނެ އެވެ.
ނަޝީދަށް ހިމާޔަތް ދިން ކަން ޔަގީންކޮށްދީފި: ދުންޔާ
ކޮމަންވެލްތުގައި ދިވެހި ދިދަ ނަގަން ޝާހިދު ލަންޑަނަށް
"އީޔޫއިން ވަކިވިޔަސް، ޔޫކޭއާ ގުޅުން ވަރުގަދަވާނެ"
ކޮމަންވެލްތާ ގުޅެން ލިއުންތައް ހުށަހަޅައިފި
އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަނީ
"ޓްރާންސިޝަން އަމާންކޮށް ދާނެކަމުގެ ޔަގީންކަން ލިބުނު"
ޔޫރަޕުން ވިސާ ހޯދުމުގައި ލުއި ގޮތެއް ހޯދަނީ
ފޮރިން މިނިސްޓަރު ދުންޔާ އިސްތިއުފާ ދެއްވައިފި
ޔޫކޭ ހަމަނުޖެހުންތަކާ ހެދި ދިވެހިން ސަމާލުވާން އެދިއްޖެ
ސަމާއޯ އެއްބަސްވުމުގައި ބައިވެރިވަނީ ރިޒަވޭޝަނާއެކު