Roadha Mihaaru
ހުވަތައި ކްރީމް ކްރޭކާސް ރާއްޖެއަށް ތައާރަފް ކޮށްފި

މެލޭޝިޔާގެ މަޝްހޫރު ހުވަތައި ބްރޭންޑްގެ ކްރީމް ކްރޭކާސް ބިސްކޯދު ރާއްޖެއަށް ތައާރަފް ކޮށްފި

24 ޖުލައި 2017

މެލޭޝިޔާގެ މަޝްހޫރު ހުވަތައި ބްރޭންޑްގެ ކްރީމް ކްރޭކާސް ބިސްކޯދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މެލޭޝިޔާގެ މަޝްހޫރު ހުވަތައި ބްރޭންޑްގެ ކްރީމް ކްރޭކާސް ބިސްކޯދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ހުވަތައި ކްރީމް ކްރޭކާސް ބިސްކޯދު ރާއްޖެ އަށް ތައާރަފްކުރީ ބްރޭންޑެޑް ގިނަ ޕްރޮޑަކްޓްތަކެއް ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ތްރީ ވޭ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން ބުނި ގޮތުގައި ގިނަ ފިހާރަތަކަކުން މި ބިސްކޯދު މިހާރު ލިބެން ހުންނާނެ އެވެ.

"ރާއްޖޭގައި އާންމުކޮށް ވިއްކާ ކްރީމް ކްރޭކާސް ބިސްކޯދު ފަދައިން ހުވަތައި ބިސްކޯދަކީ ވެސް މުރަނަ، އަދި އަވަހަށް ފޯވާ، ރަހަމީރު ބިސްކޯދެއް. ހުވަތައި ބްރޭންޑަކީ މެލޭޝިޔާގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު ބްރޭންޑެއް. ކާލަން ފަސޭހަ، ރަހަމީރު މި ކްރީމް ކްރޭކާސް ބިސްކޯދު ރާއްޖެ އަށް މުޅިން އަލަށް އަޅުގަނޑުމެން މި ތައާރަފްކުރީ،" ތްރީ ވޭގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ މި ބިސްކޯދު އާންމުކޮށް ވިއްކާ އަގު މިފަދަ އެހެން ބިސްކޯދަށް ވުރެ ހެޔޮ ވާނެ ކަމަށާއި އެންމެ ކޭހެއް ގަތް ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

ހުވަތައި ބްރޭންޑަކީ 1962 ވަނަ އަހަރުން ފެށިގެން ކްރީމް ކްރޭކާސް ބިސްކޯދުގެ އިތުރުން ވަރަށް ގިނަ ތަފާތު ބިސްކޯދު ތައްޔާރުކުރާ މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނީގެ ކްރީމް ކްރޭކާސް ބިސްކޯދުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކަށް ތްރީ ވޭ ވަނީ ހަމަޖައްސައިފަ އެވެ.

މި ބިސްކޯދު ގަންނަން ބޭނުންވާ މާލެ އާއި ރަށްރަށުގެ ފަރާތްތަކުން އޯޑާ ދެއްވުމުން މާލެއިން ނަމަ އެ ފިހާރައަކަށް، ރަށަކުން ނަމަ އެދވަޑައިގަންނަވާ ބޯޓަކަށް ހިލޭ ގެންގޮސްދޭނެ އެވެ. އޯޑާ ކުރުމަށް ގުޅުއްވާނީ 3330038 އަދި 9966555 އަށެވެ.