18 ޖުލައި 2017
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އަދި ފަހުން ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް ދީދީގެ މައްޗަށް ދައުވާކުރަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ.
އެ މައްސަލައިގެ ޝަރީއަތް މާދަމާ މެންދުރު ފަށަން ތާވަލް ކޮށްފައިވާއިރު، މާދަމާ އޮންނަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބާއްވަންޖެހޭ އިބްތިދާއީ އަޑުއެހުން ކަމަށް ބެލެވެ އެވެ. އެއީ ދައުވާ ސާފުވި ތޯ އާއި އެ ދައުވާ އަށް އިންކާރު ކުރޭތޯ ނުވަތަ އިއުތިރާފް ވޭތޯ ބެލުމަށާއި ދައުވާ ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެކެވެ.
އަސްލު ޝަރީއަތް ފަށާނީ އިބްތިދާއީ އަޑުއެހުމުގައި ދައުވާ އަށް އިންކާރުކޮށްފި ނަމަ އަދި އެ ދައުވާ ކުރިއަށް ގެންދަން ފަނޑިޔާރު ނިންމަވައިފި ނަމަ އެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާގޮތުން ޝަރީއަތުގެ އަޑުއެހުންތައް ފަށަން ޖެހޭނީ އިބްތިދާއީ އަޑުއެހުމަށް ފަހު 30 ދުވަސް ފަހުންނެވެ.
އިބްރާހިމް ދީދީގެ މައްޗަށް މިދިޔަ މަހު އެ ދައުވާ އުފުލީ ކުރިން އެ ދައުވާ އުފުލުމަށް ފަހު، އޭނާ އަށް ދައުވާ ނުކުރަން ނިންމައި، ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފައި އޮތުމަށް ފަހު އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އައިސް، މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.
ސިފައިންގެ ބެލުމުގެ ދަށުން އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް، ކ. ގިރިފުށީގައި ބަންދުކޮށްފައި 22 ދުވަސް ވަންދެން ބެހެއްޓި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުށް ސާބިތުވެ، ޖަލު ހުކުމް ވަނީ އައިސްފަ އެވެ.
ދީދީއާ ދެކޮޅަށް ކުރި ދައުވާ ބޭރުކޮށްލައިފި
އިބްރާހީމް ދީދީގެ ޝަރީއަތުގެ އަޑުއެހުން މާދަމާ
ވަކީލަކު ހޯދަން އިބްރާހިމް ދީދީ އަށް ފުރުސަތު ދީފި
ލިޔުންތައް ހަވާލުކުރަން ޑީޑީ މާދަމާ ކޯޓަށް ހާޒިރުކުރަނީ
އިބްރާހިމް ދީދީގެ މައްޗަށް އަނެއްކާވެސް ދައުވާކޮށްފި
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް
ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދުގެ މައްސަލަ ބޭރު