17 ޖުލައި 2017
ހާލުކޮޅު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހާލުކޮޅު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ނޭވާ ކުރުވެ، މެއަށް އުނދަގޫވާތީ އިއްޔެ މެންދުރު ޑޮކްޓަރަށް ދެއްކެވުމަށް ވަޑައިގަތުމުން ގާސިމް ފުރަތަމަ އެޑްމިޓްކުރީ މެޑިކާ ހޮސްޕިޓަލުގަ އެވެ. އޭރު ގާސިމްގެ ޕްރެޝަރު ހުރީ ވަރަށް މަތީގައި ކަމަށް އެނގިފައިވެ އެވެ.
އިތުރު ފަރުވާ އަށް ރޭ ސްރީ ލަންކާ އަށް ވަޑައިގަތުމަށް ނިންމަވައި އެއާޕޯޓަށް ވެސް ގާސިމް ވަޑައިގެންނެވި އެވެ. އެކަމަކު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައި އޮތް ކަން އެނގުނީ އެއާޕޯޓުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވެ އެވެ. އޭޑީކޭގެ އައިސީޔޫގައި ގާސިމަށް ފަރުވާ ދޭން ފެށީ ބޭރަށް ފުރާވަޑައިގެންނެވޭ ގޮތް ނުވުމުންނެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ ކުރިއަށް ވުރެ ގާސިމްގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.
ގާސިމްގެ ހިތުގެ މައްސަލައެއް އުޅޭތޯ ބެލުމަށްޓަކައި އީސީޖީ ނެގުމަށް ފަހު، ރޭ އިތުރު ޓެސްޓުތަކެއް ވެސް ހެދި އެވެ.
ގާސިމްގެ ނޭވާ ކުރުވެ، މެއަށް ތަދުވާން ފެށީ، އޮފީހަށް ވަޑައިގަތުމަށްޓަކައި އޯކިޑް މަގުން ބަންޑާރަ މިސްކިތާ ހިސާބުން ކާރުން ފައިބައި ވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުމެއް ވެސް އިއްޔެ ބާއްވަން ހަމަޖެއްސި އެވެ. އެކަމަކު އެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.
ގާސިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ އިރު، އަލަށް އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ ގޮތުން މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން އަމުރެއް ނެރެފި ނަމަ އެ އަމުރުގެ ކޮޕީއެއް އިމިގްރޭޝަނަށާއި އެ އަމުރު ނިސްބަތްވާ މީހާއަށް ވެސް، އެ އަމުރު ނެރުނު ދުވަހު ފޮނުވަން ޖެހޭނެ އެވެ. އަދި ޕާސްޕޯޓް ހިފަހައްޓައިފި ނަމަ، އެ މީހަކަށް ވީ އެންމެ އަވަހަކަށް އެކަން އަންގަން ވެސް ޖެހެ އެވެ.
ނަމަވެސް ގާސިމްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ރޭ ވިދާޅުވީ، ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ކުރިން އަންގާފައި ނެތް ކަމަށެވެ.
ހާލު ބޮޑުވެ ގާސިމް އަނެއްކާވެސް އެޑްމިޓްކޮށްފި
ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި
ގާސިމްގެ ފުރާނައަށް ނުރައްކާ، ބޭރަށް ފޮނުވަދީ؛ ވަކީލު
ގާސިމްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެނީ
ގާސިމްގެ ވައުދަކީ ޒަމާނީ ސިއްހީ ހިދުމަތެއް ދިނުން
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ނުކުރުމުން ކޯޓަށް
ގާސިމް މަތިންދާބޯޓަކަށް ނޭރުވި
މުއްދަތު އިތުރުކޮށް ނުދީ، ގާސިމް އަންނަން އަންގައިފި
ގާސިމްގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު