25 ޖުލައި 2017
ރާއްޖޭގައި އިސްލާމިކް ފައިނޭންސް އަންނަނީ ވަރަށް ބޮޑަށް ފުޅާވެ އާއްމުންގެ މެދުގައި މަގުބޫލްކަން އިތުރުވަމުންނެވެ. ހާއްސަކޮށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ވެސް ގިނަ ބަޔަކު އަންނަނީ އިސްލާމިކް އުސޫލުން ދޫކުރާ ފެސިލިޓީ ލިބޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުންނެވެ.
ރާއްޖޭގައި އިސްލާމިކް ފައިނޭންސް އަންނަނީ ވަރަށް ބޮޑަށް ފުޅާވެ އާއްމުންގެ މެދުގައި މަގުބޫލްކަން އިތުރުވަމުންނެވެ. ހާއްސަކޮށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ވެސް ގިނަ ބަޔަކު އަންނަނީ އިސްލާމިކް އުސޫލުން ދޫކުރާ ފެސިލިޓީ ލިބޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަމުންނެވެ.
އިސްލާމިކް އުސޫލުން ފައިސާ ހޯދައިގެން ގެދޮރު އިމާރާތްކުރަން ނުވަތަ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ން ކުރާ މަސައްކަތްތައް ވެސް ގިނަ އެވެ. އެގޮތުން އެ ކުންފުނިން ވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ފައިނޭންސްކޮށް ދިނުމަށް އެޗްޑީއެފްސީ އަމްނާގެ ނަމުގައި އިސްލާމިކް ވިންޑޯއެއް ތައާރަފްކޮށްފަ އެވެ.
އެޗްޑީއެފްސީ އަމްނާގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށާފައި ވަނީ ޑިސެމްބަރު 2012 ގަ އެވެ. އެޗްޑީއެފްސީ އަމްނާއަކީ އެ ކުންފުނީގެ އިސްލާމީ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ އިސްލާމިކް ވިންޑޯއެކެވެ. މިގޮތުން ދޭ ހުރިހާ ހިދުމަތެއް ވެސް ފޯރުކޮށްދެނީ ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިންނެވެ. އެގޮތުން އެޗްޑީއެފްސީ އިސްލާމިކް ވިންޑޯ އަކީ ވަކިން ފަންޑާއި ހިސާބުކިތާބު ބަލަހައްޓާ ބައެކެވެ. ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން ގެދޮރު އިމާރާތްކޮށް ގަންނަން ފައިސާގެ އެހީ ފޯރުކޮށްދެނީ ޝަރީޢާ ވަކި ކޮމިޓީއެއްގެ ބެލުމުގެ ދަށުން އުފައްދާ ޕްރޮޑަކްޓުތަކެއްގެ ތެރެއިންނެވެ.
އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ
އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ ނިމުނު އިރު 247 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އިސްލާމިކް ހައުސް ފައިނޭންސިންގް ފެސިލިޓީސް ދޫކޮށްފައިވާ ކަމަށެވެ. އަދި 2015 ވަނަ އަހަރާ އަޅާބަލާއިރު 2016 ވަނަ އަހަރު އެޗްޑީއެފްސީ އަމްނާގެ ފައިދާ 138 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެޗްޑީއެފްސީން ބުންޏެވެ.
އެޗްޑީއެފްސީ މުޟާރަބާ ސުކޫކް ދޫކުރުމުގެ ބޭނުމަކީ އެޗްޑީއެފްސީ އަމްނާގެ ހިދުމަތް ފުޅާކޮށް ގިނަ ފަރާތްތަކަކަށް ޝަރީއާ ހުއްދަކުރާ ގޮތުގެ މަތިން ހައުސިން ފައިނޭންސިން ފެސިލިޓީ ދޫކޮށް އެފަދަ އިންވެސްޓްމަންޓެއް ކުރުމުގައި ރާއްޖޭގެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.
އެޗްޑީއެފްސީން އާއްމުންނަށް ހުޅުވާލައިގެން ސުކޫކު ވިއްކުމުގެ އަނެއް މަގުސަދަކީ އިސްލާމްދީން ހުއްދަކުރާ ރިސްކު ކުޑަ އިންވެސްޓްމަންޓް ފުރުސަތުތަކެއް އިސްލާމީ ބޭންކާއި ތަކަފުލް އަދި އެހެނިހެން ކުންފުނިތަކާއި ޕެންޝަން އޮފިހާ ގުޅިގެން އާއްމު ފަރުދުންނަށް ދިނުމެވެ.
އެޗްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންތަކެއް ބޯޑު ބައްދަލުވުމެއްގައި. ފޮޓޯ: އެޗްޑީއެފްސީ
އެ ކުންފުނިން ވަނީ ޒިންމާދާރު އަދި ދެމެހެއްޓެނިވި މާލީ ހިދުމަތްތަކެއް ފޯރުކޮށްދޭން ފަށައިފަ އެވެ. އެޗްޑީއެފްސީގެ ސުކޫކަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސުކޫކަކަށް ވެފައި އެ ސުކޫކުގެ ސަބަބުން ތަފާތު ބާވަތްތަކުގެ އިންވެސްޓަރުންނަށް ގެދޮރު ތަރައްގީކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ އަދި ކެޕިޓަލް މާކެޓްގެ ހަރަކާތްތެރިކަން އިތުރު ކޮށްދިނުމަކީ ސުކޫކުގެ މަގުސަދެކެވެ.
އެޗްޑީއެފްސީގެ މުޟާރަބާ ސުކޫކު ޕްރޮސްޕެކްޓަސް މިމަހުގެ ހަވަނަ ދުވަހު ފައިނޭންޝަލް އެކްސްޕޯގައި ވަނީ ތައާރަފުކޮށްފަ އެވެ.
ގެދޮރު ހޯދަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދޭން އުފައްދާފައިވާ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ 150 މިލިއަން ރުފިޔާގެ ސުކުކް ވިއްކަން ނިންމާފައި ވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ގެދޮރު ގަތުމަށާއި އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސް ކޮށްދޭ އެޗްޑީއެފްސީ އަމްނާ އަށް ހޯދަން ކަމަށެވެ.
އެޗްޑީއެފްސީގެ 13 ވަނަ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުން ބައިވެރިވަނީ --ފޮޓޯ: އެޗްޑީއެފްސީ
މި ފަހަރު ތައާރަފުކުރި ޕްރޮސްޕެކްޓަސްގައި އެޗްޑީއެފްސީ އަމްނާ މެދުވެރިކޮށް ގެދޮރު ގަތުމަށާއި އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިސްލާމީ އުސޫލުން ފައިނޭންސް ފޯރުކޮށްދިނުމުގެ ގޮތުން 150 މިލިއަށް ރުފިޔާއަށްވާ 150,000 ސުކޫކު ވިއްކަން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ސުކޫކެއް ވިއްކަނީ 1،000ރ.ގެ ރޭޓުންނެވެ.
އޮގަސްޓް 6 އިން ފެށިގެން އަންނަ ސެޕްޓެމްބަރު 7އާ ހަމަޔަށް ސުކުކް ގަތުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް އެޗްޑީއެފްސީން ބުންޏެވެ.
ސުކޫކްގައި އިންވެސްޓްކޮށްގެން ލިބޭ ފައިދާގެ 65 ޕަސެންޓް ސުކޫކްގެ ވެރިފަރާތަށް ލިބޭނެ އެވެ. އަދި އިންވެސްޓްކުރި ފަރާތްތަކަށް ކޮންމެ ހަ މަހަކުން އެއް ފަހަރު ފައިދާ ބަހާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ. މިއީ މިވަގުތު ރާއްޖޭގައި އެންމެ ފައިދާ ބޮޑު އިންވެސްޓްމަންޓެވެ. އެގޮތުން ސުކޫކުގެ ފައިދާ ދިހަ އަހަރު ވަންދެން ދޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.
އެޗްޑީއެފްސީން 150 މިލިއަން ރުފިޔާގެ ސުކުކް ވިއްކަނީ
ހުޅުމާލޭގެ ގެއެއް ނީލަމުގައި ވިއްކާލަނީ
ހުޅުމާލެއިން ހިތްފަސޭހަ ދިރިއުޅުމަކަށް އަކުއާ ވީޓާ
އެޗްޑީއެފްސީ: ހައުސިން ފައިނޭންސިންގައި އެންމެ ކުރީގައި
ފަސް ޕަސެންޓުގައި ހައުސިން ލޯނު ސްކީމް އިފުތިތާހުކޮށްފި
ވިނަރެސްއަށް ފައިސާ ދައްކަން އެމްއައިބީގެ ލުއިތަކެއް
އެޗްޑީއެފްސީ: ކެޕިޓަލް މާކެޓުގައި ބޮޑު ކާމިޔާބީއެއް
ރަށުގައި ނޫޅުނަސް "ގެދޮރުވެރިޔާ ލޯނު" އަށް އެދެވޭނެ
"ގެދޮރުވެރިޔާ" ލޯނު ދިނުމަށް 170 މިލިއަން ރުފިޔާ!
ރަށްރަށުގެ މީހުންގެ ގެދޮރު ލޯނަށް ހުޅުވާލައިފި