13 ޖުލައި 2017
ސްމާޓްފޯން މާކެޓުން ތަންކޮޅެއް ނަމަވެސް ލިބޭތޯ، މައިކްރޮސޮފްޓުން ކުރި މަސައްކަތް ހުއްޓާލައިފި އެވެ. އެޕަލް އަދި ގޫގުލްއާ އެއް ސަފެއްގައި ވާދަކުރަން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހި ހުއްޓާލަން ޖެހުމުން، ދަރަޖަ ދަށް ކުންފުންޏެއް ގޮތުގައި ބެލެވުމަކީ އެކަށީގެންވާ ކަމެކެވެ.
ސްމާޓްފޯން މާކެޓުން ތަންކޮޅެއް ނަމަވެސް ލިބޭތޯ، މައިކްރޮސޮފްޓުން ކުރި މަސައްކަތް ހުއްޓާލައިފި އެވެ. އެޕަލް އަދި ގޫގުލްއާ އެއް ސަފެއްގައި ވާދަކުރަން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހި ހުއްޓާލަން ޖެހުމުން، ދަރަޖަ ދަށް ކުންފުންޏެއް ގޮތުގައި ބެލެވުމަކީ އެކަށީގެންވާ ކަމެކެވެ.
މައިކްރޮސޮފްޓަކީ ސޮފްޓްވެއާ މާކެޓްގައި ބިޔަ ކުންފުންޏެކެވެ. ހައިބަތު ބޮޑު ގަދަރުވެރި ކުންފުންޏެކެވެ. އެހެން ނަމަވެސް، ސްމާޓްފޯން މާކެޓް ވެފައި ވަނީ ދުވަހަކު ވެސް އޮޅުނުކުރެވުނު މާހައުލަކަށެވެ. ތަފާތު އެކި ނަންނަމުގައި، ވިންޑޯޒް ފޯން ހިންގޭތޯ ކުރި މަސައްކަތުން ފެއިލްވުން ނޫން ތަޖުރިބާއެއް ނުކުރެވެ އެވެ.
ވިންޑޯޒް 8.1 ފޯނުތަކަށް ސަޕޯޓް ދިނުން މައިކްރޮސޮފްޓުން ހުއްޓާލި ނަމަވެސް، ވިންޑޯޒް 10 މޮބައިލް ޑިވައިސްތަކަށް މައިކްރޮސޮފްޓުން ސަޕޯޓް ދޭނެ އެވެ.
މައިކްރޮސޮފްޓްގެ އިސް އޮފިޝަލުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ސްމާޓްފޯން މާކެޓަށް މައިކްރޮސޮފްޓުން އަދި ވަންނާނެ އެވެ. އެއީ ފަހަރުގައި މައިކްރޮސޮފްޓް ސާފަސް ފޯނާ އެކު ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ސްމާޓްފޯން މާކެޓަށް އަލުން ވަނުމަށް މައިކްރޮސޮފްޓް މިހާރު ކުރި އަށް ގެންދާ ޕްރޮޖެކްޓްގައި، ސާފަސް ފޯނުތައް އުފައްދާނެ ކަމަށް ބުނެވެ އެވެ. އެއީ މައިކްރޮސޮފްޓް ސާފަސް ޓެބްލެޓް/ލެޕްޓޮޕް އާއިލާ އަށް ނިސްބަތްކޮށެވެ.
މައިކްރޮސޮފްޓުން ވިންޑޯޒް 10 ސްމާޓްފޯން މާކެޓަށް އަލުން ވެއްދުމުގައި، ހާޑްވެއާ ކުންފުނިތަކުން މުހިންމު ރޯލެއް އަދާކުރާނެ ކަމަށް ވެސް ބުނެވެ އެވެ. އެއީ ވިންޑޯޒް ކޮމްޕިއުޓަރު/ލެޕްޓޮޕްތައް އުފައްދާ ގޮތަށެވެ.
އެންޑްރޮއިޑް ފޯނުތައް އުފައްދަނީ ވެސް އެ ގޮތަށެވެ. އެންޑްރޮއިޑް އަކީ ގޫގުލްގެ އެއްޗެއް ނަމަވެސް، ބޭނުން ކޮންމެ ބަޔަކަށް ފޯނު/ޓެބްލެޓް އުފެއްދެ އެވެ. މައިކްރޮފޮސްޓް އިން ވެސް މި މޮޑެލް ތައާފުރުކޮށްފާނެ ކަމަށް ބެލެވެ އެވެ.
ވިންޑޯޒް ފޯނު އުފެއްދުން ހުއްޓާލަނީ
ގޫގުލް އަށް ވާވޭ މުހިންމުވެއްޖެ
މައިކްރޮސޮފްޓް ސާފަސް ޑުއޯ: ދެން ލަހެއް ނުވާނެ
ވިންޑޯޒް ފޯނުގެ ނާކާމިޔާބީ އެޅުވީ ވެރިންގެ ބޮލުގައި
ވިންޑޯޒް ފޯނެއް ނޫން، ސާފަސް ފޯން
އަނެއްކާ ވެސް ވިންޑޯޒް ފޯނެއް
މައިކްރޮސޮފްޓްގެ ފަތްޖެހޭ އާ ފޯނު ޕްރީ-އޯޑަރަށް
ސްމާޓްފޯނުން ބްލޯޓްވެއާ ފޮހެލެވެންޖެހޭ: އީޔޫ
އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 10 ގައި
ގެލަކްސީ ނޯޓް 20 އަލްޓްރާ: އަޅާކިޔާނީ ކޮން ފޯނަކާ؟