ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ރޭ ވިދާޅުވެއްޖެ އެވެ.
06 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ރޭ ވިދާޅުވެއްޖެ އެވެ.
އަބްދުﷲ އަކީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި ވެރިކަން ކުރާ ޕީޕީއެމުން ސޮއި ކުރެއްވި 10 މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. އިދިކޮޅު ފަރާތްތަކުން ގުޅިގެން ހުށަހެޅި ލިސްޓްގައި އަބްދުﷲ ސޮއި ކުރެއްވީ 44 ވަނަ އަށެވެ.
މެމްބަރު އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މުޅި މަޖިލީހުގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލާކަށް ޖާގައެއް ނުދެވޭނެ އެވެ. އަދި މަސީހުގެ އިތުބާރެއް ނެތް ކަމަށް ވިދާޅުވެ އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް އަބްދުﷲ ގޮވާލެއްވި އެވެ.
Mulhi Majileehuge dhusthooree nizaam fudu fudu kollaakan jaaga eh nudheveyne.Majilis Raees ah ithubaareh neih.Maseeh isthiufaa dheyn jehey.
— Abdulla Ahmed (@AblhoMP) July 5, 2017
މެމްބަރު އަބްދުﷲ ކުރެއްވި ޓުވީޓު.
މަސީހުގެ އިތުބާރު ނެތް ކަމަށް އަބްދުﷲ މި ވިދާޅުވީ، މަސީހު ވަކި ކުރަން ހުށަހެޅި މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ސޮއި ސައްހަ ނޫން ކަަމަށް އެ ޕާޓީން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅީ 45 މެމްބަރުންގެ ސޮޔާއެކުގަ އެވެ.
އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) ވަނީ އޭނާގެ ނަމުގައި އޮތީ ވަގު ސޮޔެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ މައްސަލަ ބެލުމަށް އޭނާ ފުލުސް އޮފީހަކަށް ހުށައެއްނާޅުއްވަ އެވެ. އެ މައްސަލަ ބަލައި ދިނުމަށް އޭނާ ހުށަހެޅުއްވީ ހަމައެކަނި މަޖިލީހަށެވެ.
ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ މަސީހު މަގާމުން ވަކިކުރަން ފެނިވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި ލިސްޓުގައި ސޮއިކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ލިސްޓްގައި ސޮއިކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. ސޮއިކުރެއްވި އެހެން މެމްބަރުން މީޑިއާގައި އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސޮއި ނުކުރައްވާ މެމްބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ އެވެ. އެކަމަކު ޕީޕީއެމުން ބުނީ އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
މަޖިލީހަކީ އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ: ޝާހިދު
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
މަޖިލިހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފުތާ!
ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުފެށިފައި
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި