ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން، ޖަލްސާ ނުފެށި ބައިގަޑިއިރަށް ވުރެ ގިނަ އިރުވުމާ ގުޅިގެން ޖަލްސާ ފެށުން 11:30 އަށް ފަސްކޮށްފި އެވެ.
09 ޖުލައި 2018
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން، ޖަލްސާ ނުފެށި ބައިގަޑިއިރަށް ވުރެ ގިނަ އިރުވުމާ ގުޅިގެން ޖަލްސާ ފެށުން 11:30 އަށް ފަސްކޮށްފި އެވެ.
ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް ޕަސެންޓެވެ. މިހާރުގެ މަޖިލިހުގައި 85 މެމްބަރުން ތިއްބަވާ އިރު ގާނޫނުއަސާސީގައި އެ ބުނާ އަދަދަކީ 21 މެމްބަރުންނެވެ. ޖަލްސާ ނުފެށި ލަސްވީ އެ އަދަދަށް މެމްބަރުން ތަޅުމުގައި ނެތުމުންނެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަނީ ބައިގަޑިއެއްހާއިރު، ވަންދެން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި، މަޖިލިސް ފެށޭތޯ މަސައްކަތް ކުރައްވައިފަ އެވެ. މަޖިލީހަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ ވެރިކަންކުރާ ޕީޕީއެމް/އެމްޑީއޭގެ ބައެއް މެންބަރުންނެވެ. މަޖިލީހުގެ ރައީސްކަމުން މަސީހު ވަކިކުރުމަށް ހުށަހެޅި މައްސަލަތައް ހުއްޓުވައި ބޭރުކޮށްލި ފަހުން އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިއެއް ނުވެ އެވެ.
ކޯރަމް ހަމަނުވުމާ ގުޅިގެން، މަޖިލީހުގެ ރައީސް ވަނީ ޖަލްސާ ފެށުން ފަސްކުރައްވައި، ތަޅުމުން ނިކުމެވަޑައިގެންފަ އެވެ.
މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ އިބްތިދާއީ ބަހުސް އެކަންޏެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަމީން އާންމު ކަމަށް ބޭފުޅުން އައްޔަންކުރާނީ އެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅައި، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ގަވާއިދު އޮންނަ ގޮތުން އެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރައީސަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅަން ޖެހެ އެވެ.
މަޖިލީހުގެ އަމީން އާންމުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުހައްމަދު މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމުގެ މަސްއޫލިއްޔަތު މިހާރު ވަގުތީ ގޮތުން އަދާ ކުރައްވަނީ އަމީން އާންމުގެ ނައިބެވެ.
މިދިއަ އަހަރުގެ ޖުލައި މަހުން ފެށިގެން އިދިކޮޅު މެމްބަރުން އެއްވެސް ޖަލްސާއަކަށް ވަޑައެއް ނުގަންނަވަ އެވެ. އެ ބޭފުޅުން ވިދާޅުވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލިހުގެ އަގުލަބިއްޔަތުން ހުށަހައަޅާފައި އޮއްވާ އެއަށް ވޯޓަށް ނާއްސަވާ، ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
މަޖިލިހުގައި ޖޭޕީން އެމްޑީޕީއާ އަރާ ހަމަކޮށްފި!
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
މަސީހު ވަކި ކުރަން ސޮއި ހޯދަން ފަށައިފި
މަޖިލިހުގެ ޖަލްސާއެއް ނުބާއްވާތާ ދެ ހަފުތާ!
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގާނޫނުއަސާސީ ބުނާ އަދަދު ނެތަސް ވޯޓު ނަގަން ނިންމައިފި
މެމްބަރުން ޖަލްސާތަކުގައި ބައިވެރިވާން އާދޭސް ކުރަނީ!