02 ޖުލައި 2017
ސަރުކާރުން ރައްޔިތުންގެ ތާއީދު ހޯދަން އުޅޭ ކަމާ މެދު ޝައްކު ކުރައްވާ ކަމަށް ޕީޕީއެމްގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ސްވިފްޓް އިންޖީނިއަރިންގެ އެއް ހިއްސާދާރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ރައްޔިތުންގެ ތާއީދު ހޯދަން އުޅޭ ކަމާ މެދު ޝައްކު ކުރައްވާ ކަމަށް ޕީޕީއެމްގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ސްވިފްޓް އިންޖީނިއަރިންގެ އެއް ހިއްސާދާރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ސައުދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ތިނަދޫ އިންޖީނުގޭގައި ސީނިއާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޔާމީން މުހައްމަދު ހއ. ތުރާކުނު އިންޖީނުގެ އަށް ބަދަލުކުރި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި ޔާމީނަކީ ތިނަދޫގައި ހުރި ސަރުކާރަށް ތާއީދު ކުރާ އެންމެ ބޮޑު ސަޕޯޓަރެވެ. ޔާމީން ތުރާކުނަށް ބަދަލު ކުރުމަކީ އޭނާ އަށް ދެވޭ އަނިޔާއެއް ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.
Thinadhoogai huri misarukaaruge enmevarugadha supporter ah dhey aniyaa mihuree! Sarukaarun rayyithunge support beynunvaa kamaamedhu shakku. pic.twitter.com/JBoMh2IUxP
— Saudulla (@saudullahilmy) July 2, 2017
ސައުދުﷲ މިއަދު ކުރެއްވި ޓުވީޓު.
"މިއީ ދައުލަތުގެ (ރައްޔިތުންގެ) ކުންފުންޏެއްތަ؟ ނޫނީ ޕްރައިވެޓް ކުންފުންޏެއްތަ؟ އަމިއްލަ ކުންފުނީގައި ވެސް މިފަދަ އަނިޔާވެރިކޮށް ކަންކަން ނުކުރާނެ؟" ޔާމީން .ތުރާކުނު އިންޖީނުގެ އަށް ބަދަލު ކުރުމަށް ނިންމައި އަންގާފައިވާ ޗިޓާއެކު ކުރެއްވި ޓްވީޓްތަކެއްގައި ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ގެ ޓުވީޓުތަކާ ގުޅިގެން "މިހާރު" އަށް އޭނާ ވިދާޅުވި ގޮތުގައި ޔާމީން ތުރާކުނު އިންޖީނުގެ އަށް ބަދަލު ކުރީ ޕީޕީއެމްގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާ ޖެހުނު މައްސަލައެއްގަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ސައުދުﷲ ވިދާޅެއް ނުވެ އެވެ.
"އަބްދުﷲ ޕްރެޝަރު ކޮށްގެން ބަދަލު ކުރީ ތުރާކުނަށް. މިއީ ޔާމީން އެ ރަށު ވަޒީފާ އަށް ބަދަލު ކުރި ދެ ވަނަ ފަހަރު، އެއީ ރަނގަޅު ނިންމުމެއް ނޫން،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ނިންމުމާ ގުޅިގެން އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ. ނަމަވެސް އެބޭފުޅުންގެ ފަރާތުން ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ރައްޔިތުންގެ ތާއީދު ހޯދަން އުޅޭ ސަރުކާރަކުން މިފަދަ ނިންމުމެއް ނުނިންމާނެ، މި ސަރުކާރުން ރައްޔިތުންގެ ތާއީދު ހޯދަން އުޅޭ ކަމާމެދު ޝައްކު،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ސަރުކާރަށް ފާޑު ވިދާޅުވާން މި ފެއްޓެވީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް ވަރަށް އަވަހަށް ގެންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.
މީގެ ކުރިން ސައުދުﷲ މައުމޫން ފަޅި އަށް އަރާވަޑައިގެންނެވި މައްސަލާގައި އޭނާގެ ވިޔަފާރި އަށް ދަތިތަކެއް ކުރިމަތިކުރި އެވެ. ސައުދުﷲ ގެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ވެސް ހުއްޓުވި އެވެ. މިގޮތަށް ބިރުދައްކަން ފެށުމުން، ސައުދުﷲ ވަނީ އަލުން ރައީސް ޔާމީން ފަޅިއަށް އަރާވަޑައިގެންފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ހުންނަވަނީ ޕީޕީއެމާ ވަރަށް ބޮޑަށް އެކަހެރިކޮށްފަ އެވެ.
ކަރަންޓު އަގު ހެޔޮކުރަން މަޖިލިހަށް ގަރާރެއް
"ޖަރީމާތަކަށް" ރައީސްގެ އިއުތިރާފް ތަހުގީގުކުރަން ޖެހޭ
ބިރުދެއްކިއަސް ތިނަދޫ ފަހަތަށް ނުޖެހޭނެ: ރިޔާޒް
މިހުރީ ގާނޫނީ އިމުގެ ތެރޭގައި: ސައުދުﷲ
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!
މެމްބަރު ސައުދުﷲގެ ޕްރޮޖެކްޓްތަކަށް ލޮޅުން އަރަނީ!
ތިނަދޫ އާ އިންޖީނުގެ ހެދުން ލަންކާ ބަޔަކާ ހަވާލުކޮށްފި
އިންޖީނުގެއަކަށް 45މިލިއަން، ފެންނަން ހުރީ 4 ފާރު!
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
މުސާރަ ނުދޭނަމަ ޖޫރިމަނާކުރާ އަދަދު ސައުދުﷲ އަށް ބޮޑު