27 ޖޫން 2017
ޖެހިޖެހިގެން ތިން މެޗުން ބަލިވެ ޓީމު އުނދަގޫ ހާލަތަކަށް ވެއްޓުމުގެ ކުރިން މަގާމު ދިފާއުކުރުން މުހިއްމު ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
ޖެހިޖެހިގެން ތިން މެޗުން ބަލިވެ ޓީމު އުނދަގޫ ހާލަތަކަށް ވެއްޓުމުގެ ކުރިން މަގާމު ދިފާއުކުރުން މުހިއްމު ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.
މި ފަހަރުގެ ސީޒަން ވަރުގަދަކޮށް ފެށި މާޒިޔާ އިން އެސްޓީއޯ މާލޭ ލިގުގެ ފުރަތަމަ ބުރު ނިންމާލީ މެޗަކުން ބަލިނުވެ އެވެ. އެހެން ނަމަވެސް އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗަށް ބަލާއިރު މާލޭ ލީގުގައިވަނީ ވިކްޓަރީ އާއި އީގަލްސް އަތުން ބަލިވެފަ އެވެ. އަދި އޭއެފްސީ ކަޕްގެ ދެ ވަނަ ބުުރުން ކެޓީ ރަށުން ބޭރުގައި ބެންގަލޫރު އަތުން ހަނި ތަފާތަކުން ބަލިވެގެންނެވެ.
ވިކްޓަރީ އަތުން މިދިޔަ މަހު 22 ގައި މާޒިޔާ ބަލިވީ 1-0 އިންނެވެ. އޭއެފްސީ ކަޕްގައި ބެންގަލޫރު އަތުން ބަލިވީ ވެސް 1-0 އިންނެވެ. އެހެން ނަމަވެސް އެންމެ ފަހުން މާލޭ ލީގުގައި މިިދިޔަ ހުކުރު ދުވަހުގެރޭ ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން އީގަލްސް އަތުން ބަލިވެފަ އެވެ.
"އަސްލު މިއީ ބަލިވުމުގެ ސިލްސިލާއެކޭ ބުނުމަށް ވުރެ ތިން މެޗު ކުޅުނު ހާލަތު ތަފާތު. އެއީ ވިކްޓަރީ އަތުން ބަލިވީ ގާތްގާތުގައި މެޗުތަކެއް ކުޅެމުން އައިސް އެ ވަރުބަލިކަމުގައި. ދެން ބެންގަލޫރާ ދެކޮޅަށް ކުޅުނުއިރު ވެސް އެނގޭ އެ ޓީމު އަމިއްލަ ދަނޑުގައި ވަރުގަދަކަން. ދެން އެންމެ ފަހުން އީގަލްސް އަތުން ބަލިމިވީ ދިގު ބްރޭކަކަށް ފަހު ގައުމީ ޓީމާ އެކު ކޭމްޕެއްގައި އުޅެ މެޗެއް ވެސް ކުޅެފައި،" އެންމެ ފަހުން ތިން މެޗާ ގުޅޭގޮތުން އަސަދުﷲ "މިހާރަ"ށް ބުންޏެވެ.
ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. މާޒިޔާ އަށް ނުވަ މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، ނިއު އަށް 21 ޕޮއިންޓް ލިބިފައިވަނީ 10 މެޗުންނެވެ.
މާޒިޔާ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާރޭ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. ޔުނައިޓެޑް ވިކްޓަރީ މި މެޗުން ބަލިވެއްޖެނަމަ ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް އޮތް މެތަމެޓިކަލް ފުރުސަތު ވެސް އެ ޓީމަށް ގެއްލޭނެ އެވެ.
އަސަދުﷲ ބުނީ ޔުނައިޓެޑް ވިކްޓަރީ އެކޭ އެއްގޮތަށް މި މެޗުގެ މުހިއްމުކަން މާޒިޔާ އަށް ވެސް ބޮޑު ކަމަށެވެ.
"ހަގީގަތުގައި ޔުނައިޓެޑް ވިކްޓަރީ އެކޭ އެއްގޮތަށް މި މެޗުގެ މުހިއްމުކަން މާޒިޔާ އަށް ވެސް ބޮޑު. އެއީ ހަ ޕޮއިންޓުގެ ލީޑެއް ހަނިވަމުން އައިސް މިހާރު މިއޮތީ އަމިއްލަ އަތުގައި އޮތް އެއްޗެއް ގެއްލޭ ހިސާބުގައި. އެ ހުރިހާ ކަމަކަށް ވިސްނާފައި މި މެޗުން މޮޅުވެ މަގާމު ދިފާއުކުރަން ނުކުންނާނީ،" ސީޒަނުގައި މިހާތަނަށް 11 ލަނޑު ޖަހާފައިވާ އަސަދުﷲ ބުންޏެވެ.
އޭނާ ބުނީ މެޗުތަކުން ބަލިވާނަމަ ކޮންމެ ޓީމަކަށް ވެސް ޕްރެޝަރު ބޮޑުވާނެ ކަމަށާއި އެހެން ނަމަވެސް ގަދަ ހަތަރަކުން އެ ޓީމަށް ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މާލޭ ލީގުން ޕްރިމިއާ ލީގަށް ދާނީ ގަދަ ހަތަރު ޓީމެވެ. ފުލަށްދާ ހަތަރު ޓީމެއް ޖެހޭނީ އަންނަ އަހަރުގެ މާލޭ ލީގުން ޖާގަ ހޯދަން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޒެފްރޯލާއި ރަނަރަޕް ކުޑަހެންވޭރު ޔުނައިޓެޑާ އެކު މާލެ ލީގު ކޮލިފައިންގައި ކުޅޭށެވެ.
ފޯމަށް އެޅެން އަސަދުﷲ އަށް ބޭނުންވަނީ އެންމެ ލަނޑެއް
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް
މާޒިޔާ ބަލިކޮށް ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގާ ގާތަށް
ގްރީން އިން ކުޅޭ ގޭމް މާޒިޔާ އަށް އެނގޭ: ސެކުލޮސްކީ
މައްސަލަތަކަށް ހައްލެއް ހޯދާނަން: ސެކުލޮސްކީ
ފުލުގައި އޮތް ވެލެންސިއާ އިން މާޒިޔާ ހިފަހައްޓައިފި
މިހާރު އަމާޒަކީ މާލޭ ލީގު ކާމިޔާބު ކުރުން: ސެކުލޮސްކީ
މާޒިޔާ އިން ރުމޭނިއާ ޑިފެންޑަރު ކޯޑޯސް ދޫކޮށްލައިފި