22 ޖޫން 2016
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިންއިން ފެނުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ޕްރޮފައިލްގެ މައުލޫމާތު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިންއިން ފެނުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ޕްރޮފައިލްގެ މައުލޫމާތު ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވި ގޮތުގައި އަދީބުގެ ޑީއެންއޭގެ ރިޕޯޓުގެ މައުލޫމާތު ޕީޖީ އޮފީހަށް ފޮނުވުމުން ދެން އެއާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ އެ އޮފީހުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ގ. އެނިފްގޭގައި ނާޒިމް ދިރިއުޅޭ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު، އެ މައްސަލަ މިހާރު ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ. ނާޒިމްގެ ފަރާތުން އަބަދުވެސް ބުނަމުން ދިޔައީ އެއީ ބަޔަކު އެތަނުގައި ބޭއްވި ފިސްތޯލައެއް ކަމަށާއި އެކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ އަދީބަށް ކަމަށެވެ. ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ނާޒިމްގެ ވަކީލުން ރޭ ބުނެފައި ވަނިކޮށް، ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނަވާޒު ވިދާޅުވީ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު އެ ފިސްތޯލައާ އަދީބާ ގުޅުން އޮތް ކަމަށް މިވަގުތު ބުނެވެން ނެތް ކަމަށެވެ. ނަވާޒް ވިދާޅުވީ ތަހުގީގު ދަނީ އަދިވެސް ކުރިއަށް ކަމަށެވެ. "ހަމައެކަނި ޑީއެންއޭ ޕްރޮފައިލެއް ފެނުމުން ކޮންކްލޫސިވްކޮށް ނުބުނެވޭ އެ އެއްޗެއް ނިސްބަތްވަނީ އެ މީހަކަށޭ. އަދިވެސް ނަތީޖާ ނުލިބޭ ޕްރޮފައިލް ހުރި ވާހަކަ ދަންނަވާލަން. އެއީ ސީދާ މިވެނި މީހަކާ ގުޅުނީއޭ މި ހިސާބުން ނިމުނީއޭ އެގޮތަށް ނުނަންގަވާތި. އަދި ކުރިއަށް ހުރި ތަހުގީގުތަކުގައި އިތުރު މައުލޫމާތު ލިބޭނެ ކަމަށް ގަބޫލުކުރަނީ،" ނަވާޒު ވިދާޅުވި އެވެ.
އަދީބުގެ ސިޓީއާ ގުޅިގެން އާ ކަމެއް ފެނިދާނެތަ؟
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ
ނާޒިމް ވަގުތުން ދޫކޮށްލަންޖެހޭ: އަދާލަތު ޕާޓީ
އަދީބާ ހަމައިން ފިސްތޯލައިގެ މައްސަލަ އޮބުނީތަ؟
ހަތިޔާރުން އަދީބުގެ ޑީއެންއޭ ޕްރޮފައިލް ފެނުނު: ޕޮލިސް
އަދީބަށް ނުފިލޭނެ ކަން ކަށަވަރުކުރިން: ޕީޖީ
އަދީބު ފުރުން މަނާކޮށްފި
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް