Roadha Mihaaru
އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

17 ސެޕްޓެމްބަރ 2019

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގެއްގައި ރާއްޖެ އިން ފިއްލަވަން އުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށަން ތާވަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގެއްގައި ރާއްޖެ އިން ފިއްލަވަން އުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށަން ތާވަލްކޮށްފި އެވެ.

އަދީބާ ދެކޮޅަށް އިއްވި ދައުވާއާ ގުޅިގެން ހެނދުނު 11:30 ގައި އޮތީ އިބްތިދާއީ އަޑުއެހުމެކެވެ. އަދީބުގެ މައްޗަށް އުފުލީ، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމުގެ ތުހުމަތު ކުރާ އަދީބު މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅު ކަނޑުމަގުން ފިއްލެވީ "ވާގޯ 9" ނަމަކަށް ކިޔާ، ސިންގަޕޫރުގެ ޓަގެއްގަ އެވެ. އެ ބޯޓުގައި އަދީބު ރާއްޖޭން ބޭރަށް ދަތުރު ކުރައްވަނިކޮށް ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބޭރުންނެވެ. އަދީބާ އެކު އެ ބޯޓުގައި ބިދޭސީންތަކެއް ވެސް ތިއްބެވެ.

މި ޓަގުގައި އަދީބު ފިއްލެވި މައްސަލައިގައި ހައްޔަރުކުރުމަށް ފަހު، ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގައި އޮތް އަދީބުގެ މައްސަލަ ނިމެންދެން ޖަލުގައި އަދީބު ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދީބު ޓަގުގައި ފިއްލެވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިއްވި ހުރިހާ ހުކުމްތަކަކުން މިނިވަންވެފައި ވަނިކޮށެވެ.

ފިއްލެވި މައްސަލައިގައި ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަދީބު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ފިއްލެވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ކިޔައިދެއްވާ ވާހަކަތާ ގުޅުން ހުރި ނުފޫޒު ގަދަ ބައެއްގެ ބިރުދެއްކުންތަކާއި އިންޒާރުތަކާ ހެދި އެވެ. އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަކުރި ގޮތާއި އެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތަފްސީލް އަދީބު ގެންދަވަނީ ތަހުގީގަށް ކިޔައި ދެއްވަމުންނެވެ.

އަދީބު މިވަގުތު ހުރީ މޮނީޓާ ކުރެވޭ ގޮތަށް ޓެގް އެޅުވުމަށް ފަހު ގޭބަންދުގަ އެވެ.