18 މެއި 2016
މި ފަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ބަލިވި ހިސާބުން ޓީސީ ސްޕޯޓްސް ކުޅުންތެރިން އަމާޒު ހިފާފައިވަނީ މިދިޔަ އަހަރު އެ ޓީމުން ދެއްކި ކުޅުމާއި ނެރުނު ހިތްވަރު އަލުން ނެރުމަށް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނެފި އެވެ.
މި ފަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ބަލިވި ހިސާބުން ޓީސީ ސްޕޯޓްސް ކުޅުންތެރިން އަމާޒު ހިފާފައިވަނީ މިދިޔަ އަހަރު އެ ޓީމުން ދެއްކި ކުޅުމާއި ނެރުނު ހިތްވަރު އަލުން ނެރުމަށް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނެފި އެވެ.
ލީގުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން އީގަލްސް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. ނަމަވެސް ދެ ވަނަ މެޗުން އެ ޓީމު ވަނީ 4-1 އިން ވިކްޓަރީގެ މައްޗަށް ކުރިހޯދައިފަ އެވެ. ލީގުގައި މިއަދު ހަވީރު އެ ޓީމު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
"ޓީސީ ވެސް މިދިޔަ އަހަރު ލީގުގައި އަލަށްވާދަކުރިއިރު ވަރަށް ފަސޭހަވި ޕްރެޝަރެއް ނެތި ކުޅެން. ޔުނައިޓެޑް ވިކްޓަރީ އަށް ވެސް ފުރަތަމަ މެޗުތަކުގައި އެ ފަސޭހަ އޮންނާނެ،" ނިޒާމް ބުންޏެވެ.
ނިޒާމް ބުނީ ޔުނައިޓެޑް ވިކްޓަރީ އަކީ ލީގަށް އާ ޓީމެއް ނަމަވެސް ލީގުގައި މިހާތަނަށް އެ ޓީމު ދައްކަމުން އައި ކުޅުމަށް ބަލާއިރު މި މެޗު ފަސޭހަނުވާނެ ކަމަށެވެ.
"ޔުނައިޓެޑް ވިކްޓަރީ ކުޅޭނީ ޕްރެޝަރެއް ނެތި. އެއީ އެ ޓީމަށް ގެއްލޭނެ އެއްޗެއް އަދި ނެތް. އެހެންވުމުން ކުޅެން ވެސް ފަސޭހަވާނެ. ޓީސީން ދެކޭނީ ޔުނައިޓެޑް ވިކްޓަރީ އަކީ ވެސް ޕްރިމިއާ ޑިވިޝަން ޓީމެއްގެ ގޮތުގައި. އާ ޓީމެއް ކަމަށް ދެކިގެން ފަސޭހަކޮށްލަން ބޭނުމެއް ނޫން،" ނިޒާމް ބުންޏެވެ.
ވިކްޓަރީގެ އިފާޒު (ކ) ކައިރިން ބޯޅަ ހިފައިގެންދާން ޓީސީގެ ނާއިޒު މަސައްކަތްކުރަނީ.-- މިހާރު ފޮޓޯ: ނިޝާން އަލީ
ލީގުގައި އެންމެ ފަހުން ޓީސީ އާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމް ބުނީ އެ މެޗުގައި އަލީ ފާސިރު (ސެންޓޭ)ގެ މޮޅު ކުޅުން ފެންނާނެ ކަމަށެވެ. ސެންޓޭ ވަނީ ވިކްޓަރީ ކޮޅަށް ހެޓްރިކެއް ހަދައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނިޒާމް ބުނީ މިދިޔަ ސީޒަނުގައި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނާއިޒު ހަސަން (ދާދު) މި މެޗުގައި ވިދާލާނެ ކަމަށެވެ.
"އަޅުގަނޑުމެން ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ދާދުގެ ލަނޑެއް ނުފެނި އަދި މިދަނީ އިރާދަކުރެއްވިއްޔާ ޔުނައިޓެޑް ވިކްޓަރީ މެޗަކީ ދާދުގެ ލަނޑެއް ފެންނާނެ މެޗަކަށްވާނެ. ދާދުގެ މޮޅު ކުޅުން އަލުން ގެންނަން މިހާރު އޭނާ ބޭނުންވަނީ ލަނޑެއް،" ނިޒާމް ބުންޏެވެ.
ލީގުގެ ހަތަރު ވަނައިގައި އޮތް ޓީސީ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ދެ މެޗުން ލިިބިފައިވަނީ ތިން ޕޮއިންޓެެވެ. މިއަދު ހަވީރުގެ މެޗުން މޮޅުވާ ޓީމަކަށް ލީގުގެ ދެ ވަނަ ލިބޭނެ އެވެ.
ސެންޓޭގެ ދެ ގޯލުން ޓީސީ ދެ ވަނަ އަށް
ޓީސީ ބަލިކޮށް ވެލެންސިއާ ތިން ވަނަ އަށް އަރައިފި
ސެންޓޭގެ ހެޓްރިކުން ޓީސީ ތިން ވަނަ އަށް
އުނދަގޫ ފައްތަރެއްގައި އޮތް ނިއު އަށް ޕޮއިންޓެއް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ