Roadha Mihaaru
ބަދުއަހުލާގީ އަމަލު ހިންގަން ތިބި ބަޔަކު ހައްޔަރުކޮށްފި

މަސްތުވެ ބަދުއަހުލާގީ އަމަލު ހިންގި ހަ މީހަކު އިިހަވަންދޫން ހައްޔަރު ކޮށްފި

22 ޖޫން 2017

ހއ އިހަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށްގެން ބަދުއަހްލާގީ އަމަލު ހިންގަން ތިބި ކަމުގެ ތުހުމަތުގައި ހަ މީހަކު ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ހއ އިހަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށްގެން ބަދުއަހްލާގީ އަމަލު ހިންގަން ތިބި ކަމުގެ ތުހުމަތުގައި ހަ މީހަކު ރޭގެ ވަގުތެއްގައި ފުލުހުން ހައްޔަރުކޮށްފި އެވެ.

އިހަވަންދޫ ކައުންސިލުން ބުނި ގޮތުގައި ހައްޔަރު ކޮށްފައިވާ ހަ މީހުންނަކީ ވެސް އުމުރުންް 18 އަހަރުން މަތީގެ މީހުންނެވެ. އަދި މީގެ ތެރޭގައި ދެޖިންސުގެ މީހުން ވެސް ހިމެނެ އެވެ.

ހައްޔަރުކޮށްފައިވާ ހަ މީހުންނަކީ ވެސް އިހަވަންދޫ މީހުން ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަ މީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމައްސަލާ އިތުރަށް ތަހުގީގު ކުރަމުން ދާތީ ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.