Roadha Mihaaru
އިހަވަންދޫ މަރާ ގުޅޭ ބިދޭސީންގެ ބަންދު އިތުރުކޮށްފި

އިއްސެގެ މަރުގެ ތުހުމަތުކުރެވޭ ބިދޭސީންގެ ބަންދަށް 15 ދުވަސް

22 ޖޫން 2017

ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ މެކޭނިކް އިސްމާއިލް އުމަރު (އިއްސެ) އަށް ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް، ކޯޓުން މިއަދު 15 ދުވަސް އިތުރު ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ މެކޭނިކް އިސްމާއިލް އުމަރު (އިއްސެ) އަށް ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް، ކޯޓުން މިއަދު 15 ދުވަސް އިތުރު ކޮށްފި އެވެ.

ފުލުސް އޮފީހުން ބުނީ އިއްސެގެ މަރާގުޅިގެން ފަސް ބިދޭސީއަކު ހައްޔަރު ކޮށްފައިވާ އިރު އެ އެންމެންގެ ބަންދަށް ވެސް 15 ދުވަސް އިތުރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މީހުން މާލެ ގެނައިކަމެއް އަދި މިހާރު ތިބި ތަނެއް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކުރި ބިދޭސީންގެ ތެރެއިން ޝުމާން މިއާ ކިޔާ މީހަކު ވަނީ އިއްސެެ މަރާލި ކަމަށް އެއްބަސްވެފަ އެވެ. އަދި ހަމަލާ ދޭން އޭނާ ބޭނުން ކުރި ވަޅި އާއި ހަމަލާ ދިން އިރު ލައިގެން ހުރި އަންނައުނު ވެސް ފުލުހުން ވަނީ ހޯދާފަ އެވެ.

އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ވެސް ހައްޔަރު ކުރީ އޭނާ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ޝުމޮން މިއާގެ އަތެއްވާ ކަމަށް ރައްޔިތުން ޝައްކުކުރީ، އިއްސެ މަރާލާފައި އޮއްވާ ފެނުނުތާ ތިން ދުވަސް ކުރިން އޭނާ ރަށުން ފިލުމުންނެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން ނިންމައިގެން ތިބީ އޭނާ ފިލައިގެން ދިއްދު އަށް ދިޔައީ ކަމަށެވެ.

އެކަމަކުު އިއްސެ މަރާލި ރޭ ޝުމޮން ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކު ކުރެވުނީ އެވެ. އިހަވަންދޫން ވާހަކަ ދެއްކި މީހުން ބުނެފައިވާ ގޮތުގައި ޝުމޮންއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އިއްސެ ވަނީ ބުނެފަ އެވެ. އޭނާ ފިލީ ބޮޑު މުސާރައެއް ހޯދަން އެހެން ތަނަކަށް ދާން ވެގެން ކަމަށް އިއްސެ ގަބޫލުކުރި ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.