Roadha Mihaaru
އެމްޕީއެލްއިން 100 މިލިއަން ރުފިޔާ ސަރުކާރަށް!

އެމްޕީއެލްގެ އަހަރީ ފައިދާ އިން 100 މިލިއަން ރުފިޔާ ސަރުކާރަށް

18 ޖޫން 2017

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާގެ ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ސަރުކާރަށް ދެއްކުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާގެ ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ސަރުކާރަށް ދެއްކުމަށް އެ ކުންފުނިން ނިންމައިފި އެވެ.

ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ހިންގާ ކުންފުނިން މިދިޔަ ބުދަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ނިންމީ ފައިދާ އިން 100 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ސަރުކާރަށް ދެއްކުމަށް ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ.

އެމްޕީއެލްއިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޗެއާމަން އަލީ ރިފާއު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޕީއެލް

އެމްޕީއެލްއިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޗެއާމަން އަލީ ރިފާއު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެމްޕީއެލް

މީޑިއާތަކަށް ބަންދުކޮށްގެން ބޭއްވި އެ ޖަލްސާގެ ރިއާސަތު ބެލެހެއްޓެވީ ޗެއާމަން އަލީ ރިފާއު އެވެ. އަދި އެ ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމާއި ބޯޑު މެމްބަރުންނާއި ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރުގެ އިތުރުން ކުންފުނީގެ ވަރަށް ގިނަ އިސް ވެރިން ވެސް ބައިވެރިވެވަަޑައިގެންނެވި އެވެ.

އެޕްޕީއެލްގެ ސީއީއޯ ހަލީމް މިއަދު ވިދާޅުވީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާގެ 60 ޕަސެންޓް ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ދައްކަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ފައިދާގެ ތަފުސީލެއް އޭނާ ހާމައެއް ނުކުރެއްވި އެވެ. އަދި އެ ކުންފުނީގެ އޮޑިޓް ރިޕޯޓް އޮޑިޓާ ޖެނެރަލްގެ އޮފީހުން އާއްމުނުކުރާތީ މިދިޔަ އަހަރުގެ މާލީ ތަފުސީލްތަކެއް ނޭނގެ އެވެ.

އެމްޕީއެލްއިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ ހަލީމް (މ) އަދި ބޯޑު މެމްބަރުންތަކެއް. ފޮޓޯ: އެމްޕީއެލް

އެމްޕީއެލްއިން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ ހަލީމް (މ) އަދި ބޯޑު މެމްބަރުންތަކެއް. ފޮޓޯ: އެމްޕީއެލް

ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ފަހު ފައިދާވާ ކުންފުނިތަކުން އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ހިއްސާގެ ފައިދާގެ ގޮތުގައި ސަރުކާރަށް ދައްކާނެ މިންވަރު ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ބައެއް ކުންފުނިތަކުން އޭޖީއެމް ބޭއްވުމަށް ފަހު ހިއްސާގެ ފައިދާގެ ގޮތުގައި ދޭނެ މިންވަރު ކަނޑައަޅާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"ފައިދާވާ ކުންފުނިތަކުން ޑިވިޑެންޑްގެ 60 ޕަސެންޓް ދައްކަން ޖެހޭ. އެކަމަކު އެ މިންވަރު ދައްކާ އިރު ކޭޝްފްލޯ އަށް ބަލަން ޖެހޭ. އެ މިންވަރަށް ޑިވިޑެންޑް ދައްކަން ޖެހޭނީ ކުންފުނި ހިންގުމަށް އަސަރު ނުކުރާނެ ގޮތެއްގެ މަތިން،" އޭނާ ވިދާޅުވި އެވެ.

ހަމައެކަނި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެމްޕީއެލް އިން ހިއްސާގެ ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ދައްކަން ނިންމިއިރު، ސަރުކާރާއި އާއްމުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ އާއި ދިރާގުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ މިންވަރު ކަނޑައަޅައިފަ އެވެ. ނަމަވެސް ބީއެމްއެލް އާއި އެމްޓީސީސީ އަދި އެމްޓީޑީސީން މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިހާތަނަށް ބާއްވާފައެއްނުވެ އެވެ.