20 ޖޫން 2017
މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ދިވެހި މަސްވެރިއަކަށް މަހެއްގެ މައްޗަށް ލިބިދާނެ އާމްދަނީ އަންދާޒާ ކޮށްލެވިދާނެ ހެއްޔެވެ؟ މަސްވެރިއެއްގެ އެންމެ ފަސް މަސްދުވަހުގެ އާމްދަނީ ގާތްގަނޑަކަށް 400،000ރ އަށް އަރައޭ ބުނެފި ނަމަ، ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ނޭނގޭ މީހުން ހައިރާންވެދާނެ އެވެ. އެކަމަކު މިއީ ހަގީގަތެކެވެ.
މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ދިވެހި މަސްވެރިއަކަށް މަހެއްގެ މައްޗަށް ލިބިދާނެ އާމްދަނީ އަންދާޒާ ކޮށްލެވިދާނެ ހެއްޔެވެ؟ މަސްވެރިއެއްގެ އެންމެ ފަސް މަސްދުވަހުގެ އާމްދަނީ ގާތްގަނޑަކަށް 400،000ރ އަށް އަރައޭ ބުނެފި ނަމަ، ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ނޭނގޭ މީހުން ހައިރާންވެދާނެ އެވެ. އެކަމަކު މިއީ ހަގީގަތެކެވެ.
ހިސާބު ހަދާލަމާ ހެއްޔެވެ؟ ގެމަނަފުއްޓަށް ނިސްބަތްވާ ޒުވާން މަސްވެރިޔާގެ އާމްދަނީގެ ތަފްސީލަކީ މި އެވެ. އޭނާ އަށް ޖެނުއަރީ މަހު 39،900ރ، ފެބްރުއަރީ މަހު 58،700ރ، މާޗުގައި 52،300ރ، އެޕްރީލް މަހު 87،400ރ މޭގައި 78،000ރ އަދި ޖޫން މަހުގެ ތިން ހަފުތާ ތެރޭ 83،600ރ ލިބުނެވެ.
ޖުމްލައަކީ 396،900ރ އެވެ.
"ރަނގަޅަށް މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގެ މަސްވެރިޔަކަށް ކޮންމެ ދުވަސްވަރެއްގައި ވެސް ހަފުތާއަކު 10،000ރ އަށް ވުރެ ގިނައިން ލިބޭނެ،" ގެމަނަފުށީ އޮޑިވެރިއެއް ކަމަށްވާ އަލިދީދީ، 51، ބުންޏެވެ.
މަސް އައިނެއްގެ ތެރޭގައި މަސްވެރިން ތައްޔާރުވެގެން -- ފޮޓޯ/ ފޭސްބުކް
އެކަމަކު އޭނާ ބުނި ގޮތުގައި މަސްވެރިކަމުން އެހާ ބޮޑު އާމްދަނީއެއް ލިބެން ފެށީ ވަރަށް ފަހުންނެވެ.
ކުރީގައި މިއަށް ވުރެ ގިނައިން މަސްވެރިން މަސް ބާނަ އެވެ. އެކަމަކު އޭރު ކިލޯއަކަށް ލިބޭ މިންވަރު ދަށްވުމުގެ ސަބަބުން އާމްދަނީ އެހާ ބޮޑަށް މައްޗަށް ނުދަނީ އެވެ.
އަލިދީދީ ބުނީ މަސްވެރިންގެ އާމްދަނީ ރަނގަޅު ވާން ފެށީ، 2004 ގައި މަސް ކިލޯއެއް 19 ރުފިިޔާއަށް ނުވަތަ 17 ރުފިޔާއަށް މިފްކޯއިން ގަންނަން ފެށުމުންނެވެ. ކުރިން ކިލޯއެއް ގަންނަނީ ދެތިން ރުފިޔާއަށެވެ.
އާއްމު ގޮތެއްގައި ކޮންމެ އަހަރަކު ވެސް އޮކްޓޫބަރު މަހުން ފެށިގެން ޖޫން މަހާ ހަމައަށް ދެކުނުގެ މަސްވެރިކަން ރަނގަޅުވާއިރު މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.
ގެމަނަފުށީ މަސްވެރިންތަކެއް އެން ދަމަނީ -- ފޮޓޯ/ ފޭސްބުކް
"ކޮންމެ މަހަކު 80،000 ނުލިބިދާނެ. އެކަމަކު މަސްވެރިކަން ރަނގަަޅު ނަމަ ހަމަ ބޮޑު އާމްދަނީއެއް ލިބޭނެ،" އަލިދީދީ ބުންޏެވެ.
މިފްކޯ އާއި ހޮރައިޒަން ފަދަ ކުންފުނިތަކުން ބައެއް ކަންކަން ރަނގަޅުކޮށްފި ނަމަ މިހާރަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ލިބިދާނެ ކަމަށް ބައެއް މަސްވެރިން ގަބޫލުކުރެ އެވެ. އެގޮތުން މަސް ކިރޭނެ ކެޕޭސިޓީ ބޮޑުކުރުމާއި ބޭނުންވާ ވަރަށް އައިސް ލިބޭނެ ގޮތް ހެދުން ހިމެނެ އެވެ.
އަލިދީދީ ބުނީ ރަނގަޅަށް އައިސް ލިބޭ ނަމަ އާމްދަނީ ދެ ގުނަ ކުރެވިދާނެ ކަމަށެވެ. މިހާރު ރާއްޖޭގައި މަސްވެރިކަން ކުރަނީ ފެންވަރު ރަނގަޅު ބޮޑެތި ދޯނިފަހަރުތަކުގައި ކަމުން ތިން ހަތަރު ދުވަސް ވަންދެން ކަނޑުމަތީގައި އުޅެ، 40 ހަކަށް ޓަނުގެ މަސް ބޭނޭނެ އެވެ. އެކަމަކު އެކަން ކުރެވެން އޮތީ އައިސް ލިބޭ މިންވަރަކުން ކަމަށް އޭނާ ބުންޏެވެ.
"މަސް ރަނގަޅަށް ކިރި، އައިސް ލިބޭ ނަމަ މިއަށް ވުރެ ރަނގަޅަށް މަސްވެރިކަން ކުރެވޭނެ،" އަލިދީދީ ބުންޏެވެ.
ގެމަނަފުށީ މަސްދޯންޏެއް މަސްތަކުން ފުރިފައި: ބޮޑު އާމްދަނީއެއް ލިބޭ -- ފޮޓޯ/ ފޭސްބުކް
"އައިސް ހޯދަން ކިޔޫގައި އޮވެފައި މި ލިބެނީ ދެ ޓަނު."
މަސްވެރިންނަށް އޮތް އަނެއް ގޮން ޖެހުމަކީ އެ މަސައްކަތަށް ނުކުންނަ ޒުވާނުން އަދިވެސް މަދުވުމެވެ. އަލިދީދީ ބުނިގޮތުގައި ގިނަ ޒުވާނުން މަސްވެރިކަން ދެކެނީ އަދިވެސް "ހަޑި މަސައްކަތެއް"ގެ ގޮތުގަ އެވެ.
"އަޅުގަނޑުމެންނާ އެކު ދުވަސްކޮޅަކު މަހަށް ދިޔަ ގްރޭޑް 12 ނިންމާފައި ހުރި ޒުވާނަކު. ދުނިޔޭގެ ކޮންމެ ތާކުން ވެސް ކޯހެއް ހެދޭނެހާ ލާރި އެއްކޮށްފައި އޭނާ އެކަން ހުއްޓާލީ. އެއިން އެއްވެސް ކުއްޖަކު އަނބުރާ ނާދޭ،" އަލިދީދީ ބުންޏެވެ.
"ޒުވާނުންނަށް މިއަށް ވުރެ ވަކި ރަނގަޅު މަސައްކަތެއް ނޯންނާނެ."
މަތީގައި އެވާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ވެސް އެކަން އެ އޮތީ އެނގޭށެވެ.
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފި
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ބާނާ ހުރިހާމަހަކަށް ރަނގަޅު އަގުހޯދަން އިންވެސްޓްކުރަނީ
މަސް ކިރަން ހުރިހާ ވަސީލަތެއް ބޭނުންކުރަން: މިފްކޯ