Roadha Mihaaru
ކޮހިނޫރު: ހަގީގީ ބާސްމަތީ ހަނޑުލުގެ ރަހަ

ކޮހިނޫރު: ހަގީގީ ބާސްމަތީ ހަނޑުލުގެ ރަހަ

20 ޖޫން 2017

ކޮހިނޫރުގެ ބްރޭންޑުގެ ބާސްމަތީ ހަނޑުލަކީ ދިވެހިންނަށް އާ ނަމަކަށް ވެދާނެ އެވެ. އެކަމަކު މިއީ އެތައް ހާސް ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ބާސްމަތީ ހަނޑުލެކެވެ. ބާސްމަތީ ހަނޑުލުގެ ހަގީގީ ރަހަ ގެނެސްދޭ ބްރޭންޑަކީ ކޮހިނޫރެވެ.

ކޮހިނޫރުގެ ބްރޭންޑުގެ ބާސްމަތީ ހަނޑުލަކީ ދިވެހިންނަށް އާ ނަމަކަށް ވެދާނެ އެވެ. އެކަމަކު މިއީ އެތައް ހާސް ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ބާސްމަތީ ހަނޑުލެކެވެ. ބާސްމަތީ ހަނޑުލުގެ ހަގީގީ ރަހަ ގެނެސްދޭ ބްރޭންޑަކީ ކޮހިނޫރެވެ.

ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކޮލިޓީ ރަނގަޅު ކޮހިނޫރު ބްރޭންޑްގެ ބާސްމަތީ ހަނޑުލުގެ ފެށުން އައިސްފައި ވަނީ 1970ގަ އެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ވެސް ރަހައަކަށް، ކޮލިޓީއަކަށް ބަދަލެއް ނާންނަ މޮޅު ބާސްމަތީ ހަނޑުލަކީ ވެސް އެއީ އެވެ.

ކޮހިނޫރު ބާސްމަތީ ހަނޑުލަކީ ދަނޑުވެރިން ވަރަށް ފަރުވާތެރިކަމާ އެކު ހައްދައި ކޮށައިގެން، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ ހަނޑުލެކެވެ. މި ބާސްމަތީ ހަނޑޫ އެތައް ކޮލިޓީއެއްގައި ބަންދުކޮށްގެން ބާޒާރަށް ނެރެ އެވެ.

ބާސްމަތީ ހަނޑޫ ކައްކާފައި: މި ހަނޑުލުން ކައްކާ ބަތުގައި ތާޒާ މީރު ވަސް އެކުލެވޭ.

ބާސްމަތީ ހަނޑޫ ކައްކާފައި: މި ހަނޑުލުން ކައްކާ ބަތުގައި ތާޒާ މީރު ވަސް އެކުލެވޭ.

މިހާރު އެތައް ބައެއްގެ އިތުބާރު ލިބިފައިވާ ކޮނިހޫރު ބްރޭންޑް ވެފައި ވަނީ ދުނިޔޭގެ އެންމެ މަތީ ކޮލިޓީގައި ހިމެނޭ ބާސްމަތީ ހަނޑުލުގެ ގޮތުގަ އެވެ. މިކަން ކޮހިނޫރުގެ ރަހަ ބަލައިފައިވާ އެތައް ބަޔަކަށް އެނގޭނެ އެވެ.

ބާސްމަތީ ހަނޑުލަކީ ހަނޑުލުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މަތީ ދަރަޖައިގެ ހަނޑުލެވެ. އަދި ކޮހިނޫރު ބްރޭންޑްގެ ބާސްމަތީ ހަނޑުލުން ބާސްމަތީ ހަނޑުލުގެ ހަގީގީ މީރު ވަހާއި ރަހައިގެ ސަބަބުން އެތައް ބައެއްގެ ލޯބި އެ ބްރޭންޑަށް ވަނީ ލިބިފަ އެވެ.

އިންޑިއާގައި މީގެ 50 ވަރަކަށް އަހަރު ކުރިން ކޮހިނޫރު ފެށިގެން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭރު މާ ގިނަ ހަނޑޫ ސާފުކުރާ މިލްސްތަކެއް ނުހުރެ އެވެ. އޭގެ އަހަރުތަކެއް ފަހުން ބާސްމަތީ ހަނޑުލުގެ ޑިމާންޑް އައީ ބޮޑުވުމުންނެވެ. މިހާރު އެ ބްރޭންޑްގެ ހަނޑުލަކީ އެންމެ މަގުބޫލް އެއް ބްރޭންޑެވެ.

ކޮހިނޫރު ތައްޔާރުކުރުން

ކޮހިނޫރު ބްރޭންޑްގެ ބާސްމަތީ ހަނޑުލަކީ އެންމެ މަތީ ފެންވަރުގައި އުފައްދައި ބަންދުކުރެވޭ ހަނޑުލެކެވެ. މި ހަނޑޫ ޕްރޮސެސްކުރުމަށް ފަހު ހަނޑުލުގެ ސައިޒު އަދި އޭގެ ރަހަ ތަޖުރިބާކުރެ އެވެ. އޭގެ އިތުރުން ބާޒާރަށް ނެރުމުގެ ކުރިން އެއާ މެދު އެއްވެސް ޝައްކެތް އުފެދިފައިވޭތޯ ބެލުމަށް އެ ހަނޑޫ ކައްކައިގެން ރަހަ ބަލަ އެވެ. އަދި ބާސްމަތީ ހަނޑޫ ސަޕްލައިކުރާ ފަރާތްތަކަށް އެކި ޕެކިންތަކުގައި ބަންދުކުރުމަށް ފަހު ދޫކޮށްލަނީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ކޮލިޓީ ޔަގީންކޮށްފަ އެވެ.

ކޮހިނޫރު ބްރޭންޑްގެ ބާސްމަތީ ހަނޑޫ: މިއީ ބާސްމަތީ ހަނޑުލުގެ މީރު ރަހަ ގެނެސްދޭ ބްރޭންޑެއް

ކޮހިނޫރު ބްރޭންޑްގެ ބާސްމަތީ ހަނޑޫ: މިއީ ބާސްމަތީ ހަނޑުލުގެ މީރު ރަހަ ގެނެސްދޭ ބްރޭންޑެއް

ބާސްމަތީ ހަނޑުލަކީ މެޝިނަކުން ކޮލިޓީއަށް ބަދަލު ގެނެވޭ އެއްޗެއް ނޫނެވެ. އެ ހަނޑުލުގެ ފެންވަރު މަތި ވަނީ ހަނޑުލުގެ ކުރާގަނޑު ހެދިފައި ހުންނަ ގޮތުންނެވެ. އެހެންވެ އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ރަނގަޅު ކުރާގަނޑު ހެއްދުމަށެވެ. އޭގެ އިތުރުން ހަނޑޫ ހިއްކަން ވެސް ބޭނުންކުރި މުސްކުޅި ގޮތްތައް ދޫކޮށްލައި މިހާރު ބޭނުންކުރަނީ ޒަމާނީ މެޝިނަރީ އެވެ. އަދި ބާސްމަތީ ހަނޑޫ ތައްޔާރުކުރުމަށް ބޭނުންކުރާ އެހެން ހުރިހާ އުސޫލްތައް ވެސް ވަނީ ޒަމާނާ އެއްގޮތަށް ބަދަލުކޮށްފަ އެވެ.

މިއީ އެންމެ މަތީ ފެންވަރުގެ ހަނޑޫ

ބާސްމަތީ ހަނޑުލުން ދޭ މީރު ރަހަ އާއި ވަހުގެ ސަބަބުން ބާސްމަތީ ވެފައިވަނީ އެންމެ ގިނަ ބަޔަކަށް ކަމުދާ ހަނޑުލަށެވެ. އެ ހަނޑުލަށް ބާސްމަތީ ކިޔަން ޖެހުނު ސަބަބަކީ އެއީ އެވެ. ބާސްމަތީގެ މާނައަކީ ވަހުގެ ރާނީ އެވެ.

ބާސްމަތީ ހަނޑޫތަކެއް: ކޮހިނޫރު ބްރޭންޑްގެ ބާސްމަތީ ހަނޑުލަކީ އެންމެ މަތީ ފެންވަރުގައި ތައްޔާރުކުރެވޭ މޮޅު ހަނޑުލެއް.

ބާސްމަތީ ހަނޑޫތަކެއް: ކޮހިނޫރު ބްރޭންޑްގެ ބާސްމަތީ ހަނޑުލަކީ އެންމެ މަތީ ފެންވަރުގައި ތައްޔާރުކުރެވޭ މޮޅު ހަނޑުލެއް.

އިންޑިއާ އާއި ޕާކިސްތާނުގެ ޕަންޖާބު ސަރަހައްދުން ލިބޭ ފެންވަރުގެ މޮޅު ބާސްމަތީ ހަނޑުލާ އެއް ފެންވަރުގެ ހަނޑުލެއް އެހެން ތަނަކުން ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެ ހައްދަން މޫސުމީ ހާއްސަ ގޮތްތަކެއް ބޭނުންވެ އެވެ. އޭގެ އިތުރުން އެތަންތަނުން ހައްދާ ހަނޑުލަށް ފަރުބަދަތަކުގެ ވާދީން ލިބޭ ފެނުގެ ސަބަބުން ހަނޑުލުގެ ފެންވަރު އެތައް ގުނައެއް އިތުރުވެގެންދެ އެވެ. ނަމަވެސް މި ހަނޑޫ ގަހަކީ އެވްރެޖްކޮށް ހެދޭ ހަނޑޫ ގަހަށް ވުރެ ދިގުކޮށް ހެދޭ ގަސްތަކަކަށް ވުމުން ވައި ބާރުވުމުން ގެއްލުންތައް ލިބޭ މިންވަރު އިތުރުވެ، ބެލެހެއްޓުން އުނދަގޫވެ އެވެ. އެހެންވެ ބާސްމަތީ ހަނޑޫ ހައްދާ ދަނޑުވެރިން އެ ހުރިހާ ކަމަކަށް ވަރަށް ފަރުވާތެރިވެ އެވެ.

ކޮހިނޫރު ބާސްމަތީ ހަނޑުލަކީ އެ ހުރިހާ އުނދަގޫ މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހު ތައްޔާރުކޮށް، ބަންދުކޮށްފައިވާ މޮޅު ބްރޭންޑެކެވެ. މި ހަނޑުގެ ރަހަ އާއި ވަހުން އެކަން ސާބިތުކޮށްދެ އެވެ. ކޮހިނޫރު ބާސްމަތީ ހަނޑުލުން ދޭ މީރު ވަހާއި ރަހައިގެ ސަބަބުން އެތައް ބަޔަކު ދަނީ ތަފާތު އެތައް ބާވަތެއްގެ ކެއުން ތައްޔާރުކުރުމަށް ބޭނުންކުރަމުންނެވެ.